Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ހިޔާނާތުގެ މައްސަލަ

އާރަށުގެ މުއާމަލާތާ ގުޅިގެން "އިއްތިފާޤުން" ހިނގާފައިވާ ކަންކަން ގިނަކަމުން ގާޒީވެސް ހައިރާން

ޔޫސުފް ނައީމަށް ފައިސާ ޖަމާކުރިތަނުން، ޔާމީނަށް އެ އަދަދަށް ޑޮލަރުގެ ބޭނުން ޖެހުމަކީ ދިފާއުގެ ބަހުންނަމަ އިއްތިފާޤެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2022 | ހޮނިހިރު 08:47
ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ވ. އާރަށު ޚިޔާނާތުގެ މައްސަލާގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި އަބްދުﷲ ޔާމީނާއި، ޔޫސުފް ނައީމަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް އެ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަކީ ގިނަ "އިއްތިފާޤުތަކެއް" ފެންނަން އޮތް ވާހަކަތަކެއްކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ޔާމީނަށް ކުރާ ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޙުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔާމީނަށް ޔޫސުފް ނައީމް ދިން 1 މިލިއަން ޑޮލަރާއި ގުޅޭގޮތުން ޔާމީނު އަދި ޔޫސުފް ނައީމް ބޭންކަށް ދެއްވާފައިވާ މައުލޫމާތުތައް ފުށުއަރައެވެ.

Advertisement - newsAdvertisement

ދައުލަތުގެ އިސް ފަރާތްތަކަށް ދޭ ރިޝްވަތާއި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާގެ އަސްލު އޮޅުވާލައި، އެއީ ސައްޙަ ގޮތުގައި ހޯދާފައިވާ ފައިސާ ކަމަން ދެއްކުމަށްޓަކައި ސައްޙަ ނޫން އިންވޮއިސްތަކާއި، އެއްބަސްވުންތައް އުފެއްދުމަކީ އެފަދަ ކުށް ކުރާ މީހުން ބޭނުންކުރާ އާންމު އުކުޅެއްކަމަށްވެސް ޙުކުމުގައި ބުނެފައިވެއެވެ.

މި މައްސަލައިގައިވެސް ޔާމީނަށް ދިން 1 މިލިއަން ޑޮލަރަކީ ސައްޙަ ވިޔަފާރީގެ މުއާމަލާތެއްކަން ދެއްކުމަށް ޔާމީނުވެސް އަދި ޔޫސުފް ނައީމްވެސް ހެކި ހުށައަޅާފައިވާކަމަށް ޙުކުމުގައި ބުނެއެވެ. އެހެންނަމަވެސް، އެއީ ސައްޙަ ނޫން، އަދި އުފައްދާފައިވާ ހެކިތަކެއްކަން އެނގެން އޮންނަކަން ފާހަގަކޮށް ޙުކުމުގައި ބުނެފައިވަނީ، އެފަދައިން ހެކި އުފެއްދުމަކީ ކުށް ކުރާ މީހުން ކުށުގެ އަމަލު ފޮރުވުމަށް އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.

ޙުކުމުގައި ވަނީ މި މައްސަލައިގައި ދިފާއުން ބުނާ ގޮތުން ނަމަ "އިއްތިފާޤުން" ދިމާވެފައިވާ ބައެއް ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން ދިފާއުން ބުނާ ގޮތުން ނަމަ، އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް އެހާ އަވަހަށް ހިނގާ ދިއުމަކީ އިއްތިފާޤެއް ކަމަށާއި، އެލް.އޭ ރިޒޯޓްސްއާއި، ޓޫ.ޖީ ޕްރައިވެޓް ލިމިޓެޑްގައި ޔޫސުފް ނައީމްގެ ހިއްސާ އޮތުމަކީވެސް ހަމަ އިއްތިފާޤެއްކަމަށް ޙުކުމުގައި ބުނެފައިވެއެވެ.

އަދި ޓޫރިޒަމް މިނިސްޓްރީއަށް ރަށް މުޅިން ބަދަލު ނުކުރެވެނިސް ސީދާ އެ ރަށް ހޯދުމަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑުން ޕްރޮޕޯސަލް ހުށައެޅުމަށް ނިންމުމަކީވެސް ދިފާއުން ބުނާ ގޮތުން ނަމަ އިއްތިފާޤެއް ކަމަށް ޙުކުމުގައި އިތުރަށް ބަޔާން ކޮށްފައިވެއެވެ.  

ހަމައެއާއެކު، އެލްއޭ ރިޒޯޓްސް އިން ޔޫސުފް ނައީމަށް ފައިސާ ޖަމާކުރިތަނުން، ޔާމީނަށް ހަމަ އެ އަދަދަށް ޑޮލަރުގެ ބޭނުން ޖެހުމަކީވެސް ދިފާއުގެ ބަހުންނަމަ އިއްތިފާޤެއްކަމަށް ޙުކުމުގައި ބުނެއެވެ.

އަދި، ދިވެހިރާއްޖޭގައި ޑޮލަރުގެ ސައްޙަ ވިޔަފާރިކުރާ އެތައް ބަޔަކު ތިއްބައި، ޔޫސުފް ނައީމް ފިޔަވައި ޔާމީނަށް ޑޮލަރު ވިއްކާނެ އެހެން ފަރާތެއް ނުވުމަކީވެސް ހަމަ އިއްތިފާޤެއްކަމަށް ދިފާއުން ބުނާއިރު، އެހާ ގިނަ އިއްތިފާޤުތަކެއް ހަމަ އެންމެ ޓްރާންސެކްޝަނަކާއި ގުޅިގެން ހިނގާ ދިއުމަކީ ހަމަ ބުއްދިއަށް ޤަބޫލު ނުކުރެވޭ ނާދިރު ކަމެއްކަމަށް އިސްގާޒީ އަހުމަދު ޝަކީލު އިއްވެވި ޙުކުމުގައިވެއެވެ.

މުއްތަހަމުގެ ފަރާތުން ހިނގާ ސަބަބު ބަޔާންކޮށް ނުދެވޭ، "ޣަރީބު ކޯއިންސިޑެންސް" ތަކަކީ ކުރެވޭ ތުހުމަތަށް ބާރު ލިބިދޭ ހަރުދަނާ ޤަރީނާގެ ގޮތުގައި ބެލިދާނެ ކަންކަންކަން ފާހަގަކޮށް ޙުކުމުގައި ބުނެފައިވަނީ، އާރަށު މައްސަލައިގައިވެސް އިއްތިފާޤުތައް ގިނަވުމާއި، ދިފާއީ ހެކިން ދެއްކި ބުއްދި ޤަބޫލު ނުކުރާ ވާހަކަަތަކާއި، މި ކަންކަމަށް ބަލާއިރު، މިއީ ހަގީގަތުގައިވެސް ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

މަނީ ލޯންޑަރިންގ އަދި ރިޝްވަތު ޤަބޫލު ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ޔާމީނަށް 11 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ. އަދި 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު