Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްތުވާތަކެތީގެ މައްސަލަ

ޑްރަގް މައްސަލައެއްގައި ހައްޔަރު ކުރުމުން ބުނީ ނަފްސާނީ މައްސަލަ ހުރިކަމަށް

29 ޖޫން 2023 | ބުރާސްފަތި 08:01

އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ 13 ޖުލައި 2023 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ޖޫން 2023 | ބުރާސްފަތި 08:01
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގެ ތުހުމަތެވެ.

އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ 13 ޖުލައި 2023 ގައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހުށައަޅާފައިވާ ރިޕޯޓުތަކާއި ބަޔާންތަކަށް ބަލާއިރު، އޭނާ ދިރިއުޅޭ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި ވަނީ ފެނިފައެވެ.

އޭނާގެ ދިފާއީ ވަކީލުގެ ފަރާތުން ވަނީ އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދޭ، ނަފްސާނީ މައްސަލަ ހުންނަ މީހެއްކަން ފާހަގަކޮށްފައެވެ.

އެކަން ސާބިތު ކުރުމަށް އެސެސްމަންޓެއް ހަދަންޖެހޭކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ ކަމުގެ ދިފާއު ސާބިތު ކުރުމަށް ހަދަންޖެހޭ އެސެސްމަންޓު ހެދުމަކީ ދިފާއުގެ ޒިންމާއެއް ކަމަށާއި، އެކަމަށް ދޭން ޖެހޭ އެއްބާރުލުމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭނެކަމަށް އައިއޯ ބުނެފައިވާ ކަމަށެވެ.

އަދި އެސެސްމަންޓު ހެދުމަށް އެޕޮއިންޓްމަންޓް ލިބޭ ގަޑިއަށް އެތަނަކަށް އޭނާ ހާޒިރުކޮށްދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާކަމުގެ ދިފާއު އޭނާގެ ފަރާތުން ނަގާފައިވާތީ މީގެ ކުރިން ބޭއްވުނު ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައިވެސް ގާޒީ ވަނީ އެކަމާ ގުޅޭ އެސެސްމަންޓު ހެދުމަށް އަންގަވާފައެވެ.

އޭނާއަކީ ދައުވާ ލިބިގަތުމަށް ނުކުޅެދޭ މީހެއްކަމުގައި ބުނާތީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރިއާޔަތްކޮށް، އޭނާއަކީ ސިއްޙީ ގޮތުން ދައުވާ ލިބިގަތުމަށް ނުކުޅެދިގެންވާ މީހެއްކަން ނުވަތަ ނޫންކަން އެނގޭނެ އެގްޒެމިނޭޝަނެއް ހެދުމަށް އަނެއްކާވެސް ގާޒީ ވަނީ އަންގަވާފައެވެ.

އެފަދަ އެގްޒެމިނޭޝަނެއް ހެދުމަށް ކަމާބެހޭ އިދާރާތަކުން ދޭންޖެހޭ އެއްބާރުލުން ދޭންޖެހޭނެކަމަށްވެސް ގާޒީ ނިންމެވިއެވެ.  

މަސްތުވާތަކެތިކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް