Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

މަލައިކާގެ ކައިވެންޏާއި ގުޅޭ ގޮތުން ކުރީގެ ފިރމީހާ ދިން ޖަވާބު ވަރަށް ތަފާތު!

މަލައިކާ އާއި އަރުޖުން އަންނަ އޭޕްރީލް މަހުގެ 19 ގައި ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 31 މާރިޗު 2019 | އާދީއްތަ 11:27
މަލައިކާ އަރޯރާ އާއި އަރުބާޒް ޚާން

މަލައިކާ އަރޯރާ އާއި އަރުބާޒް ޚާން

މަލައިކާ އަރޯރާ އާއި އަރުބާޒް ޚާން ގެ ކައިވެންޏާއި ގުޅޭގޮތުން މަލައިކާގެ ކުރީގެ ފިރިމީހާ ބޮލީވުޑްގެ އެކްޓަރ އަދި ފިލްމް ޕްރޮޑިއުސަރ އަރްބާޒް ޚާން ދިން ޖަވާބު ވަރަށް ތަފާތެވެ.

ޕިންކް ވިލާގައި ރިޕޯޓް ކޮށްފައިވާ ގޮތުން އަރުބާޒްގެ ޝޯ "ޕިންޗް" ލައުންޗް ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާގެ ކުރީގެ އަނބިމީހާ މަލައިކާ އާއި އަރުޖުންގެ ކައިވެންޏާއި ގުޅޭގޮތުން ކޮމެންޓެއް ކުރުމަށް ނޫސްވެރިއަކު އެދުމުން އަރުބާޒް ބުނެފައި ވަނީ އޭނާ އެކުރި ސުވާލަކީ ވަރަށް އިންޓެލިޖެންޓް ސުވާލެއް ކަމަށެވެ.

"ތިކުރީ ވަރަށް އިންޓެލިޖެންޓް ސުވާލެއް. ވަރަށް މަސައްކަތް ކޮށްފައި އެބަހުރި. ރޭގަނޑު އެއްކޮށް އެކަމާއި ވިސްނާފައި ތިހިރީ" ހިނިތުންވުމާއި އެކު އަރުބާޒު ވަނީ ބުނެފައެވެ.

މީގެ އިތުރުން އަރުބާޒް ބުނެފައިވަނީ އޭނާ އެސުވާލަށް ޖަވާބު ދޭން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާއަށް ވަގުތު ދިނުމަށް އަރުބާޒް ވަނީ އެދިފައެވެ.

"އަހަރެން ތި ސުވާލަށް މާދަން ޖަވާބު ދެންތަ؟" އަރުބާޒް ވަނީ ބުނެފައެވެ.

އަރުބާޒް މިހާރު ޑޭޓް ކުރަމުންދަނީ ޖޯޖިއާ އެންޑްރިއާނީ އާއެވެ.

އައިއޭއެންއެސްގައި ރިޕޯޓް ކޮށްފައިވާގޮތުން މަލައިކާ އާއި އަރުޖުން އަންނަ އޭޕްރީލް މަހުގެ 19 ގައި ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކައިވެނީގެ ގެސްޓް ލިސްޓް ވެސް މިހާރު ފައިނަލް ކޮށްފައިވާއިރު ގެސްޓް ލިސްޓްގައި ހިމެނޭ ސެލްބްރިޓީންގެ ތެރޭގައި ކަރީނާ ކަޕޫރު ޚާން، ކަރިޝްމާ ކަޕޫރު، ދިޕިކަ ޕަދުކޯން އަދި ރަންވީރު ސިންގް ހިމެނެއެވެ.

އައިއޭއެންއެސް އަށް ދިން އިންޓަވިއުއެއްގައި މަލައިކާ އާއި އަރުޖުންގެ ކައިވެންޏާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަރުޖުން ބުނެފައިވަނީ ވާހަކަ ދައްކަން ޖެހޭ ކަމެއް އޮތް ނަމަ އެންމެންނަށް ވެސް އިނގޭނެ ކަމަށެވެ. މަލައިކާ ވެސް ވަނީ މިވާހަކަތައް ދޮގު ކޮށްފައެވެ. މަލައިކާ ބުނެފައިވަނީ އެއީ މީޑިއާއިން ހަދައިގެން ދައްކާ ވާހަކަ ތަކެއް ކަމަށެވެ.

އަރުޖުން އާއި ޑޭޓް ކުރާ ކަމަށް މަލައިކާ އެއްބަސްވެފައެއް ނުވެއެވެ.

އަރުޖުންގެ ބައްޕަ ބޮނީ ކަޕޫރު ވެސް ވަނީ މިދެމީހުންގެ ކައިވެންޏާއި ގުޅޭގޮތުން ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ
09 ޖޫން 2017

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

09 ޖޫން 2017
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި
24 މެއި 2017

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

24 މެއި 2017
އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު