Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމޮޑެލިން

ނައިޖީރިއާގެ 5 އަހަރުގެ މި މޮޑެލް އިންޓަނެޓް ފްލަޑްކޮށްލައިފި

މޮޑެލިންގެ ދާއިރާއިން ތިންބެއިންނަށް ގިނަ ހުށައެޅުންތައް ދަނީ ލިބެމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 މާރިޗު 2019 | އަންގާރަ 06:28
5 އަހަރުގެ މޮޑެލް ޖެއަރ

5 އަހަރުގެ މޮޑެލް ޖެއަރ

ނައިޖީރިއާގެ އުރުން އެންމެ ފަސް އަހަރުގެ މޮޑެލް ޖެއަރ މުޅި އިންޓަނެޓް ފްލަޑްކޮށްލައިފިއެވެ.

ވެޑިންގ ފޮޓޯގްރާފަރއެއް ކަމަށްވާ މޯފޭ ބަމުޔިވާ ނެގި ޖެއަރގެ މޮޑެލިންގ ފޮޓޯތައް އިންސްޓަރގްރަމްގައި ޕޯސްޓްކޮށްލުމާ އެކު އެތައް ހާސްބަޔަކު ކަޅު ނަސްލުގެ މި ކުއްޖާގެ ފޮޓޯތަކަށް ލައިކްދީ ފޮލޯކުރަން ފެށިއެވެ.

"މީ ދުނިޔޭގައި ހުރި އެންމެ ރީތި ކުއްޖާ. މީ އޭންޖަލްއެއް" އެތައް ބަޔަކު ކުރި ކޮމެންޓްގައި ވެއެވެ.

މިއީ ދުނިޔޭގައި ހުރި އެންމެ ރީތި ކުޑަ ކުއްޖާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން

އިންސްޓަގްރާމްގައި "ޖޭ3 ސިސްޓަރސް" ގެ ނަމުގައި ވާ އައިޑީގައި ޖެއަރގެ އެއްބަނޑު އެއްބަފާ ދެ ދައްތައެއްގެ މޮޑެލިންގ ފޮޓޯތައް ވެސް ހިމެނެއެވެ. އެ ކުންދިންނަކީ ވެސް ވަރަށް މޮޅަށް މޮޑެލްކުރާ ކުދިން ކަމަށް ފޮޓޯގްރާފަރ މޯފޭ ބަމުޔިވާ ބުނެއެވެ. އަދި އެ ކުދިންނަކީ މޮޑެލިންގައި ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ކުދިންކޮޅެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ޖޭ3 ސިސްޓަރސް"

"ޖެއަރގެ މި ފޮޓޯތަކަށް މިހާ ބޮޑު ތަރުހީބެއް ލިބުނީ ހަމަ ހަގީގަތުގައި ވެސް އެ ކުއްޖާ ލޯބިކަމުން. އެކަމު މިހާވަރު ވާނެ ކަމަށް ހީވެސް ނުކުރަން. ހައިރާންވެއްޖެ. ފޮޓޯ ނެގުމުގައި އެތައް އަހަރެއްވެއްޖެ. މިވަރުކަމެއް ނުދެކެން،" ފޮޓޯގްރާފަރ މޯފޭ ބަމުޔިވާ ބުންޏެވެ.

ޖެއަރ

"ޖޭ3 ސިސްޓަރސް" ފޮލޯކުރާ 131000 (އެއްލައްކަ އެއްތިރީސް ހާސް) ފޮލޯވާސް ތިބިއިރު، މޮޑެލިންގެ ދާއިރާ އިން އެ ތިންބެއިންނަށް ގިނަ ހުށައެޅުންތައް ދަނީ ލިބެމުންނެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
12 ޖުލައި 2017

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

12 ޖުލައި 2017
މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު