Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚަރަދު ކުޑަކުރުން

ޚަރަދު ކުޑަކުރަން ކައުންސިލަރުން މަދުކުރާއިރު، ސިޔާސީ މަޤާމުތައް ހައްދެއް ނެތް މިންވަރަށް ދަނީ އިތުރުކުރަމުން: ތިނަދޫ މޭޔަރު

ލާމަރުކަޒީ ގޮތުން ކައުންސިލުތައް ބާރުވެރި ކުރުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ހަރުދަނާ ބަދަލުތައް ގެނެވެންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޖުލައި 2024 | ހޮނިހިރު 07:53
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ޚަރަދު ކުޑަ ކުރުމަށް ކައުންސިލަރުން މަދު ކުރުމުގެ ވާހަކަ ދައްކާއިރު، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން "ހައްދެއް ނެތް މިންވަރަށް" ނަގަމުންދާކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުމަކީ އެތައް ދުވަހެއްގެ ޒަމާންވީ އިންތިޒާރެއްގެ ނިމުން ކަމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެވުނުނަމަވެސް، އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރި ކަމަށާއި، މިހާރު އިދާރީ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު މަސައްކަތުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ލާމަރުކަޒީ ގޮތުން ކައުންސިލުތައް ބާރުވެރި ކުރުވުމަށް ޤާނޫނީ ގޮތުން ގެންނަން ޖެހޭ ހަރުދަނާ ބަދަލުތައް ގެނެވެންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލާމަރުކަޒު ކުރާ ވާހަކަ ދައްކާއިރު، ހަގީގީ މާނައިގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތައް ބާރުވެރިވާން ޖެހޭކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އެމްޑީޕީން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މިއަދު މަސައްކަތް ކުރަންވީ އެ ނިޒާމު އިތުރަށް ފުުރިހަމަ ކުރުމަށްކަމަށްވެސް ސައުދު ވިދާޅުވިއެވެ.

އޭގެ އިތުރުން، މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ކައުންސިލަރުން މަދު ކުރުމުގެ ވާހަކަ ދައްކާއިރު، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން "ހައްދެއް ނެތް މިންވަރަށް" ނަގަމުންދާކަންވެސް ސައުދު ފާހަގަ ކުރެއްވިއެވެ.

ސައުދު ވިދާޅުވީ، ކައުންސިލާއި މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރަނީ ރައްޔިތުންވެސް ނުހަނު އިތުބާރު ކޮށްފައި ކަމަށެވެ. އެހެންކަމުން ރައްޔިތުން ބާރުވެރި ކުރުވުމަށް ކުރަންޖެހޭ ކަންކަން ކުރުން އަވަސް ކުރަންޖެހޭކަމަށް ސައުދު ވިދާޅުވިއެވެ.

ގދ. ތިނަދޫފަލަ ސުރުޚީޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
04 ޑިސެމްބަރު 2025

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް

04 ޑިސެމްބަރު 2025
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމިފައިވާކަން ރައީސް އިއުލާން ކުރެއްވި ދުވަހަކީ ނުފޫޒު ފޯރުވުން ފެށުނު ދުވަސް: މެންބަރު އަމީން ފައިސަލް
03 ޑިސެމްބަރު 2025

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު

03 ޑިސެމްބަރު 2025
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން ޓެކުމާއި ފޭރުން: އިބްރާހިމް ރަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު