Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނަތް

އާރަށު މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަހުގައި ހުރީ ސުވާލު އުފެދޭ، ބުއްދިއަށް އަރާރުންވާ ވާހަކަތައް: ދައުލަތް

ރައީސް ޔާމީނަށް ފަހިވާ ކަންކަން ފިޔަވައި، ދެން ހުރި ކަންކަން ދިފާއީ ހެކިންގެ ހަނދާނުގައި ނެތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖުލައި 2023 | އަންގާރަ 06:44
ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން

ޔާމީނާއި ޔޫސުފް ނައީމަށް ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި ޔޫސުފް ނައީމްގެ ފަރާތުން ދަށު ކޯޓަށް ހުށައެޅި ދިފާއީ ހެކިންގެ ހެކިބަހުގައި ހުރީ ސުވާލު އުފެދޭ، ބުއްދިއަށް އަރާރުންވާ ވާހަކަތައްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ދައުލަތުގެ ވަކީލު އެހެން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފުގައެވެ. އެއީ ދިފާއީ ބައެއް ހެކިންނަށް ބުރަދަން ނުދޭން ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވުމާއި ގުޅިގެން، ޔާމީނުގެ ފަރާތުން އިސްތިއުނާފުކުރި ނުކުތާއެއްގެ ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުން އެގޮތަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2017 ވަނަ އަހަރުގެ ގަޒިއްޔާ (އަބްދުﷲ ނަޒީފް ވ ޕްރޮސެކިއުޓަރ ޖެނެރަލް) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ޔާމީނުގެ ފަރާތުން އިސްތިއުނާފީ 7 ވަނަ ނުކުތާގައި ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް، ދަށު ކޯޓުން ޚިލާފުވެފައިވަނީ އެ ގަޒިއްޔާގެ ކޮން އުސޫލަކާކަން ސާފުކޮށްދީފައި ނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ދިފާއީ ހެކި ހުށައަޅާފައިވާ ގޮތާއި، ދިފާއީ ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު، ރައީސް ޔާމީނަށް ފަހިވާ ކަންކަން ފިޔަވައި، ދެން ހުރި ކަންކަން ދިފާއީ ހެކިންގެ ހަނދާނުގައި ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ހެކިބަހުގެ ވަށައިގެން ހުރި ވަރަށް އަސާސީ ކަންކަންވެސް ވިދާޅުވާން އެނގިވަޑައިނުގެންނެވިކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދިފާއީ ހެކިން ހެކިބަސް އަދާ ކުރައްވާފައިވަނީވެސް ހެކިބަހާމެދު ސުވާލު އުފެދޭ ގޮތަށްކަން ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، ދިފާއީ ހެކިންނާ ގުޅިގެން ޝަރީއަތުން ގޮތް ނިންމެވުމުގައި ފާހަގަވެފައިވާ ނުކުތާތައް މި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި  ބަޔާންކޮށްފައިވާ ކަމަށެވެ.

ދަށު ކޯޓުން މި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، މިއީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއްކަމަށް ބުނި ނަމަވެސް، ހެކިވެރިންގެ ހެކިބަހަށް ބަލާއިރު، ހަމަނުޖެހޭ އަދި ހެކިބަހުގެ ސައްޙަކަމާމެދު ސުވާލު އުފެދޭ އެތައް ކަމެއް ހުރުުމުން އެއީ ޙަގީގަތުގައި ހިނގި މުއާމަލާތެއް ނޫންކަން އެނގޭކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުގެ ފަނޑިޔާރު ހެކިންގެ ހެކިބަހަށް ބުރަދަން ނުދޭން ނިންމެވީ ހެކިބަހުގެ ފުށުއެރުންތަކަށްވުރެ ބޮޑަށް، ހެކިބަހުގައި ސައްޙަކަމާމެދު ސުވާލު އުފެދޭ އަދި ބުއްދިއަށް އަރާރުންވާ ވާހަކަތަކެއް ހުރުމުން ކަމަށެވެ.

މި މައްސަލައިގައި ޔާމީނަށް ދިން 1 މިލިއަން ޑޮލަރަކީ ސައްޙަ ވިޔަފާރީގެ މުއާމަލާތެއްކަން ދެއްކުމަށް ޔާމީނުވެސް އަދި ޔޫސުފް ނައީމްވެސް ހެކި ހުށައަޅާފައިވާކަމަށް ޙުކުމުގައި ބުނެއެވެ. އެހެންނަމަވެސް، އެއީ ސައްޙަ ނޫން، އަދި އުފައްދާފައިވާ ހެކިތަކެއްކަން އެނގެން އޮންނަކަން ފާހަގަކޮށް ޙުކުމުގައި ބުނެފައިވަނީ، އެފަދައިން ހެކި އުފެއްދުމަކީ ކުށް ކުރާ މީހުން ކުށުގެ އަމަލު ފޮރުވުމަށް އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.

މުއްތަހަމުގެ ފަރާތުން ހިނގާ ސަބަބު ބަޔާންކޮށް ނުދެވޭ، "ޣަރީބު ކޯއިންސިޑެންސް" ތަކަކީ ކުރެވޭ ތުހުމަތަށް ބާރު ލިބިދޭ ހަރުދަނާ ޤަރީނާގެ ގޮތުގައި ބެލިދާނެ ކަންކަންކަން ފާހަގަކޮށް ޙުކުމުގައި ބުނެފައިވަނީ، އާރަށު މައްސަލައިގައިވެސް އިއްތިފާޤުތައް ގިނަވުމާއި، ދިފާއީ ހެކިން ދެއްކި ބުއްދި ޤަބޫލު ނުކުރާ ވާހަކަަތަކާއި، މި ކަންކަމަށް ބަލާއިރު، މިއީ ހަގީގަތުގައިވެސް ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

މަނީ ލޯންޑަރިންގ އަދި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު