Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެން ވޯލްޑްކަޕް 2023

އަންހެނުންގެ ވޯލްޑްކަޕުގައި ކުޅޭ ކޮންމެ ކުޅުންތެރިއަކަށް 30000 ޑޮލަރު

24 ޖުލައި 2023 | ހޯމަ 05:52

ޗެމްޕިއަންކަން ހޯދާ ޓީމެއްގެ ކޮންމެ ކުޅުންތެރިއަކަށް 270000 ޑޮލަރު ލިބޭނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 24 ޖުލައި 2023 | ހޯމަ 05:52
ޖަޕާން ކުޅުންތެރިން އަންހެނުންގެ ވޯލްޑްކަޕުގެ ޓްރޮފީ އުފުލާލަނީ

ޖަޕާން ކުޅުންތެރިން އަންހެނުންގެ ވޯލްޑްކަޕުގެ ޓްރޮފީ އުފުލާލަނީ

މިމަހުގެ 20 ވަނަ ދުވަހު ފަށާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ކޮންމެ ކުޅުންތެރިއަކަށް މަދުވެގެން 30000 ޑޮލަރު ދިނުމަށް ފީފާއިން ނިންމައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން މި ގޮތަށް ނިންމީ މުބާރާތުގައި ވާދަކުރާ ކުޅުންތެރިންނަށް ހަމަހަމަ އުސޫލަކުން އިނާމުގެ ފައިސާ ބެހުމަށެވެ.

ނިއުޒީލޭންޑާއި އޮސްޓްރޭލިޔާގައި ބާއްވާ މުބާރާތަށް ކަނޑައަޅާފައިވަނީ 110 މިލިއަން ޑޮލަރެވެ. މުބާރާތުގައި 32 ގައުމު ވާދަކުރާއިރު ޖުމުލަ 732 ކުޅުންތެރިން ތިބޭނެ އެވެ. މި ކުޅުންތެރިން މުބާރާތުގައި ހޯދާ ކުރިއެރުމާއެކު ލިބޭ ފައިސާގެ އަދަދު އިތުރުވާ ގޮތަށް ފީފާއިން ވަނީ ކަނޑައަޅާފައެވެ. މި ގޮތުން ގްރޫޕް ސްޓޭޖް ފަހަނައަޅައި މުބާރާތުގެ ދެ ވަނަ ބުރުގައި ކުޅޭ ކޮންމެ ޓީމެއްގެ ކުޅުންތެރިއަކަށް ވެސް 60000 ޑޮލަރު ދޭނެ އެވެ. އަދި ކުއާޓާ ފައިނަލްގައި ކުޅޭ އަށް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 90000 ޑޮލަރު ލިބޭނެ އެވެ.

މުބާރާތުގެ ހަތަރުވަނަ ހޯދާ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 165000 ޑޮލަރު އަދި ތިން ވަނަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 180000 ޑޮލަރު ލިބޭނެ އެވެ. ފައިނަލުން ބަލިވާ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ލިބޭނީ 195000 ޑޮލަރެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމެއްގެ ކޮންމެ ކުޅުންތެރިއަކަށް 270000 ޑޮލަރު އިނާމުގެ ގޮތުގައި ލިބޭނެ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފުޓްބޯޅައިގައި ހަމަހަމަ ސިޔާސަތެއް ތަންފީޒުކުރުމުގެ ރޯޑްމެޕްގެ ދަށުން 2027 ވަނަ އަހަރު ބާއްވާ އަންހެނުންގެ ވޯލްޑްކަޕުގައި ފިރިހެނުންގެ މުބާރާތަށް ކަނޑައަޅާ ފައިސާގެ އަދަދާ އެއްވަރުގެ އަދަދެއް ދޭން ވައުދުވެފަ އެވެ. ގަތަރުގައި މިދިޔަ އަހަރު ބޭއްވި ފިރިހެނުންގެ ވޯލްޑްކަޕުގައި ވަނީ 440 މިލިއަން ޑޮލަރު އިނާމް ފައިސާގެ ގޮތުގައި ހޭދަކޮށްފަ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ

12 އެޕްރީލު 2017
ބޮރޫޝިއާ ޑޯޓްމަންޑް ދަތުރުކުރަމުން ދިޔަ ބަސް ކަރީގައި އެއްޗެށް ގޮވައި ކުޅުންތެރިއަކަށް އަނިޔާ ވެއްޖެ
11 އެޕްރީލު 2017

ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!

11 އެޕްރީލު 2017
ކުރިއަށް އޮތީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު، ފަރިތަކުރުންތަކުގައި ލެވަންޑޯވްސްކީ ބައިވެރި ނުވޭ!
11 އެޕްރީލު 2017

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

11 އެޕްރީލު 2017
  ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް
21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
19 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް

19 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް