Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިމެންސް ފުޓްސަލް ޗެލެންޖް

ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް މޮޅެއް

12 ޖުލައި 2017 | ބުދަ 19:40

އަވައެފްޓީ މޮޅުވީ އިކުއެޓޯރިއަލްއާ ވާދަކޮށް 0-12 ގެ ތަފާތުބޮޑު ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 12 ޖުލައި 2017 | ބުދަ 19:40
ޒެނިތް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން

ޒެނިތް އަދި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ވިމެންސް ފުޓްސަލް މުބާރާތުގައި އަވަ އެފްޓީ އާއި ޓީރެކްސް މޮޅެއް ހޯދައިފި އެވެ.

މި މަހުގެ 9 އިން 20 އަށް، ޖުމްލަ 9 ޓީމާއިއެކު ފަށާފައިވާ މި މުބާރާތަކީ، އަންހެންނަށް އަމާޒުކޮށްގެމް އެފްއޭއެމްއިން ބާއްވާ ފުޓްސަލް މުބާރާތެކެވެ. މިއީ މިގޮތަށް ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން އަވައެފްޓީ މޮޅުވީ އިކުއެޓޯރިއަލްއާ ވާދަކޮށް 0-12 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގައި އަވަ އެފްޓީގެ ފަދުވާ ޒާހިރު ފަސް ލަނޑު ކާމިޔާބުކޮށްފައިވާއިރު، މަރިޔަމް މުހައްމަދު ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މީގެއިތުރުން މަރިޔަމް ޒައިނާ އަދި ފާތިމަތު އައިމާ އަލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. އަދި މެޗުގައި އިކުއެޓޯރިއަލްގެ ނަޖްފާ ޝަހީމް ރާޒީ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަވައެފްޓީގެ ފަދުވާ ޒާހިރު އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗު ޒެނިތްއާ ވާދަކޮށް ޓީރެކްސް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓީރެކްސް އިން ކާމިޔާބުކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަރޫޝާ އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އަރޫޝާއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު 1 ގައި 5 ޓީމު ވާދަކުރާއިރު ގުރޫޕް 2 ގައި 4 ޓީމު ވާދަކުރެއެވެ. ގުރޫޕް 1 ގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، އެމްޕީއެލް އާއި، ޕޮލިސް ކުލަބުގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބާއި، އިކުއަޓޯރިއަލް އާއި، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވާ އެފްޓީއެވެ.

ވިމެންސް ފުޓްސަލް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އެފްއޭއެމުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށްވެސް މި މުބާރާތުގައި ނުކުޅެވޭނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
19 މާރިޗު 2017

ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!

19 މާރިޗު 2017
ވެންގާ ގޮތެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާންކުރާނެ!
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް