Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން ފެށުން

ކުށްވެރިންގެ ފައިގައި އަލުން ޓެގު އަޅުވަން ފަށައިފި

އެންމެ ފުރަތަމަ ޓެގު އަޅުވާފައިވަނީ، ރިލްވާނާއި ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އަހްމަދު އިސްމާއީލުގެ ފައިގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 02:59
މީހެއްގެ ފައިގައި ޓެގު އަޅުވާފައި

މީހެއްގެ ފައިގައި ޓެގު އަޅުވާފައި

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ކުށްވެރިންގެ ފައިގައި އެންކަލް ބްރެސްލެޓް (ޓެގު) އަޅުވަން އަލުން ފަށައިފިއެވެ.

މިކަން ހާމަކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖިނާއީ އަދުލުގެ ބޭނުމަށްޓަކައި މީހުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ފުލުހުންގެކިބައިގައި ގާއިމުކޮށް، ކޯޓު އަމުރެއްގެ ދަށުން ޓެގު ބޭނުންކުރަންފެށީ ހުކުރު ދުވަހު ކަމަށެވެ. އަދި އަލުން މި ޓެގު އަޅުވަން ފަށާފައިވާއިރު، ކުރިން ދިމާވި އިދާރީ އަދި ތަންފީޒީ ދަތިތައް މިފަހަރު ދިމާނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މޮނިކޮން އަމުރުގެ ދަށުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވިއެވެ. މިއީ ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމަށްފަހު އެ މީހުންގެ އުޅުން މޮނިޓަރކުރުމުގެ ބޭނުމުގައި ފެށި ކަމެކެވެ.

އިމްރާން ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ޓެގު އެޅުވުމުގެ ނިޒާމު މިއަދު ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންކަމުގައި ވީނަމަވެސް، ސަރުކާރުގެ އަމާޒަކީ އަދުލުގެ ނިޒާމުގައި "މޮނިކޮން" ބޭނުންކުރެވޭނެ އިތުރު އިޖުރާއާތުތައް ތައާރަފުކުރުން ކަމަށެވެ. އަދި، ޖަލުގައި މީހުން ބަންދުކުރެވޭ މިންވަރު މަދުކުރުމަކީވެސް މި ނިޒާމުގެ ބޭނުމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނުދަށުން, ކުށްވެރިންގެ ފައިގައި ޓެގު އެޅުވޭނީ ހައި ކޯޓުން ނެރޭ އަމުރަކާއެކުގައެވެ. އެ އަމުރު ނެރުމަށް ހައި ކޯޓުގައި އެދޭނީ، ފުލުހުން ހޯމް މިނިސްޓަރަށް ދެންނެވުމުން މިނިސްޓަރު ނިންމަވާ ގޮތެއްގެ މަތީންނެވެ.

ކުށްވެރިންގެ ފައިގައި އަލުން ޓެގު އަޅުވަން ފަށާފައިވާއިރު، އެންމެ ފުރަތަމަ ޓެގު އަޅުވާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރ ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ ތެރެއިން ބަންދުން ދޫކޮށްލި، އަހްމަދު އިސްމާއީލުގެ ފައިގައެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދައުވާއެވެ.

މޮނިކޮންހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

މުޅި އުންމަތް އެއްބައިވެ އެކަތިގަނޑަކަށްވާންވީ ވަގުތު މިއޮތީ ޖެހިފަ - އިމްރާން

10 އޮކްޓޯބަރު 2023
އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ

06 އޮކްޓޯބަރު 2023
އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

އިދިކޮޅު ފަރާތްތަކުން ވަނީ ވެރިކަން ލިބިއްޖެނަމަ ފުރަތަމަ މަސް ތެރޭގައި ވެސް ޖަލަށް ލާނެ މީހުންގެ ލިސްޓެއް ހަދާފައި - އިމްރާން

17 ސެޕްޓެމްބަރު 2023
ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

ކޯލިޝަން މަޝްވަރާއަށް ރައީސް، ގާސިމް އަރިހަށް

13 ސެޕްޓެމްބަރު 2023
ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

ރައީސް ޞާލިހަކީ ރާއްޖޭގައި ހުރި ސިޔާސީ ތަޖުރިބާ އެންމެ ވަރުގަދަ ބެފުޅާ - އިމްރާން

01 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު