Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކައިލީ ޖެނަރ

ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރު ވެދާނެތީ ބިރުގަތް ކަމަށް ކައިލީ ޖެނަރ ބުނެފި

ކައިލީ ވިހާފައިވަނީ 1 ފެބްރުއަރީގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 9 ޖުލައި 2018 | ހޯމަ 07:15
ކައިލީ ޖެނަރއާއި ދަރިފުޅު ސްޓޯމީ ވެބްސްޓަރ

ކައިލީ ޖެނަރއާއި ދަރިފުޅު ސްޓޯމީ ވެބްސްޓަރ

މި އަހަރުގެ ފެބްރުއަރީ މަހު އޭނާގެ ފުރަތަމަ ދަރިފުޅަށް މަރުހަބާކީ އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނަރ ބުނީ ދަރިފުޅުގެ ތުންފަތް އޭނާގެ 'އަސްލު' ތުންފަތާ ވައްތަރުވެދާނެތީ ހާސްވި ކަމަށެވެ.

ކައިލީ މިހެން ބުނެފައިވަނީ އޭނާގެ ބެސްޓްފްރެންޑް ޖޯޑިން ވުޑްސްއާއެކު ހުކުރު ދުވަހު ޔޫޓިއުބްއަށް އަޕްލޯޑްކޮށްފައިވާ "ކިއު އެންޑް އޭ" ވީޑިއޯއެއްގައެވެ.

ދަރިފުޅު ސްޓޯމީގެ ވާހަކަ ދައްކަމުން ކައިލީ ބުނީ ދަރިފުޅަށް "އަހަރެންގެ ލޯ ލިބޭތޯ ވަރަށް ދުއާ ކުރިން"ކަމަށެވެ. އަދި ސްޓޯމީއަށް އޭނާގެ ލޮލުގެ އިތުރުން ކަންފަތާއި، ނޭފަތާއި ނިތްކުރި ލިބިފައިވާ ކަމަށް ކައިލީ މި ވީޑިއޯގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ދަރިފުޅުގެ ތުންފަތް އޭނާގެ "އަސްލު" ތުންފަތާ ވައްތަރުވެދާނެ ކަމަށް ވަރަށް ކަންބޮޑުވިކަން ވެސް އޭނާ ހާމަ ކުރިއެވެ.

ކައިލީ ކުޑަ އިރުއްސުރެ އޭނާގެ ތުންފަތާ މެދު އުނދަގޫތަކެއްވި ކަން އޭނާ ހާމަކޮށްފައިވެއެވެ. 2013 ވަނަ އަހަރުން ފަށައިގެން އޭނާ ތުންފަތް ހެދި، ނުވަތަ ލިޕް ފިލަރސް އިންޖެކްޓް ކުރި ކަމުގެ ހަބަރުތައް ފެތުރެން ފެށިއެވެ. އެ ހަބަރުތައް ދޮގު ކުރަމުން ދިޔަ ކައިލީ އެކަމަށް ފުރަތަމަ އެއްބަސްވީ 2015 ވަނަ އަހަރެވެ. އޭރު ކައިލީއަށް އެންމެ 18 އަހަރު ވުމުން، އޭނާގެ މަންމަ ކްރިސް ޖެނަރއަށް ގިނަ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެފައެވެ.

"ސްޓޯމީއަށް ލިބިފައިވަނީ މުޅި ދުނިޔޭގެ ވެސް އެންމެ ފުރިހަމަ ތުންފަތް. އެއީ އަހަރެންގެ ފަރާތަކުނެއް ނޫން. އެކަމަށް (ސްޓޯމީގެ) ބައްޕައަށް ޝުކުރު އަދާ ކުރަން ޖެހޭނީ،" ކައިލީ ކިޔައިދިނެވެ.

ކައިލީއާއި ލޯބިވެރިޔާ ޓްރެވިސް ސްކޮޓް ރަށްޓެހިވެފައިވަނީ 2017 ވަނަ އަހަރެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ކައިލީ ބަލިވެއިން ކަމުގެ ރިޕޯޓްތައް ފެތުރެން ފެށިއެވެ. މިއިން އެއްވެސް ރިޕޯޓެއް އެ މީހުން ކަށަވަރުކޮށްދީފައި ނުވާއިރު، އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިވަނީ ސްޓޯމީ ވިހެއުމަށް ފަހުއެވެ. އަދި ކައިލީ މަންމައަކަށްވިކަން ހާމަ ކުރަން ފުރަތަމަ ރިލީޒް ކުރީ ވީޑިއޯއެކެވެ. 1 ފެބްރުއަރީގައި ސްޓޯމީ ވިހާފައިވާ އިރު، އޭގެ ތިން ދުވަސް ފަހުން ނެރުނު މި ވީޑިއޯގައި ކައިލީ ބަލިވެއިން ދުވަސްތަކުން ފަށައިގެން ސްޓޯމީ ވިހެއުމާ ހަމައަށް މަންޒަރުތައް ފެނެއެވެ.

ކައިލީއާއި އޭނާގެ އާއިލާގެ ރިއަލިޓީ ޝޯވ "ކީޕިންތ އަޕް ވިތު ދަ ކާޑޭޝިއަންސް"ހެ ސީޒަން 15 އަންނަ މަހު ފަށާއިރު، މި ސީޒަންގައި ކައިލީ ބަލިވެ އިން އިރު ފެންނާނެކަމަށް ރިޕޯޓްތަކުން ބުނެއެވެ. މި ޝޯވ 2007 ވަނަ އަހަރު ފަށާފައިވާ އިރު، އޭރު ކައިލީގެ އުމުރުން އެންމެ 10 އަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

ޕީސީއަށް ފާޑުކިޔުމުން އެންމެ ފަހުން އޭނާގެ މަންމަ ރައްދު ދީފި

06 ޖުލައި 2017
ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

ސަޗިން ބޭނުންވީ އޭނާގެ ރޯލު އާމިރު ކުޅެން

15 މެއި 2017
ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ސޯނޫ ނިގަމްއަށް ކީ ފާޑު ކިޔުންތަކާއެކު އޭނާގެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

19 އެޕްރީލު 2017
ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

ރިތިކް އޭނާގެ ބައޮގްރާފީ ލިޔަނީތަ؟

27 މާރިޗު 2017
ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

ނަޗްބަލިޔޭ8: އެންމެ އަގުބޮޑު ޖޯޑަކަށް ބާރްތީ ސިންގ އާއި އޭނާގެ ލޯބިވެރިޔާ!

23 މާރިޗު 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު