Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމް ކާޑޭޝިއަން

ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

ސެލެބްރިޓީން ރިޕޯޓް ކޮށްފައިވާ ޚަބަރު އެޓޭޗްކުރުމަށްފަހު އެއަށް ރައްދު ދެމުން ކިމްގެ ޓްވިޓާގައި ބުނެފައިވަނީ އެއީ ތެދުޚަބަރެއް ނޫންކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ޖެނުއަރީ 2018 | ހޮނިހިރު 07:20
ކިމްގެ ދެވަނަ ދަރިފުޅު ސެއިންޓް ވެސްޓްއާއި އެކު

ކިމްގެ ދެވަނަ ދަރިފުޅު ސެއިންޓް ވެސްޓްއާއި އެކު

ކިމް ކާޑޭޝިއަންއަށް ތިންވަނަ ދަރިއަކު ލިބިފައިވާކަން އިއުލާން ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ކިމް އަށް ތިން ވަނަ ދަރި ލިބުމާއިއެކު އޭނާ ހަތަރުވަނަ ދަރިއަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކި ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފައެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ ހަތަރުވަނަ ދަރި ހޯދުމަށް ކިމް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މި ނޫސްތަކުގެ ތެރެއިން ޑެއިލީ މެއިލް ސެލެބްރިޓީން ރިޕޯޓް ކޮށްފައިވާ ޚަބަރު އެޓޭޗްކުރުމަށް ފަހު އެއަށް ރައްދު ދެމުން ކިމްގެ ޓްވިޓާގައި ބުނެފައިވަނީ އެއީ ތެދުޚަބަރެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ކިމް ފެނިގެންދާ ރިއަލިޓީ ޝޯ ކަމަށްވާ ކީޕިން އަޕް ވިތު ކާޑޭޝިއަންސްގެ އެޕިސޯޑުތަކުގައި ކިމް ގިނަ ދަރިން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

ކިމް ކާޑޭޝިއަންގެ ރަސްމީ ވެބްސައިޓުގައި މިމަހުގެ 15 ވަނަ ދުވަހު ބުނެފައި ވަނީ ސިއްހަތު ރަނގަޅު، ރީތި އަންހެން ކުއްޖަކު ލިބިފައިވާކަމަށެވެ އަދި އެދަރިފުޅު ދުނިޔެއަށް ގެނައި "ސަރޮގޭޓް މަދާ" އަށާއި ޑޮކްޓަރުންނާއި ނަރުހުން ކުރި މަސައްކަތް ބަލައިގެންފައިވާ ކަމަށް އޭނާގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ. އަދި މީގެ އިތުރުން އޭނާގެ ދެ ދަރިން ކަމަށްވާ ނޯތު އާއި ސެއިންޓް އުފަލާއެކީ އެދެކުދިންގެ ކޮއްކޮއަށް މަރުހަބާ ކިޔާފައިވާ ކަމަށް ކިމް ވަނީ ބުނެފައެވެ. ކިމްގެ ތިންދަރިންނަކީ ނޯތު ވެސްޓް 4، އާޢި ސެއިންޓް ވެސްޓް 2،އަދި އެންމެ ފަހުން ލިބުނު ޝިކާގޯއެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2018

ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން

04 ޖެނުއަރީ 2018
ކްލޯއީ ކާޑޭޝިއަންގެ ބަނޑަށް 6 މަސް، ހުރީ ވަރަށް އުފަލުން
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
03 ޖެނުއަރީ 2018

ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި

03 ޖެނުއަރީ 2018
ދަރިފުޅު ބަލިވެ، ކިމް ކާޑޭޝިއަން 2017 ނިންމާލީ ހޮސްޕިޓަލުގައި
21 ޑިސެމްބަރު 2017

ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި

21 ޑިސެމްބަރު 2017
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
23 އޮކްޓޯބަރު 2017

އީޝާ ޑިއޯލްއަށް ދަރިއަކު ލިބިއްޖެ

23 އޮކްޓޯބަރު 2017
އީޝާ ޑިއޯލްއަށް ދަރިއަކު ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު