Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާފް ޗެމްޕިއަންޝިޕް

ދަގަނޑޭގެ ރެކޯޑާ ޗެތުރީ ހަމަހަމަކޮށްފި، އެއްވަނަ ކުވޭތަށް

ދަގަނޑޭ އާއި ޗެތްރީ ވެސް ޖަހާފައިވަނީ 23 ލަނޑު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 16:08
އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ: މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިއަކީ އޭނާ

އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ: މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި އެއް ކުޅުންތެރިއަކީ އޭނާ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރާއްޖޭގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ހަދާފައިވާ ރެކޯޑާ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީ ހަމަހަމަކޮށްފި އެވެ.

މި ދެ ފޯވަޑުން ވެސް މިހާތަނަށް ޖަހާފައިވާ ގޯލުގެ އަދަދަކީ 23 އެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ޖެހުމުން މި ފަހަރުގެ މުބާރާތް ނުކުޅެހުރި ރާއްޖޭގެ އިތުބާރު ފޯވަޑްގެ ރެކޯޑާ ޗެތުރީ ހަމަހަމަކުރީ މިރޭ ކުވޭތު ޓީމާ އެކު ކުޅެ، 1-1 ން ދެޓީމް އެއްވަރުވި މެޗުގަ އެވެ. ކުވޭތުގެ ލަނޑަކީ މެޗުގެ އިތުރުވަގުތަށް ދެއްކި އަށް މިނިޓް ތެރޭގައި އިންޑިޔާގެ ޑިފެންޑަރު އަންވަރު އަލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގެ ނިމެން ތިން މިނިޓަށްވެފައިވަނިކޮށް އިންޑިޔާ އާއި ކުވޭތުގެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކި އެވެ. އަދި އޭގެ ކުރިން އިންޑިޔާގެ ކޯޗު އިގޯ ސްޓިމަކް އަށް ވެސް ރަތްކާޑު ދައްކައި ފޮނުވާލި އެވެ. މިއީ މި މުބާރާތުގައި އޭނާ އަށް ރެފްރީން ކާޑު ދައްކަން ޖެހުނު ދެ ވަނަ މެޗެވެ.

މިއާއެކު ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ ކުވޭތެވެ. ދެ ވަނަ މަގާމު ލިބުނީ އިންޑިޔާއަށެވެ. މި ގްރޫޕުގެ ތިން ވަނަ ނޭޕާލަށް އަދި ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވެގެން ޕާކިސްތާނެވެ.

ސެމީ ފައިނަލުގައި އިންޑިޔާ ވާދަކުރާނީ މާދަމާ ރާއްޖެ އާއި ލެބަނަން އަދި ބަނގްލަދޭޝް އާއި ބޫޓާން ކުޅޭ މެޗަށް ފަހު ގްރޫޕް ބީން ދެވަނަ އަށްދާ ޓީމަކާ އެވެ. ކުވޭތު ކުޅޭނީ ގްރޫޕް ބީގެ އެއްވަނަ ޓީމާ އެވެ.

ސުނިލް ޗެތްރީ އަކީ ސާފް ޗެމްޕިއަންޝިޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު އަދި ރަންބޫޓު ދެ ފަހަރު ހޯދި އެވެ. މި ފަހަރުގެ މުބާރާތުގައި ވެސް މިހާތަނަށް އެންމެ ގިނަ ގޯލު ޖެހީ އޭނާ އެވެ. އެއީ ފަސް ލަނޑެވެ.

ސާފް ޗެމްޕިއަންޝިޕްއަލީ އަޝްފާގު (ދަގަނޑޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު