Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމެލްބަން ފެޝަން ފެސްޓިވަލް

އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި

މޮޑެލް ލޮއު ކެނީއަށް ވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 އޯގަސްޓު 2018 | އަންގާރަ 16:16
އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ

އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ

އޮސްޓްރޭލިޔާގައި ބާއްވާ އެންމެ ބޮޑު ފެޝަން ޝޯވްގައި އުމުރުން ދުވަސްވީ މޮޑެލްއަކު ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

އުމުރަކީ ހަމަ އެކަނި ނަންބަރެއް ކަމަށް ގިނަ ބަޔަކު ބުނާ ވާހަކަ ތެދެއް ކަމަށް ދައްކުވައިދެމުން 58 އަހަރުގެ އޮސްޓްރޭލިއަން މޮޑެލް ލޮއު ކެނީ ވަނީ ރަންވޭގައި އޭނާގެ ހުނަރު ދައްކާލައި އެންމެ ހައިރާންކޮށްލުވާފައެވެ.

ވާރޖިން އޮސްޓްރޭލިޔާ މެލްބަން ފެޝަން ފެސްޓިވަލްގައި މޮޑެލް ލޮއު ކެނީ ދައްކުވައިދިނީ ލޭބަލް އަލްބަސް ލޫމެންގެ އަތް ދިގު ޓޮޕަކީ ކަޅު ކުލައިގެ ސްކާޓެކެވެ. އަދި ލޮއު ކެނީގެ ބޮލުގައި ކޮންމެ ވެސް ވަރަކަށް ހުދު ކުލަ ހުރުމާ އެކު މި ޑިޒައިން ވެގެންދިޔައީ މުޅި ޝޯވް ބަލަން ގޮސް ތިބި އެންމެންގެ ހިތް އަތުލައިގަތް ޑިޒައިން އަކަށެވެ.

ޑިޒައިނާރ ކްރިސްޓޮފަރ އެސްބަރގެ މި ޑިޒައިންއަށް ގިނަ ބަޔަކު ތައުރީފްކޮށްފައިވާއިރު، ރޯޔަލް އެގްޒިބިޝަން ބިލްޑިންގައި ބޭއްވި މިޝޯވްގައި އެންމެ ބޮޑު ތަރުހީބެއް ލިބުނީ 58 އަހަރުގެ މޮޑެލް ލޮއު ކެނީއަށެވެ.

ވާރޖިން އޮސްޓްރޭލިޔާ މެލްބަން ފެޝަން ފެސްޓިވަލްއަކީ ގިނަ އަދަދެއްގެ ފެޝަން ލޭބަލްސް އެއްތަނަކުން ފެނިގެންދާ ފެސްޓިވަލަކަށްވާ އިރު، ގިނަ އަދަދެއްގެ ޑިޒައިނަރުންގެ ތަފާތު ގިނަ ބްރޭންޑް ވެސް ފެނިގެންދެއެވެ. އަދި މި ފެސްޓިވަލްގައި މަދުން ނަމަވެސް އުމުރުން ދުވަސްވީ ކުރީގެ މޮޑެލުން އެކި ކެމްޕެއިންތައް ޕްރޮމޯޓް ކުރުމަށް ބައިވެރިވެފައި ވެއެވެ.

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި

09 އޯގަސްޓު 2017
"ޖަބް ހެރީ މެޓް ސޭޖަލް" އަށް ފަހު ޕްރީތަމް ދޮޅުއަހަރުގެ ބްރޭކެއް ނަގައިފި
21 ޖުލައި 2017

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
06 ޖުލައި 2017

16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި

06 ޖުލައި 2017
16 އަހަރުގެ ފިރިހެން ކުއްޖަކު 71 އަހަރުގެ އަންހެނަކާ އިންޑޮނީޝިއާގައި ކައިވެނި ކޮށްފި
07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
04 މެއި 2017

"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި

04 މެއި 2017
"ބާގީ 2" އަންނަ އަހަރުގެ އެޕްރީލްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު