Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރަޝާގެ ޚިދުމަތް

ގޭ ބަދިގޭގައި ފެށި މަސައްކަތުން ރަޝާގެ ޚިދުމަތް މުޅި ރަށަށް

ގުރްސާޔާއަކީ ގާތްގަނޑަކަށް 1500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 6 ޖޫން 2023 | އަންގާރަ 16:39
ރަޝާ މަހްމޫދު؛ ޝޫކާ މިގްދާފްގެ ޝެފް

ރަޝާ މަހްމޫދު؛ ޝޫކާ މިގްދާފްގެ ޝެފް

މިސްރުގެ ވެރިކަންކުރާ ގާހިރާގެ ހަލަބޮލިކަމާ ދުރުގައި އޮތް ގުރްސާޔާއޭ ކިއުނު ރަށަށް ދިއުމަށްޓަކައި، ބޯޓެއްގައި ހިތްގައިމު ދަތުރެއް ކުރަން ޖެހެއެވެ. މި ރަށަކީ، އިރެއްގައި ދާއިމީ ވަޒީފާއަކަށް ނުގޮސް އަތްނބެއްގެ ގޮތުގައި ގޭގައި އިނެއްކަމަކު، މިހާރު ބޮޑު ކައްކާއަކަށް ބަދަލުވެފައިވާ، ލާމަސީލު ކަނބަލަކު ދިރިއުޅޭ ރަށެކެވެ. އޭނާގެ ގެއަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ރަހަ މީރު ކެއުންތައް ތައްޔާރު ކޮށްދެއެވެ.

"ޝޫކާ މިގްދާފް"އަކީ މިސްރުގައި ކުރިއަށްގެންދާ 'ވެރީނައިލް' އިނިޝިއޭޓިވްގެ ދަށުން، މުޅި މުޖުތަމައަށް ފައިދާވާ ގޮތަށް ހިންގާ، ތިމާވެއްޓާ ރައްޓެހި ކާގެއެކެވެ. ވެރިއެއްގެ ގޮތުގައި ހުރީ، ގުރްސާޔާ ރަށުގައި "އުންމު ނަދާ"ގެ ނަމުން މަޝްހޫރު، ރަޝާ މަހްމޫދެވެ.

މި މަޝްރޫޢު އުފެދިގެން އައީ، އޭނާ ތައްޔާރުކުރާ ކާބޯތަކެތި، ބާޒަރަށް ނެރެ ވިއްކުމުގެ މަސައްކަތް ކުރުމަށް ރަޝާ ދެކެމުން ދިޔަ ހުވަފެންތަކުގެ ތެރެއިންނެވެ. އަމާޒަކަށް ވީ ގުރްސާޔާގައި މަސައްކަތްކުރާ ވެރީނައިލްގެ މުވައްޒަފުންގެ ތެރެއިން، ކާބޯތަކެތި ހޯދަން ދަތިވާ މީހުންނަށް، އޭނާގެ އަމިއްލަ ގޭގައި ކައްކައިގެން ކެއިންބުއިމުގެ ޚިދުމަތް ދިނުމެވެ.

ވެރީނައިލްއަކީ، ކުނި ރީސައިކަލް ކުރުމާއި ދެމެހެއްޓެނިވި އާދަކާދައިގެ ތެރެއިން ނީލަ ކޯރު ސާފުކޮށް ބޭއްވުމަށް މިސްރުގައި ހިންގާ، ތިމާވެއްޓާ ރައްޓެހި ހަރަކާތެކެވެ.

ރަޝާގެ ގޭގައި ހުންނަ ކުޑަކުޑަ ބަދިގޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތުގައި އަތްގާތްކޮށްދިނުމުގެ ގޮތުންވެސް ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެއެވެ. ކާބޯތަކެތި އަޅާފައިވާ ދޮލަނގުތައް ބޮލަށް ލައިގެން 800 އެއްހާ މީޓަރުގެ ސަރަހައްދެއްގައި ކޮޅުކޮޅު މައްޗަށް ހިނގައިލުމަކީ އެމީހުންނަށް ފެންފަދަ ކަމެކެވެ.

ރަޝާއަކީ 5 ދަރިންގެ މަންމައެކެވެ. ހަޔާތުގެ ބައިވެރިޔާއަކީ ގާހިރާގައި ހިންގާ ރެސްޓޯރަންޓެއްގެ ކައްކާއެކެވެ. ރަޝާއަކީ ގުރްސާޔާގެ ތަރައްގީގެ މުހިންމު ހިއްސާދާރެކެވެ. އަންހެންވެރިންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެއެވެ. އެމީހުންނަށް އުޖޫރަ ދެނީ މަސައްކަތުގައި އުޅޭ ގަޑިއިރަށް ބަލައިގެންނެވެ.

ވެރީނައިލްގެ މައި މަރުކަޒުގައި ހުންނަ "ޝޫކާ މިގްދާފް"ގެ ބަދިގެ އިމާރާތްކޮށް މަރާމާތު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަދިގެ ބޭނުންކުރަން ވަނީ ތާވަލުކޮށްފައެވެ.

ގުރްސާޔާއަކީ ގާތްގަނޑަކަށް 1500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގައި ގިނައީ މަސްވެރިންނާއި ދަނޑުވެރިންނެވެ. އެ މީހުންގެ އާއިލާތަކުގެ ޖީލުތައް، ގުރްސާޔާގައި ދިރިއުޅޭތާ ގަރުނެއްވެއްޖެއެވެ. ގުރްސާޔާއަކީ ރަށްފުށުގެ ގޮތްގަނޑު ހުންނަ، އުމްރާނީ ބިނާވެށީގެ މާ ބޮޑު މުއްސަނދިކަމެއް ނެތް، ޒަމާނީ ޚިދުމަތްތައް ތަދު ރަށެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރު ފީއަކާ ނުލާ ޑިސެމްބަރުން ފެށިގެން މުލާން ބެލޭނެ

އިތުރު ފީއަކާ ނުލާ ޑިސެމްބަރުން ފެށިގެން މުލާން ބެލޭނެ

03 ސެޕްޓެމްބަރު 2020
ސިއްޚީ ޚިދުމަތްތެރިންނަށް އާލިއާގެ ޚާއްސަ ހަދިޔާއެއް

ސިއްޚީ ޚިދުމަތްތެރިންނަށް އާލިއާގެ ޚާއްސަ ހަދިޔާއެއް

18 މެއި 2020
އާއިލާތަކަށް އެހީވުމަށް ސަލަމާން ޚާން ފެށި ކެންޕޭންއަށް ގިނަ ބައެއްގެ އެހީތެރިކަން!

އާއިލާތަކަށް އެހީވުމަށް ސަލަމާން ޚާން ފެށި ކެންޕޭންއަށް ގިނަ ބައެއްގެ އެހީތެރިކަން!

29 އެޕްރީލު 2020
އާލިއާ އަށް ކަރަންގެ ހިތް އަތުލެވުނީ 3 މަހުގެ މަސައްކަތުން

އާލިއާ އަށް ކަރަންގެ ހިތް އަތުލެވުނީ 3 މަހުގެ މަސައްކަތުން

12 ފެބުރުއަރީ 2020
"ހިތި ތަޖުރިބާ" އިން ފެށި ފިލްމީ ދަތުރު ވަރަށް ފޮނި!

"ހިތި ތަޖުރިބާ" އިން ފެށި ފިލްމީ ދަތުރު ވަރަށް ފޮނި!

18 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު