Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯޓް ފުޓްސަލް

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

މިއަހަރު މުޅިން އަލަށް ދ. އަތޮޅު ވަނީ ބައިވެރިވެފަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2017 | ބުދަ 19:25
އިންޓަރ ރިސޯޓް ފުޓްސަލް ލީގުގައި ބުދަ ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

އިންޓަރ ރިސޯޓް ފުޓްސަލް ލީގުގައި ބުދަ ދުވަހު ކުޅުނު މެޗެއްގެ ތެރެއިން

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ފުރަތަމަ ޒޯނުގެ ކުޅުން ބުދަ ދުވަހު ފަށައިފި އެވެ.

ސައުތު މާލޭ ޒޯން ފިހާޅޮހި އައިލެންޑް ރިސޯޓުގައި ބުދަ ދުވަހު ކުޅުން ފެށިއިރު ދެ މެޗެއް ވަނީ ކުޅެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ ސައުތު މާލެ ޒޯނުގެ ގްރޫޕް "އޭ"ގެ ވެލައްސަރު މޯލްޑިވްސް އާއި ފިހާޅޮހި އެވެ. މި މެޗު ހަތެއް އެކެއްގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވެލައްސަރު މޯލްޑިވްސް އެވެ. މި މެޗުގައި ވެލައްސަރަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހެޓްރިކް ހެދި އަލީ ޝާނިއު އާއި ދެލަނޑު ޖެހި އިބްރާހިމް ސައީދުގެ އިތުރުން ދެލަނޑު ޖެހި މުހައްމަދު އިނާޒެވެ.

މި މެޗުގައި ފިހާޅޮހިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވަޖުދީ އެވެ. މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ސައުތު މާލެ ޒޯނުގެ ގްރޫޕް ބީގެ ކޮމޯ ކޮކޯ އައިލެންޑާއި އަނަންތަރާ މޯލްޑިވްސް އެވެ. މި މެޗު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ކޮމޯ ކޮކޯ އައިލެންޑަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަނީސް އަލީ އާއި މުހައްމަދު ސާހިލްގެ އިތުރުން އަހުމަދު ޝަހީން އެވެ. މެޗުގައި އަނަންތަރާ މޯލްޑިވްސްއިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަލީ ބުޝްރީގެ އިތުރުން އަހުމަދު ހުމައިދެވެ. ހަތަރު ޒޯނުގެ ތެރެއިން ސައުތު މާލެ ޒޯނުގެ ކުޅުން ބުދަ ދުވަހު ފެށިއިރު، މުބާރާތުގެ މެޗުތައް ކުޅޭ އަނެއް ތިން ޒޯނަކީ ނޯތު މާލެ ޒޯނާއި ސައުތު އަރި ޒޯން އަދި ދ. ޒޯނެވެ. މިއަހަރުގެ މުބާރާތުގައި 26 ރިސޯޓަކުން ވާދަކުރާއިރު މުބާރާތުގެ މެޗުތައް ހަތަރު ޒޯންގައި ކުރިޔަށްދާނެ އެވެ.

ސައުތު މާލެ ޒޯންގައި ވާދަކުރާ ހަތް ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފަ އެވެ. އެގޮތުން ގްރޫޕް "އޭ" ގައި ހިމެނެނީ ވެލައްސަރު މޯލްޑިވްސް އާއި އޮޅުވެލި ބީޗް ރިސޯޓް އެންޑް ސްޕާ އާއި ޖުމެއިރާ ވިޓަވެލި އަދި ފިހާޅޮހި އެވެ.

ގްރޫޕް "ބީ" ގައި ހިމެނެނީ ކޮމޯ ކޮކޯ އައިލެންޑާއި އަނަންތަރާ މޯލްޑިވްސް އާއި ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް އެވެ.

އެންމެ ގިނަ ޓީމުތައް ވާދަކުރާ ނޯތު މާލެ ޒޯންގައި ނުވަ ޓީމު ވާދަކުރާ އިރު ގްރޫޕް "އޭ" ގައި ހިމެނެނީ ކޮކޯ ބޮޑު ހިއްޗާއި ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ އާއި ކުރުނބާ މޯލްޑިވްސް އާއި ބަރޮސް މޯލްޑިވްސް އަދި ވަންއެންއޮންލީ ރީތި ރަށެވެ.

ގްރޫޕް "ބީ" ގައި ހިމެނެނީ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ސެންޓާރާ ރަސްފުށި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ފޯސީޒަން ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާ އަދި ޕާކުއަމް ހުވަފެންފުއްޓެވެ. މި ޒޯންގެ ކުޅުން ކުރިއަށްދާނީ ރީތިރަށުގަ އެވެ.

ނޯތު އަރި ޒޯންގައި ހަ ރިސޯޓް ވާދަކުރާއިރު ގްރޫޕް "އޭ" ގައި ހިމެނެނީ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އާއި ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

ގްރޫޕް "ބީ" ގައި ހިމެނެނީ ލަކްސް ސައުތު އަރިއެޓޯލް އާއި އަންގާގާ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ އެވެ. އެންމެ ފަހުން ކުޅުން ފެށުމަށް ހަމަޖެހިފައިވާ ސައުތު އަރި ޒޯންގެ މެޗުތައް ކުރިޔަށްދާނީ ކޮންރަޑްގަ އެވެ.

މިއަހަރު މުޅިން އަލަށް ބައިވެރިވެފައިވާ ޒޯނަކީ ދ. އަތޮޅު ޒޯނެވެ. އެގޮތުން ދ. ޒޯންގައި ބައިވެރިވެފައި ވަނީ ޕާކުއަމް ނިޔާމަ އާއި ޑި-އެސްޓީ. ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް އާއި އާވީ ނޭޗަސް ޕެރަޑައިސް އާއި ކަނޑިމާ މޯލްޑިވްސް އެވެ. މި ޒޯންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ނިޔާމައިގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު