Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑެމީ ލޮވާޓޯ

ޑެމީ ލޮވާޓޯ ހޮސްޕިޓަލުން ސީދާ ރީހެބަށް

ހޭނެތިފައި އޮއްވާ ފެނުނީ ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގައި އޮއްވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 އޯގަސްޓު 2018 | ހޮނިހިރު 04:16
ޑެމީ ލޮވާޓޯ

ޑެމީ ލޮވާޓޯ

ޖުލައި މަހުގެ 24 ވަނަ ދުވަހު އޯވަޑޯޒް ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޑެމީ ލޮވާޓޯގެ ހާލު ދަނީ ރަނގަޅުވަމުން ކަމަށާއި މިހަފްތާ ތެރޭ އޭނާ ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑެމީ ހޮސްޕިޓަލުން ދޫކުރިކަމުގައި ވިއަސް އޭނާ ބޭނުން ވަނީ ރީހެބަށް ގޮސް އިތުރު ފަރުވާ ހޯދުމަށެވެ.

މަސްތުވާތަކެތީގެ ވަބައިގައި ޖެހިފައިވާ ކަން ޑެމީ ފުރަތަމަ ހާމަކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިންނެވެ. އަދި އެއަށް ފަހު އެފަދަ ކަމެއް ނުކުރާތާ ހަ އަހަރު ވެފައިވާ ކަމަށާއި އަލުން އޭގެ ތެރެއަށް ވަދެވިފައިވާ ކަމަށް އޭނާ ވަނީ ޖޫން މަހުގެ ތެރޭގައި ހާމަކޮށްފައެވެ.

ޑެމީ ހޭނެތިފައި އޮއްވާ ފެނުނީ ލޮސް އެންޖަލެސްގެ ހޮލީވުޑް ހިލްސްގައި ހުންނަ އޭނާގެ ގޭގައި އޮއްވައެވެ.

ޑެމީ އާންމުންގެ ތެރެއަށް ތާރަފްވެފައިވަނީ ކުޑަކުދިންގެ ޓީވީ ސީރީޒްއެއް ކަމަށްވާ ބާނީ އެންޑް ފްރެންޑްސް އިންނެވެ. ޑެމީގެ ފުރަތަމަ ލަވަ އަލްބަމް ނެރެފައި ވަނީ 2008 ވަނަ އަހަރުއެވެ.

ޚަބަރުތައް ބުނާގޮތުގައި ޑެމީ ހޮސްޕިޓަލުން ދޫކޮށް ރީހެބަށް ދިއުމުގެ ކުރިން އޭނާގެ ފޭނުންނާއި އާއިލާގެ މީހުންނާއި މުޚާތަބުކޮށް ބަޔާނެއް ނެރޭނެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2024

ޢާއިލާ މެންބަރެއްގެ ކުއްލި މަރުން ކުރިވި އިޙްސާސްތައް ގެނެސްދިން 'ހޮލޮބޮކްސް': އެތައް މޭލެއްގެ ދުރުން ސީދާ ކޮޓަރިއަށް!

13 ޖެނުއަރީ 2024
ޢާއިލާ މެންބަރެއްގެ ކުއްލި މަރުން ކުރިވި އިޙްސާސްތައް ގެނެސްދިން 'ހޮލޮބޮކްސް': އެތައް މޭލެއްގެ ދުރުން ސީދާ ކޮޓަރިއަށް!
02 ޖުލައި 2023

ސުވާލެއްގެ ޖަވާބު ހޯދަން، ސީދާ ނަރުދަމާ ނިޒާމުގެ ތެރެއަށް!

02 ޖުލައި 2023
ސުވާލެއްގެ ޖަވާބު ހޯދަން، ސީދާ ނަރުދަމާ ނިޒާމުގެ ތެރެއަށް!
02 އޯގަސްޓު 2020

އަމީތާބް ކޮވިޑުން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލައިފި

02 އޯގަސްޓު 2020
އަމީތާބް ކޮވިޑުން ފަސޭހަވެ، ހޮސްޕިޓަލުން ދޫކޮށްލައިފި
01 ފެބުރުއަރީ 2020

12 ދުވަސް ފަހުން ޝަބާނާ ހޮސްޕިޓަލުން ދޫކޮށްލައިފި

01 ފެބުރުއަރީ 2020
12 ދުވަސް ފަހުން ޝަބާނާ ހޮސްޕިޓަލުން ދޫކޮށްލައިފި
24 ނޮވެމްބަރު 2019

ޑާކްރެއިންގެ "ވާށޭ މަށާ އެކީ" އަކީ ހަމަ ސީދާ ކޮޕީއެއް: ޔޫއްޕެ

24 ނޮވެމްބަރު 2019
ޑާކްރެއިންގެ "ވާށޭ މަށާ އެކީ" އަކީ ހަމަ ސީދާ ކޮޕީއެއް: ޔޫއްޕެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު