Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޮޑެލް ކްރިތިކާ

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

ކްރިތިކާ މަރާލާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 12 ޖުލައި 2017 | ބުދަ 17:48
މޮޑެލް ކްރިތިކާ

މޮޑެލް ކްރިތިކާ

ބޮލީވުޑްގެ އެކްޓްރެސް އަދި މޮޑެލް ކްރިތިކާ ޗައުދަރީ މަރާލާފައިވަނީ އޭނާ ގަނެފައިވާ ޑްރަގްތަކަށް ފައިސާ ނުދައްކައިގެން ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

ކްރިތިކާ މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކުނިވެފައި އޮއްވައެވެ. ފުލުހުންނަށް ކްރިތިކާގެ ކުނިވެފައިވާ ހަށިގަނޑު ފެނިފައިވަނީ އޭނާގެ އެޕާޓްމަންޓުން ކުނިވަސް ދުވާތީ ފުލުހުންނަށް ގުޅުމުން ފުލުހުންގޮސް އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށް ވަނުމުންނެވެ.

އިންޑިއާގެ ފުލުހުން ބުނީ ކްރިތިކާގެ މަރުގެ ތަހުގީގު ކުރުމުން އެނގުނީ އޭނާ މަރާލާފައިވަނީ ގަނެފައިވާ ޑްރަގްތަކަށް ފައިސާ ނުދެއްކުމުން ކަމަށެވެ. އެގޮތުން 6000 ރުޕީސްއަށް ކްރިތިކާ ޑްރަގް ގަނެފައިވާކަމަށާއި އޭނާ މަރާލީ އެ ފައިސާ ނުދެއްކުމުންކަމަށް މަރުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ބުނެފައިވާ ކަމަށެވެ.

އަދި ކްރިތިކާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުންވެސް އޭނާ މަރާލިކަމަށް އެއްބަސްވި އިރު، އޭނާ މަރާލުމަށްފަހު ގަހަނާތައް ގެންދިޔަކަމަށް އިއުތިރާފްވެފައިވާކަމަށް އިންޑިއާގެ ފުލުހުން ބުނެފައި ވެއެވެ.

ކްރިތިކާގެ މަރުގެ މައްސަލާގައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައި ވަނީ ޝަކީލް ޚާންއާއި ބާސޫ ދާސް ކިޔާ ދެ މީހެކެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2019

ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި!

11 އޯގަސްޓު 2019
ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި!
19 މާރިޗު 2019

ނައިޖީރިއާގެ 5 އަހަރުގެ މި މޮޑެލް އިންޓަނެޓް ފްލަޑްކޮށްލައިފި

19 މާރިޗު 2019
ނައިޖީރިއާގެ 5 އަހަރުގެ މި މޮޑެލް އިންޓަނެޓް ފްލަޑްކޮށްލައިފި
25 އޯގަސްޓު 2018

ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!

25 އޯގަސްޓު 2018
ޝާހިދު ކަޕޫރުގެ ތުއްތު ދަރިފުޅު މޮޑެލްކުރުމާ މެދު ޝާހިދުގެ ޖަވާބަކީ މިއީ!
07 އޯގަސްޓު 2018

އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި

07 އޯގަސްޓު 2018
އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި
09 ޖުލައި 2018

ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި

09 ޖުލައި 2018
ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު