Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު

ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭ ގޮތް ހަމަޖެއްސުމަށް ޤަވާއިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފި

12 ޖުލައި 2023 | ބުދަ 08:50

މީގެކުރިން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލަނީ އެހެން މީހެއްގެ އެހީތެރިކަމާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 ޖުލައި 2023 | ބުދަ 08:50
ލޯފަން މީހުންގެ ޖަމްއިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ލޯފަން މީހުންގެ ޖަމްއިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޤަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ބުދަ ދުވަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވީ ލޯފަން މީހުންނަށް ވޯޓުލުމުގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސްފައިވާ ކަމަށާއި ޤާނޫނުގައި ބުނާ އިންތިޒާމްތައް ހަމަޖައްސަން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ބަދަލަށް ހޭލުންތެރިކަން އިތުރުކުރަން ކުރަން ޖެހޭ މަސައްކަތްތައް ވެސް ހުރިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއީ ފަންނީ ފޮތުން ބަލާއިރު ކޮމިޝަނަށް ވެސް އާ ކަމެއް ކަމަށެވެ. އެހެންކަމުން ނުކުޅުދުންތެރިކަން ހުރި މީހުންގެ ކައުންސިލާއި ލޯފަން މީހުންނާއި ގުޅޭ ޖަމިއްޔާ އާއި ގުޅިގެން މަޝްވަރާކޮށް އެ މަސައްކަތްތައް އިންތިޒާމް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ މި ބަދަލާއެކު މީޑިއާގެ ދައުރު ވަރަށް މުހިންމު ކަމަށާއި ހޭލުންތެރިކަން އިތުރުކުރުމުގައި ވެސް މީޑިއާއަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެެ.

ޚާއްޞަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަޙްރޫމްވެފައިވާ މީހުން އަމިއްލަ އަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާޙަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި މިއީ އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެކުރިން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލަނީ އެހެން މީހެއްގެ އެހީތެރިކަމާއެކުއެވެ.

އެހެންނަމަވެސް އަލަށް ގެނައި އިސްލާހުގައި ވާގޮތުން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކައި ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސްއެއް ބޭނުންކުރެވިދާނެ ކަމަށް އިސްލާހުގައި ވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
07 ފެބުރުއަރީ 2017

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް