Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިނަދޫ ސިޓީގެ ފެން ހިންދާ ނިޒާމު

ތިނަދޫ ސިޓީގެ ''ފެން ހިންދާ ނިޒާމު'' މަސައްކަތް ނިންމައި، ބެލެހެއްޓުމުގެ މަސައްކަތް ކައުންސިލްއާ ހަވާލުކޮށްފި

ޒަމާނުއްސުރެ ތިނަދޫއަކީ ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވާ ރަށެއް

އަމްނާ އިމާދު
އަމްނާ އިމާދު | 21 ޖުލައި 2024 | އާދީއްތަ 12:22
އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ތިނަދޫ ސިޓީއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް، ''ފެން ހިންދާ ނިޒާމު'' ބެލެހެއްޓުމުގެ މަސައްކަތް އެސިޓީގެ ކައުންސިލްއާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމް އެވެ. ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެސިޓީގެ މޭޔަރު ސައުދު އަލީއެވެ.

Advertisement - newsAdvertisement

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ތާރިގު ވިދާޅުވީ ޒަމާނުއްސުރެ ތިނަދޫއަކީ ވާރޭ ވެހިއްޖެނަމަ ފެން ބޮޑުވާ ރަށެއް ކަމަށާއި، އެކަމުގެ ގެއްލުންތައް ރައްޔިތުންނަށް ވަމުންދާ ކަމަށެވެ. އަދި ރަށުގެ ބައެއް ހިސާބުތައް އާދަޔާ ހިލާފަށް ފެން ބޮޑުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ފެން ހިންދާ ނިޒާމެއް ތިނަދޫގައި ގާއިމްކުރީ ފެންބޮޑުވާ މައްސަލައާއި ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

އެގޮތުން ތިނަދޫގައި ގާއިމްކޮށްފައިވާ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކައުންސިލްއާ ހަވާލުކުރުމަށް ނިންމީ ރައްޔިތުންނާ އެންމެގާތުން ޚިދުމަތްދޭން ތިބީ ކައުންސިލް ކަމަށްވާތީ ކަމަށެވެ. އެ ނިޒާމު ފުރިހަމައަށް ބަލަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތިނަދޫގައި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މާލީ ވުޒާރާ މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި މަޝްރޫއުގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑްއެވެ.

މި ނިޒާމު ގައިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިންނެވެ. މިއީ 43 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ތިނަދޫ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގައި 5,262.81 މީޓަރުގެ އަކުއަ ސެލް ނެޓްވޯކް އަކާއި 9,562.36m މީޓަރުގެ އެޗް.ޑީ.ޕީ.އީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ގާއިމްކޮށްފައެވެ.

ގދ. ތިނަދޫ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި

30 ނޮވެމްބަރު 2025
ހަށި ވިއްކާކަމުގެ ތުހުމަތު ގައި ހައްޔަރު ކުރި ދިވެއްސެއް ކަފާލާތުގެ ދަށުން ދޫކޮށްލައިފި
22 ސެޕްޓެމްބަރު 2025

ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި

22 ސެޕްޓެމްބަރު 2025
ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ހައިކޯޓުގެ ޝަރީއަތުގައި ދޮގު ހެދި ފުލުސް މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލައިފި
05 ސެޕްޓެމްބަރު 2025

ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް

05 ސެޕްޓެމްބަރު 2025
ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް
04 ސެޕްޓެމްބަރު 2025

އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ

04 ސެޕްޓެމްބަރު 2025
 އާދީއްތަ ދުވަހުން ފެށިގެން ތިނަދޫ ރޯހައުސް ތަކަށް ކުރިމަތިލެވޭނެ
22 ސެޕްޓެމްބަރު 2024

މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި

22 ސެޕްޓެމްބަރު 2024
މަސްވެރިންނަށް ވި ވައުދުތައް ނުފުއްދާކަމަށް މިނިސްޓަރު ޝިޔާމަށް ތިނަދޫގެ މަސްވެރިން ހަނދާންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު