Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލާއިންސާނީ އަމަލު

ޕެންޝަން ފައިސާ ހޯދަން މަރުވެފައިވާ މަންމަގެ ހަށިގަނޑު އެތައް އަހަރެއް ވަންދެން ފޮރުވާފައި ބާއްވައިފި

މިކަން ފަޅާ އެރީ އެމީހާ މަރުވިތާ 3 އަހަރު ފަހުން

ރާއްޖެ އެމްވީ | 6 އެޕްރީލު 2018 | ހުކުރު 17:03
ހަށިގަނޑު ފޮރުވާފައި އޮތީ އައިސްކްރީމް އަޅާ ފްރީޒަރެއްގެ ތެރޭގައި

ހަށިގަނޑު ފޮރުވާފައި އޮތީ އައިސްކްރީމް އަޅާ ފްރީޒަރެއްގެ ތެރޭގައި

މަންމަ މަރުވުމުން ފްރީޒަރެއްގައި ހަށިގަނޑު ބާއްވައިގެން އުޅުނު މީހަކު އިންޑިއާ ފުލުހުން އަތުލައިގަނެފިއެވެ.

ކަލްކަތާގެ ފުލުހުން ބުނީ ސުބްރަތާ މަޖުމްދާރު ނަމަކަށް ކިޔާ މީހަކު އޭނާގެ މަރުވެފައިވާ މަންމަގެ ހަށިގަނޑު ކުނި ނުވާނޭހޭ ކެމިކަލް އަޅެމަށްފަހު، ފްރީޒަރެއްގެ ތެރޭގައި ބާއްވައިގެން ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ.

ފުލުހުން ތުހުމަތު ކުރަނީ މި ފިރިހެން މީހާ އޭނާގެ މަންމަގެ ހަށިގަނޑު ފޮރުވައިގެން ގެންގުޅުނީ މަންމަގެ ޕެންޝަން ފައިސާ ހޯދުމުގައި ބޭނުމުގައި ކަމަށެވެ. ފުލުހުން ބުނީ އެ ފިރިހެން މީހާ، އޭނާގެ މަންމަގެ ހަށިގަނޑު ރައްކާ ކޮށްފައި ބޭއްވީ އަލުން ފުރާނަ އެޅިގެން ދުނިޔެއަށް އަންނާނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން އޭނާ ބުނި ނަމަވސް ފުލުހުން ފާހަގަ ކުރާ ގޮތުގައި މި އަންހެން މީހާ މަރުވުމަށްފަހު ވެސް ބަރާބަރަށް އޭނާގެ ޕެންޝަން ފައިސާ ޑެބިޓް ކާޑެއް ބޭނުން ކޮށްގެން ވަނީ ނަގާފައެވެ. މި ފައިސާ އަކީ ޕެންޝަން ފައިސާ ކަމަށާއި އެއީ މީހާ މަރުވުމުން ދޫކުރާ ފައިސާ އެއް ނޫން ކަމަށްވެސް ފުލުހުން ބީބީސީ އަށް މައުލޫމާތު ދެމެން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ފިރިހެން މީހާގެ ގޭގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑު ކުނިނުވެ އޮންނާނެ ގޮތް ހެދުމާ ބެހޭ މައުލޫމާތު ހިމެނޭ ފޮތްތަކާއި މަޖައްލާތައް ފެނިފައިވާ ކަމަށެވެ.

ގެ ޗެކް ކުރީ ފުލުހުންނަށް މީހަކު ދިން މައުލޫމަތަކާ ގުޅިގެންނެވެ. ޗެކް ކުރުމުގެ ތެރޭގައި އަންހެން މީހާގެ ހަށިގަނޑު ބޮޑު ފްރީޒަރެއްގެ ތެރޭގައި އޮތް ކަމަށާއި، އަދި ކެމިކަލް އަޅާފައި ހުރި ބޮޑެތި ފުޅި ތަކެއްގެ ތެރެއިން އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2018

ސަލްމާނަށް ލިބުނު ފައިސާ ހަރަދުކުރަނީ ގޭގެ ފުރާޅު މަރާމާތު ކުރަން

25 ޑިސެމްބަރު 2018
ސަލްމާނަށް ލިބުނު ފައިސާ ހަރަދުކުރަނީ ގޭގެ ފުރާޅު މަރާމާތު ކުރަން
18 ޖުލައި 2018

'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!

18 ޖުލައި 2018
'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!
04 ޖުލައި 2018

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

04 ޖުލައި 2018
ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި
20 ޖޫން 2018

މަންމަގެ މަރަށް ފަހު ހިތްވަރު ލިބުނީ ދަޅަކް އިން: ޖާންވީ

20 ޖޫން 2018
މަންމަގެ މަރަށް ފަހު ހިތްވަރު ލިބުނީ ދަޅަކް އިން: ޖާންވީ
27 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

27 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި
15 އޯގަސްޓު 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި

15 އޯގަސްޓު 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި
12 ޖުލައި 2017

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

12 ޖުލައި 2017
މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް
09 ޖުލައި 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ

09 ޖުލައި 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ
29 ޖޫން 2017

"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ

29 ޖޫން 2017
"ޑަންގަލް" އަށް އަދިވެސް ފައިސާ އޮހެނީ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު