Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާގެ އެންގޭޖްމަންޓާއި ގުޅޭގޮތުން ޝާހުރުކް ޚާން ދިން ޖަވާބު އެނގޭތަ؟

އެ ސުވާލަށް ޖަވާބު ދީފައިވަނީ މަޖާ ގޮތަކަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 އޯގަސްޓު 2018 | ބުރާސްފަތި 06:53
ޝާޚްރުކް ޚާން އަދި ޕްރިޔަންކާ ޗޯޕްރާ

ޝާޚްރުކް ޚާން އަދި ޕްރިޔަންކާ ޗޯޕްރާ

މިދިޔަ އަންގާރަ ދުވަހު ބޭއްވި ވޯގް ބިއުޓީ އެވޯޑްސް 2018 ގައި އެންމެ ގިނައިން ދެކެވިގެން ދިޔަ އެއް ވާހަކަ އަކީ ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ގެ އެންގޭޖްމަންޓްގެ ވާހަކަ އެވެ.

ޕްރިޔަންކާގެ ކައިވެންޏާއި ގުޅޭގޮތުން ބޮލީވުޑްގެ ތަރި އަދި ޕްރިޔަންކާގެ ގާތް ރައްޓެއްސެއް ކަމަށްވާ ކަންގަނާ އާއި ވޯގް ބިއުޓީ އެވޯޑްސްގައި މީޑިއާއިން ކުރި ސުވާލަށް ޖަވާބު ދެމުން ކަންގަނާ ބުނެފައިވަނީ އެ ޚަބަރު ލިބުމުން ޕްރިޔަންކާއަށް ގުޅާ އޭނާއަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މި ކައިވެންޏާއި ގުޅޭގޮތުން ޝާޚްރުކް ޚާން އާ މީޑިއާއިން ސުވާލުކުރުމުން ޖަވާބު ދީފައިވަނީ މަޖާ ގޮތަކަށެވެ. ޝާހުރުކް ބުނެފައިވަނީ " އަހަރެންވެސް މިއުޅެނީ ކައިވެނި ކުރަން. އަހަރެން ކަލެއަށް ދައުވަތު ދޭނަން. ކައިވެނީގެ ހަފްލާގެ ދައުވަތު ކާޑުވެސް ފޮނުވާނަން. މެހެނދީގައި ބައިވެރިވާން އަންނާތި" އެވެ.

ޕްރިޔަންކާ އާއި ޝާހުރުކް ވަނީ "ޑޮން" އަދި "ޑޮން 2" ގައި އެކުގައި މަސައްކަތް ކޮށްފައެވެ. މި ދެތަރިންގެ ދެމެދުގައި ކުރިން ލޯބީގެ ގުޅުމެއް އޮތް ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެވާހަކަތަކާއި ގުޅޭ ގޮތުން މި ދެތަރިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރުތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް އެންގޭޖް ކޮށްފައިވަނީ ހަފްތާއެއްހާ ދުވަސް ކުރިން ލަންޑަންގައި ޕްރިޔަންކާގެ 36 ވަނަ އުފަންދުވަހުއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު