Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކެޓީ ޕްރައިސް

މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ބަރަހަނާ ފޮޓޯތަކެއް އާއްމު ކޮށްފި

ނިވާކަން ކުޑަ ގިނަ ފޮޓޯތަކެއް ކެޓީގެ އިންސަޓަގްރާމްގައި ވަނީ އާއްމު ކޮށްފައި

ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 16:51
ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ނިވާކަން ކުޑަ ފޮޓޯތައް އާއްމު ކުރުމުން ބޭރުގެ މީޑިއާއިން ދަނީ ފާޑު ކިޔަމުން

ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ނިވާކަން ކުޑަ ފޮޓޯތައް އާއްމު ކުރުމުން ބޭރުގެ މީޑިއާއިން ދަނީ ފާޑު ކިޔަމުން

ކުރީގެ މަޝްހޫރު މޮޑެލް ކެޓީ ޕްރައިސް ބަރަހަނާ ކޮށް ރާއްޖޭގައި އުޅޭކަން ބޭރުގެ މީޑިއާ އިން ފާހަގަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު މިރަރ ނޫހުގައި ބުނެފައިވަނީ، ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަ ކުރަމުންދާ ކެޓީ ރާއްޖޭގެ ގާނޫނު ހުއްދަ ނުކުރާ ވަރަށް ނިވާކަން ކުޑަކޮށް ނަގާފައިވާ ފޮޓޯތަކެއް ހާމަވެފައިވާ ކަމަށެވެ.

ފޮޓޯތައް ހާމަކޮށްފައިވަނީ ކެޓީގެ އިންސްޓަގްރާމް އެކައުންޓްގައެވެ.

ކެޓީ ޕްރައިސް ޗުއްޓީ ހޭދަކުރަމުންދަނީ ފިރިމީހާއާއި އޭނާގެ ފަސް ކުދިންނާއެކު ރާއްޖޭގެ ރިސޯޓެއްގައި ކަމަށް ނޫހުގައި ބުނެފައިވީނަމަވެސް އެއީ ކޮން ރިސޯޓެއް ކަމެއް ނޫހުގައި ހާމަކޮށްފައެއް ނުވެއެވެ.

މިރަރ ނޫހުގައި ބުނެފައިވަނީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، ހަރުކަށި ގާނޫނުތަކުގެ ތެރެއިން، ފަތުރުވެރިންވެސް ނިވާކަން ކުޑަކޮށް ރާއްޖެއަށް ޒިޔާރަތް ކުރާ އިރު އުޅުމަކީ މަނާ ކަމެއް ކަމަށެވެ.

އިތުރަށް ނޫހުގައި ބުނެފައިވަނީ އާއްމު ތަންތާގައި ގައިގޯޅިވެ އުޅުމަކީ ވެސް ރާއްޖޭގައި ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

މިރަރ ގައި ބުނެފައިވަނީ، ހަށިގަނޑުގެ މޭމަތި ހާމަކޮށްގެން ކެޓީ ޕްރައިސް ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާ ބެހޭ ގޮތުން ކެޓީގެ ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ.

މިރަރ އިން މި ޚަބަރު ޖަހާފައިވާއިރު، ރާއްޖޭގައި ނަގާފައިވާ ކެޓީ ޕްރައިސްގެ ނިވާކަން ކުޑަ ގިނަ ފޮޓޯތަކެއްވެސް ހިމަނާފައިވެއެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2017

މަޝްހޫރު އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ

01 އޯގަސްޓު 2017
މަޝްހޫރު އެކްޓަރު ސޭމް ޝެފާޑް މަރުވެއްޖެ
12 ޖުލައި 2017

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

12 ޖުލައި 2017
މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް
29 މެއި 2017

އަޖޭ އާއި އާއިލާ ރާއްޖޭގައި

29 މެއި 2017
އަޖޭ އާއި އާއިލާ ރާއްޖޭގައި
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
11 މެއި 2017

ޖަސްޓިން ބީބާ ރާއްޖޭގައި؟

11 މެއި 2017
ޖަސްޓިން ބީބާ ރާއްޖޭގައި؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު