Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސޮނާލީ އަށް ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފަށައިފި

އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 ޖުލައި 2018 | ބުދަ 20:24
ސޮނާލީ ބެންޑްރޭ

ސޮނާލީ ބެންޑްރޭ

ބޮލީވުޑްގެ ތަރި ސޮނާލީ ބެންޑްރޭ އަށް ކެންސަރު ޖެހިގެން އެމެރިކާގައި ފަރުވާ ހޯދަން ފަށައިފިއެވެ.

އުމުރުން 43 އަހަރުގެ ސޮނާލީ ވަނީ އޭނާގެ އިންސްޓަގްރާމް އަދި ޓްވިޓާ ހެންޑްލްގައި ޝެއަރ ކޮށްފައިވާ ދިގު ނޯޓްގައި އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށް ބުނެފައެވެ.

ސޮނާލީ ބުނެފައިވަނީ ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ނުވަދިހައިގެ އަހަރު ތަކުގައި ބޮލީވުޑްގައި ވިދާލި ތަރި ސޮނާލީ، ކެންސަރަށް ފަރުވާ ހޯދާކަން ހިއްސާ ކުރުމާ އެކު، މުޅި ބޮލީވުޑް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އޭނާ އަށް ހެޔޮދުއާކޮށް ޓްވީޓްތައްކޮށްފަ އެވެ.

ސޮނާލީއަށް ވަނީ ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާއި ކައިވެނިކޮށްގެން 13 އަހަރުގެ ފިރިހެން ދަރިއަކު ލިބިފައެވެ.

2002 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސްކޮށްފަ އެވެ.

1994 ވަނަ އަހަރު ފިލްމް "އާގް" އިން ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައިވަނީ 2013 އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ ދޮބާރާ" އިންނެވެ. މިފިލްމުގައި އޭނާ އަދާކޮށްފައިވަނީ ވަރަށް ކުޑަ ރޯލެކެވެ.

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ

18 ސެޕްޓެމްބަރު 2017
އެކްޓަރު ޓޮމް އޮލްޓާ ކެންސަރަށް ފަރުވާ ހޯދަނީ
04 އޯގަސްޓު 2017

ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ

04 އޯގަސްޓު 2017
ޑެންމާކުގެ މިހާރުގެ ރާނީގެ މަހާނައާ ޖެހިގެން، މަހާނަ ހުރުމަށް ނޭދޭ ކަމަށް ފިރިކަލުން ވިދާޅުވެއްޖެ
21 ޖުލައި 2017

އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ

21 ޖުލައި 2017
އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
19 ޖުލައި 2017

ބިދީޝާ ދަންޖެހިގެން މަރުވެއްޖެ

19 ޖުލައި 2017
ބިދީޝާ ދަންޖެހިގެން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު