Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޯބެއަށް ދައުވާކުރުން

ސޯބެގެ މައްޗަށް ދައުވާ ކުރަނީ ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދަން: ރައީސް ނަޝީދު

ސޯބެގެ މައްޗަށް އުފުލަނީ މަޤާމުގެ ނުފޫޒު ބެނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދަައުވާ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2017 | އަންގާރަ 09:19
އައްޑޫ ސިޓީ މެޔަރ އަބްދުﷲ ސޯދިގު

އައްޑޫ ސިޓީ މެޔަރ އަބްދުﷲ ސޯދިގު

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ)ގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ މައްސަލައަކީ ސީދާ އޭނާގެ ކެންޑިޑެސީ ބާތިލް ކުރުމަށްޓަކައި ކޮށްފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮރަޕްޝަނުގެ މައްސަލައެއްގެ ތުހުމަތުގައި އައްޑޫ ސިޓީގެ މޭޔަރގެ މައްޗަށް ކޮށްފައިވާ ދައުވާއާމެދު ހިތާމަކުރައްވާ ކަމަށެވެ. މިފަދަ ދައުވާއެއް ސޯބެގެ މައްޗަށް ކޮށްފައިވަނީ އޭނާގެ ކެންޑިޑެސީ ބާތިލްކޮށް ޑިސްކޮލިފައި ކޮށްލުމުގެ މަގްސަދުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސޯބެގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަންގެ ދައުވާއެއް ދައުލަތުން އުފުލާފަ އެވެ.

ސޯބެ އާއި ޝާހިދުގެ މައްޗަށް ކުރަނީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފާއިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާއެވެ. ދެބޭފުޅުންވެސް ދައުވާއަށް އިންކާރުކުރައްވާފައިވަނީ ހޯމަ ދުވަހު މެންދުރުފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފުރަތަމަ އަޑު އެހުމުގައެވެ.

ކޯޓުން ވަނީ ދެބޭފުޅުންނަށްވެސް ވަކީލަކު އައްޔަނުކުރެއްވުމަށް 14 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

ސޯބެ އާއި، ޝަހިދުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާކުރަނީ، އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް އެ ސިޓީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ކުރެހުންތަކެއް ބަހައްޓަން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވި އަދަދަށް ވުރެ އިތުރަށް ރިލީފް އާޓް ތައްޔާރުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ކުރި ފަރާތަށް 336،000ރ. ދީފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު