Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމް

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

ގޮނޑި ބަރިން ޖާޒީއާއެކު ޓިކެޓެއް 200 ރުފިޔާއަށް

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 07:21
ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފަލަސްތީން ކުޅޭ މެޗުގެ ޓިކެޓް ވިއްކުމަށްޓަކައި މާލޭގެ ހަތަރު ސަރަހައްދެއްގައި ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ގައުމީ ޓީމު ކުޅޭ މެޗުގެ ޓިކެޓު ވިއްކުމަށް އެފްއޭއެމުން ތައްޔާރުވަމުން އަންނަ އިރު، ޓިކެޓާއެކު ގައުމީ ޓީމުގެ ޖާޒީ ލިބޭނެ ކަމަށް އެފްއޭއެމުން ބުނެ އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ނައިބު ރައީސް އައިޝަތު ނާޒިމާ ވިދާޅުވީ ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ސަޕޯޓަރުން ވެއްދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށާއި އެގޮތުން މެޗު ބަލަން ޓިކެޓް ގަންނަ ކޮންމެ ފަރާތަކަށް ވެސް ގައުމީ ޓީމުގެ ޖާޒީއެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ނާޒިމާ ވިދާޅުވީ މެޗުގެ ޓިކެޓް ވިއްކުމަށްޓަކައި ރޯޑް ޝޯއެއް މާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހު ހަވީރާއި ރޭގަނޑު ބްރިޖް ސަރަހއްދުގައި ޓިކެޓް ވިއްކުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، ރަސްފަންނާއި ބާޒާރު މަތި އަދި ގަލޮޅު ދަނޑުންވެސް އެކި ދުވަސް މަތިން ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ނައިބު ރައީސާ އައިޝަތު ނާޒިމާ

ނާޒިމާ ވިދާޅުވީ މި ޕްރޮމޯޝަންގައި ގޮނޑި ބަރިން ޓިކެޓް ނަގާ ފަރާތްތަކަށް ޖާޒީއާއެކު ޓިކެޓެއް 200 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށާއި އަދި ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 100 ރުފިޔާ އަށް ކަމަށެވެ. އަދި ވީއައިޕީން ޖާޒީއާއެކު ޓިކެޓެއް 250 ރުފިޔާއަށް ލިބެން ހުންނައިރު، ޖާޒީއާ ނުލައި ޓިކެޓެއް ލިބޭނީ 150 ރުފިޔާ އަށެވެ.

މި ފުރުސަތުގައި ސިޑިބަރިން ޓިކެޓް ގަންނަ ފަރާތްތަކަށް ޖާޒީއެއް ލިބިގެން ނުދާއިރު، ސިޑިބަރީގެ ޓިކެޓްގެ އަގަކީ 50 ރުފިޔާ އެވެ. އެހެން ނަމަވެސް ނާޒިމާ ވިދާޅުވީ ވަކިން ޖާޒީ ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ޖަމަޖެހިގެންދާނެ ކަމަށާއި އެގޮތުން ވަކިން ޖަޒީއެއް ލިބެން ހުންނާނީ 310 ރުފިޔާ އަށް ކަމަށެވެ.

ނާޒިމާ ވިދާޅުވީ މާލޭގެ ހަތަރު ސަރަހައްދުގެ އިތުރުން ހުޅުމާލެ އާއި ވިލިނގިލިން ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ތަނަވަސްކޮށްދޭނެ ކަމަށާއި އެގޮތުން ގިނަ އަދަދަކަށް ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކަށް އެފްއޭއެމުން އެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ.

ނާޒިމާ ވިދާޅުވީ މިހާރު އެންމެ ބާރަށް ކުރެވެމުންދާ މަސައްކަތަކީ އެފްއޭއެމާއި ޕާޓްނާޝިޕް ހެދިފައި ހުރި ހުރިހާ ކޮމްޕެނީތައް މެދުވެރިކޮށް މެޗު އޮންނަ ދުވަހާއި އަދިވެސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެ ކޮމްޕެނީތަކުގެ މުވައްޒަފުން މެދުވެރިކޮށްގެން ޓިކެޓް ވިއްކުމާއި އެ ކޮމްޕެނީތަކުގެ މުވައްޒަފުން މެޗު ބެލުމަށް ދަނޑަށް ގެނެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ، 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު