Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ.ތިނަދޫ ތަރައްގީގެ މަޝްރޫއުތައް

ތިނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްދޭ، ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަކީ އަމާޒެއް: އާޒިމް

ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމާ ރައްޔިތުންނާއި ވަނީ ހަވާލުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖުލައި 2023 | ހޮނިހިރު 04:47
ގދ.ތިނަދޫ އިންޑަސްޓްރިއަލް އޭރިއާގެ މަސައްކަތްތައް ކުރިއަށް ދަނީ

ގދ.ތިނަދޫ އިންޑަސްޓްރިއަލް އޭރިއާގެ މަސައްކަތްތައް ކުރިއަށް ދަނީ

ގދ.ތިނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ތިނަދޫގައި މިހާރު ވެސް ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމާ ރައްޔިތުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް އިޝާރަތް ކުރައްވައި އާޒިމް ވިދާޅުވީ އިންޑަސްޓްރިއަލް އޭރިއާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެސަރަހައްދު ހިއްކައި، ކީވޯލް އަދި ޝޯ ޕްރޮޓެކްޝަން ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ އެމަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން އާޒިމް ވިދާޅުވީ މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މަސްވެރިން ބޭނުންކުރުމަށް އިތުރު ބައެއް ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ ކަމަށާއި، އެމަސައްކަތް ކުރިއަށްދާ ކަމަށެވެ.

ތިނަދޫގެ ޕިކްނިކް އައިލެންޑަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިމަޝްރޫއު ކުރިއަށް ގެންދެވޭނީ ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމަށްފަހު ކަމަށާއި، އީއައިއޭގެ މަސައްކަތް ނިމުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އީއައިއޭ ހެދުމަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ނަގާ ކަމަށެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އެރަށުގައި ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1 ޖޫން 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 65،296 ކޮޑިމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވާއިރު، 474 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ގްރޮއިންސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕިކްނިކް އައިލެންޑަށް ފަސޭހައިން އަރައި ފޭބުމަށް ބޭނުންވާ 2 ޖެޓީ ހެދުންވެސް މި މަޝްރޫއުގައި ވަނީ ހިމަނާފައެވެ. 

މިމަޝްރޫއަށް 57.6 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އާޒިމް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ތިނަދޫ ބޭނުންވާ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަށް ކަމަށާއި، މަޝްރޫއުތައް ޓައިމްލައިންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ގދ. ތިނަދޫ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
22 ސެޕްޓެމްބަރު 2024

މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

22 ސެޕްޓެމްބަރު 2024
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު