Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިޒްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން

"ކަމެއް ގޯސްވާން އުޅޭ ކަމުގެ އިހުސާސް ކުރެވުނު": ހުސާމް

5 ޖުލައި 2023 | ބުދަ 16:30

އިޒްރޭލުގެ ސިލްސިލާ ޖަރީމާގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވީ ހުޅަނގު އައްސޭރީގެ ޖެނީން އަވަށަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 5 ޖުލައި 2023 | ބުދަ 16:30
އިޒްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން

އިޒްރާއީލުން ފަލަސްތީނަށް ހަމަލާ ދިނުން

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ދިފާއުގައި އަބަދުވެސް ދައްކާ އުޒުރެއް އޮވެއެވެ. ކޮންމެ ހަމަލާއެއްވެސް ދެނީ އިޒްރޭލުން އެ ބުނާ "ޓެރަރިސްޓު" އަމާޒުތަކަށެވެ. އެއީ އިޒްރޭލުން ބުނާ ބުނުމެކެވެ. އާންމުންގެ މީހުން ދިރިއުޅެމުންދާ ތަންތަނަށްވެސް ބެލުމެއް ނެތި، އިޒްރޭލުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތޫފާނުގެ ކޮޅިގަނޑު ގަދަވެގެންދާ ދިއުމަށް ހިސާބެއްގެ މަޑުޖެހުމެއް އަންނަ ހިސާބުން ހަގީގަތް ބަލާއިރު، މައުސޫމު އެތައް ބައެއްގެ ފުރާނަ އޮންނަނީ ގެއްލިފައެވެ.

އިޒްރޭލުގެ ސިލްސިލާ ޖަރީމާގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވީ ހުޅަނގު އައްސޭރީގެ ޖެނީން އަވަށަށެވެ. ޓެރަރިޒަމާ ދެކޮޅަށް ކަމަށް ބުނެ އިޒްރޭލުން ހިންގި ރެއިޑް "ނިންމާލުމަށް ފަހު" އެ ސަރަހައްދުން އިޒްރޭލު ސިފައިން ފައިބައިގެން ދިޔައީ އެތައް އާއިލާއެއް ރޮއްވާލާފައެވެ. އޭގެ ތެރޭގައި، އުމުރުން އެންމެ 16 އަހަރުގެ ނޫރައްދީންގެ އާއިލާވެސް ހިމެނެއެވެ. މޯގްއަށް ޖަމާވެ ތިބި އޭނާގެ އާއިލާގެ މެންބަރުން ކުރަމުން އެދާ ހިތާމައަކީ އެހެން ތަނެއްގައި ތިބި ބަޔަކަށް ވަޒަންކޮށްލަންވެސް ދަތި އިހުސާސެއްކަން ޔަގީނެވެ.

ނޫރައްދީންގެ ބައްޕަ، ހުސާމް މަރްޝޫދު ވަނީ އޭނާގެ ދަރިފުޅުގެ އެންމެ ފަހު ވަގުތުކޮޅު ކަން ހިނގައިދިޔަ ގޮތް، ނުހަނު ގަދަ ހިތްވަރާއެކު މީޑިއާއާ ހިއްސާކޮށްފައެވެ.

އިޒްރޭލުން ބުނާގޮތުގައި ޖެނީންގެ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށްގެން ހިންގި ރެއިޑްގެ މަގުސަދަކީ، އީރާނުގެ އެއްބާރުލުން ލިބިގެން ފަލަސްތީނުގައި ހިންގާ އަސްކަރީ ފެކްޝަންތައް މުލުން ލުހެލުމެވެ. އެ ފެކްޝަންތަކަކީ މި ފަހުން ގަދަވެފައިވާ ބޮމާއި ބަޑީގެ ހަމަލާތަކުގެ ފަހަތުގައި އޮތް ފެކްޝަންތައް ކަމަށާއި، ރޮކެޓް އުފެއްދުމުގެ މަސައްކަތުގައިވެސް އެ ފެކްޝަންތަކުން ހަރަކާތްތެރިވާ ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ. ހަމަލާ އަމާޒުކުރި، ބައި އަކަ ކިލޯމީޓަރަށްވުރެ ކުޑަ އެ ކޭމްޕުގައި 15000 އެއްހާ ރެފިއުޖީން ދިރިއުޅެއެވެ.

ޖެނީންގެ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ހަމަލާ ދޭންފެށީ ޖުލައި 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އިޒްރޭލުގެ އެތައް ސަތޭކަ ސިފައިންނެއް ޖެނީންގައި ހަރަކާތްތެރިވަމުން ދިޔައީ އަސްކަރީ ޑްރޯންގެ އެހީތެރިކަމާވެސް އެކީގައެވެ. މުޅި ބައިނަލްއަގުވާމީ މުޖުތަމައު ހާސްކަމާއި ނުތަނަވަސް ކަމުގެ ތެރެއަށް ވައްޓާލިއިރު، ކޭމްޕުގައި ތިބި މީހުންގެ އިޙުސާސްތައް ޚިޔާލަށް ގެންނަންވެސް ދައްޗެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އިޒްރޭލުގެ އެންމެ ފަހު ރެއިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 10ށް އަރާފައެވެ. 100އެއްހާ މީހުން ޒަޚަމްވެފައި ވާއިރު، އޭގެ ތެރެއިން 20 މީހަކު އޮތީ ކްރިޓިކަލް ހާލަތެއްގައި ކަމަށްވެސް ސިއްހަތާބެހޭ ވުޒާރާއިން ބުނެއެވެ.

އިޒްރޭލުން ޖެނީންގައި ހިންގި ޖަރީމާއަކީ، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ހިންގި އެންމެ ވަރުގަދަ ރެއިޑް އޮޕަރޭޝަނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 ޖުލައި 2017

ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!

15 ޖުލައި 2017
ސަރުކާރުގެ ހިސާބުޖެހުން ގޯސް، މަސީހް ސަލާމަތްކުރެވޭނެކަމުގެ އުއްމީދެއް ނެތް!
24 ޖޫން 2017

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
02 ޖޫން 2017

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
16 ފެބުރުއަރީ 2017

ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ

16 ފެބުރުއަރީ 2017
ކުށްމަދު، އެކަމަކު ރޭވިގެން ހިންގާ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް