Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްކިރުން

މަސްވެރިންނަށް ދިން އާމްދަނީ މިދިޔަ އަހަރަށްވުރެ 160 މިލިއަން އިތުރު

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 659،313،574 ރުފިޔާ ދީފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 27 ޖޫން 2023 | އަންގާރަ 07:41
މަސްވެރިން

މަސްވެރިން

މިފްކޯއިން މިހާތަނަށް މަސްވެރިންނަށް ދިން އާމްދަނީ 160 މިލިއަން ރުފިޔާ އިތުރުވެއްޖެއެވެ.

މިފްކޯއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިމަހުގެ 23ގެ ނިޔަލަށް މިއަހަރު އެކުންފުނިން ވަނީ މަސްވެރިންނަށް 659،313،574 (ހަސަތޭކަ ފަންސާސް ނުވަމިލިއަން ތިންލައްކަ ތޭރަހާސް ފައްސަތޭކަ ހަތްދިހަ ހަތަރެއް) ރުފިޔާ ދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ދީފައިވަނީ 492،209،840 (ހަތަރުސަތޭކަ ނުވަދިހަ ދެމިލިއަން ދެލައްކަ ނުވަހާސް އަށްސަތޭކަ ސާޅީސް) ރުފިޔާއެވެ.

Advertisement - newsAdvertisement

މިފްކޯއިން ބުނީ އެކުންފުންޏަށް މަސް ކިރި މިންވަރުވެސް މިދިޔަ އަހަރަށްވުރެ އިތުރުވެފައިވާކަމަށެވެ. މިގޮތުން މިއަހަރުގެ މިހާތަނަށް 39،601 މެޓްރިކް ޓަނުގެ މަސް ކިރާފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 30 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މިފްކޯއަށް ކިރާފައިވަނީ 30،459 މެޓްރިކް ޓަނުގެ މަހެވެ.

މިފްކޯއިން ވަނީ އެކުންފުނީގެ އެކި ބަނދަރުތަކުން މަސް ކިރި މިންވަރު ހާމަކޮށްފައެވެ. މިގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް 4،844 މެޓްރިކް ޓަނުގެ މަސް ކިރާފައިވެއެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 30،409 މެޓްރިކް ޓަނުގެ މަސް ކިރާފައިވާކަމަށާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 4،348 މެޓްރިކް ޓަނުގެ މަސް ކިރާފައިވާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މަސްވެރިން ބާނާ މަސް ހަމައަގުގައި ގަނެ، އެމީހުންނަށް ދޭންޖެހޭ އުޖޫރަ ހަމައަށް ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި އަހަރަކަށްވުރެ އަހަރެއް މި އުޖޫރަ އިތުރުކުރުމަށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައެވެ.

މިގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް މަސް ކިރާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފްކޯގެ "ޖަޒީރާ 103"ން މަސް ކިރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ބޯޓަކީ 120 މެޓްރިކްޓަނުގެ މަސް ގަނެ ފިނިކުރެވޭނެ ބޯޓެކެވެ. އަދި މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭނެއެވެ.

މަސްވެރިންމިފްކޯމިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު