Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިސޯޓް ފުޓްސަލް

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

މި ހަފްތާ ތެރޭގައި ރިސޯޓް ފުޓްސަލް ލީގުގެ ކަންތައް އިއުލާންކުރާނަން: ބައްސާމް

ލީވާން އަލީ
ލީވާން އަލީ | 10 އެޕްރީލު 2017 | ހޯމަ 12:57
އިންޓަ ރިސޯޓް ފުޓްސަލް ލީގުގެ ތެރެއިން

އިންޓަ ރިސޯޓް ފުޓްސަލް ލީގުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާލުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިން މި އަހަރު ފުޓްސަލް ފަށައިގަންނާނެ ކަމަށާއި، އެގޮތުން އެންމެ ފުރަތަމަ އެފްއޭއެމް އިން ރިސޯޓް ފުޓްސަލް ލީގެއް ބާއްވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، މި ހަފްތާ ތެރޭގައި ރިސޯޓް ފުޓްސަލް ލީގުގެ ކަންތައް އިއުލާންކުރެވިގެންދާނެ ކަމަށާއި، މިއާއެކު ފުޓްސަލް ގަވައިދުތަކެއްވެސް ހެދިގެންދާނެ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ފުޓުބޯޅަ ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް ނުކުޅެވޭނެފަދަ ގަވައިދެއްވެސް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ ގަވައިދުގެ ދަށުން ކުޅުންތެރިން ކޮންމެވެސް އެކައްޗެއް ޗޫޒްކުރަން ޖެހޭ ކަމަށެވެ.

މާލޭ ލީގު ކުރިޔަށްދާއިރު، މިހާރުވެސް ބައެއް ފުޓްސަލް މުބާރާތްތައް ދަނީ ކުރިޔަށެވެ. އެގޮތުން އެ މުބާރާތްތަކުގައި ލީގުގައި ކުޅޭ ކުޅުންތެރިން ކުޅުމުން އެ ކްލަބްތަކަށް ގެއްލުންވަމުންދާތީ އެ ކްލަބްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވެލެންސިއާ އަދި ނިއުރޭޑިއަންޓް މާލޭ ލީގުގައި އެންމެ ފަހުން ބައްދަލުކުރި މެޗުގައި ފުޓްސަލް ކުޅެގެން އަނިޔާވެގެން ވެލެންސިއާގެ ހަތަރު ކުޅުންތެރިންނަށް ނުކުޅެވޭ ކަމަށް ބުނެ އެ ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެފްއޭއެމް އިން މިކަމަށް ހައްލެއް ހޯދައިދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު