Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނަރުދަމާ ނިޒާމު

ސުވާލެއްގެ ޖަވާބު ހޯދަން، ސީދާ ނަރުދަމާ ނިޒާމުގެ ތެރެއަށް!

ދެމެހެއްޓެނިވި ގޮތުގައި ހޫނު ހަކަތައިގެ ސަޕްލައި ކަށަވަރުކުރަނީ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 2 ޖުލައި 2023 | އާދީއްތަ 10:42
ޓަނަލް ތެރެއަށް މަސައްކަތްތެރިން ފައިބަނީ

ޓަނަލް ތެރެއަށް މަސައްކަތްތެރިން ފައިބަނީ

ޖަރުމަނުވިލާތުގެ އެންމެ ބޮޑު ސިޓީ، އަދި އެ ގައުމުގެ ވެރިކަންކުރާ ބަރލިންގެ ދަށުގައި ދެމެމުން ދަނީ ތެތް އަނދިރިކަމެއް އެކުލެވޭ ނަރުދަމާގެ ކޯރެކެވެ. ނަމަވެސް އެއީ ހަމައެކަނި އިންސާނާގެ ނަޖިސް ބޭރުކުރާ ކޯރެއްގެ ގޮތުގައި ސިފަ ކުރެވޭކަށް ނެތެވެ. އެތަނަކީ ހޫނު އުފައްދާ ޕްލާންޓެއްވެސް މެއެވެ.

ބަރލިންގެ މެދަކާ ހިސާބުގައި އޮންނަ އެލެކްޒަންޑަޕްލަޓްޒް އޭ ކިޔާ ސަރަހައްދުގައި ހުންނަ، ކުރީގެ "ހައުސް އޮފް ސްޓެޓިކްސް"ގެ އަޑީގައި ކުރަމުން ދަނީ މުހިންމު މަސައްކަތެކެވެ. އެއީ ދެމެހެއްޓެނިވި ގޮތުގައި ހޫނު ހަކަތައިގެ ސަޕްލައި ކަށަވަރު ކުރުމެވެ. އެ މަސައްކަތުގެ އަސާސް ގުޅެނީ އިންސާނުން ބޭރުކުރާ ނަޖިހާއެވެ.

110000 އަކަމީޓަރުގެ ސައިޓަށް ހޫނު ފޯރުކޮށްދެނީ އެކަމަށް ޚާއްޞަ ޕަމްޕުތަކުންނެވެ. އެ ޕަމްޕުތަކަށް ހަކަތަ ފޯރުކޮށްދެނީ ޖަރުމަނުވިލާތުގެ ވެރިރަށުން ބޭރުކުރާ ނަޖިސް ފެނުންނެވެ.

އެއީ ކިހިނެއް ކުރާ ކަމެއްތޯ ކުރެވޭ ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ފީނައިގަންނަން ޖެހެނީ ބަރލިންގެ އަޑިއަށެވެ. ސީދާ ނަރުދަމާ ނިޒާމުގެ ތެރެއަށެވެ.

ނަރުދަމާ ނިޒާމު ތެރޭގައި ހޫނު ބަދަލުކުރާ މޮޑިއުލްތައް ހަރުކޮށްފައި ހުރެއެވެ. ބަރލިން މުނިސިޕަލްޓީގެ ހަކަތައާއި ޓެކްނޮލޮޖީގެ ކަންކަން ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވާ ޔޫޓިލިޓީ ކުންފުނީގެ ގްރެޖުއޭޓް އިންޖިނޭރު، މާތިއާސް ކަރސްޓަން ތަފްސީލު ކޮށްދިންގޮތުގައި، ނަރުދަމާ ނިޒާމުގެ 350 މީޓަރުގެ ސަރަހައްދެއްގައި މޮޑިއުލްތައް ވަނީ ހަރުކޮށްފައެވެ.

ގޭބިސީތަކާއި ސިނާއީ ކަންކަމަށް ބޭނުންކުރާ އިމާރާތްތަކުން ނަޖިސް ފެން ބޭރު ކުރުމާއެކު، އެ ފެންތައް ފައިބައިގެން ދަނީ ދަބަރު ނުޖަހާ ތަށިގަނޑުތަކެއްގެ މައްޗަށެވެ. އެހާ ހިސާބުން، އެކަމަށް ބޭނުންވާ ހަކަތަ އުފެދިގެން ދެއެވެ. މި ގޮތަށް އެއްކުރާ ހަކަތަ، މުޅި ސަރަހައްދަށް ބަހާލައެވެ. މިހާތަނާ ޖެހެންދެން، މި ދެންނެވި ހޫނުގެ ހަކަތައަކީ ނަރުދަމާ ނިޒާމުގެ ތެރޭގައި ބޭނުންނުކުރެވި ހުރި ހަކަތައެވެ.

ހޫނުގެ ހަކަތައަކީ އާންމު ދިރިއުޅުމުގެ އެކި ބޭނުންތަކަށް މުހިންމު ހަކަތައެކެވެ. ފެން ކެއްކުމާއި، ބިސްގަނޑު އެޅުންފަދަ އާދައިގެ ކަންކަމުން ފެށިގެން ގޮސް، ދަގަނޑު ވިރުވުމާއި ކާރު އުފެއްދުން ފަދަ ބޮޑެތި މަސައްކަތްތަކަށްވެސް ހޫނުގެ ހަކަތަ ބޭނުން ވެއެވެ. އާންމު ދިރިއުޅުމުގެ ބޭނުމަށް ކަރަންޓު އުފައްދާ ތަރމަލް ޕަވަރ ޕްލާންޓް ތަކަށްވެސް ހޫނުގެ ހަކަތަ ބޭނުންވެއެވެ.

އިތުރަށް ކިޔާލަން

08 މެއި 2019

ޖެނިފާ އާއި ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ބްރެޑް ޕިޓް ދިން ޖަވާބު ވަރަށް ތަފާތު

08 މެއި 2019
ޖެނިފާ އާއި ޑޭޓް ކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ބްރެޑް ޕިޓް ދިން ޖަވާބު ވަރަށް ތަފާތު
31 މާރިޗު 2019

މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!

31 މާރިޗު 2019
މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!
12 މާރިޗު 2019

ޓައިގާ އާއި ދިޝާގެ ގުޅުމާ ގުޅޭގޮތުން ޖެކީ ދިން ޖަވާބު އިނގޭތަ؟

12 މާރިޗު 2019
ޓައިގާ އާއި ދިޝާގެ ގުޅުމާ ގުޅޭގޮތުން ޖެކީ ދިން ޖަވާބު އިނގޭތަ؟
04 އޯގަސްޓު 2018

ޑެމީ ލޮވާޓޯ ހޮސްޕިޓަލުން ސީދާ ރީހެބަށް

04 އޯގަސްޓު 2018
ޑެމީ ލޮވާޓޯ ހޮސްޕިޓަލުން ސީދާ ރީހެބަށް
02 އޯގަސްޓު 2018

ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟

02 އޯގަސްޓު 2018
ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު