Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ކިމް އަތުން ފޭރުނީ ފުލުހުންގެ ޔުނީފޯމް އަޅައިގެން ތިބި ބައެއް

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 20 މާރިޗު 2017 | ހޯމަ 10:43
"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ސީޒަން 13ގައި ދެވަނަ އެޕިސޯޑްގެ ތެރެއިން

"ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ސީޒަން 13ގައި ދެވަނަ އެޕިސޯޑްގެ ތެރެއިން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޕެރިހުގައި އޭނާއަށް ބިރު ދެއްކުމަށް ފަހު ފޭރިގަތް ހާދިސާއާ ގުޅިގެން މަޝްހޫރު ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން ބުނީ އެމީހުން އޭނާ ރޭޕްކޮށްފާނެކަމުގެ ބިރު އެވަގުތު އޮޮތް ކަމަށެވެ.

ކިމް މިހެން ހާމަކޮށްފައިވަނީ އާދިއްތަ ދުވަހު އީ ނެޓްވަރކުން ދެއްކި "ކީޕިންގ އަޕް ވިތު ދަ ކާޑޭޝިއަންސް" ސީރީޒްގެ 13 ވަނަ ސީޒަންގެ ދެވަނަ އެޕިސޯޑްގައެވެ.

  • އޮކްޓޯބަރ މަހު، ޕެރިސް ފެޝަން ވީކް ބެލުމަށް ކިމް ފްރާންސަށް ކުރި ދަތުރުގައި، އޭނާ ހުރި ހޮޓަލް ރޫމަށް ފުލުހުންގެ ޔުނިފޯމް އަޅައިގެން ތިބި ބަޔަކު ވަދެ، ކިމް ބަނުމަށް ފަހު އެތައް މިލިއަން ޑޮލަރުގެ ގަހަނާވަނީ ވަގަށް ނަގާފައެވެ. އަދި ކިމްއާ ދިމާލަށް ބަޑި ދިއްކޮށް ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތަކުގައި ވެއެވެ.
"މިހާރު ވިސްނާލާއިރު ގަބޫލުކުރެވެނީ މުޅި ދަތުރުގައި ގްރޫޕެއް އަހަރަމެން ފޮލޯ ކުރިކަމަށް. އަހަރެން ދިޔައީ ގޭގައި އެކަނި ހުރިކަން ސްނެޕްޗެޓް ކުރަމުން، އެހެންވީމަ ޕެސްކަލް (ޑްރައިވަރ) ކޯޓްނީއާ އެކު ގޮސް، އަހަރެން އެކަނި ގޭގާއި ހުރިކަން އެމީހުންނަށް އެނގުނީމަ ފުރުސަތު ލިބުނީ،" ކިމް އޭނާގެ ދައްތަ ކޯޓްނީ އާއި ކޮއްކޮ ކްލޯއީއަށް ކިޔައިދޭ މަންޒަރު އެޕިސޯޑުން ފެނެއެވެ.

އެނދުގައި އޮއްވާ ސިޑިން އަރާ އަޑު އިވިގެން ގޮވާލުމުން ޖަވާބެއް ނުލިބުމުން "ވަރަށް ހާސްވި"ކަން ފާހަގަކޮށް ކިމް ބުނީ، "ކަމެއް ގޯސްކަން އެވަގުތު އެނގުނު"ކަމަށެވެ.

ދެން އެހެން ފިރިހެނެއް ބިޑި އަޅުވާފަ ހުރި ފުލުސް ޔުނިފޯމްގައި ހުރި ދެ މީހުން ފެނުނު ކަމަށާއި، ބިޑި އަޅުވާފައި ހުރީ ހޮޓެލްގެ ތިރީގައި މަސައްކަތްކުރާ ކޮންސިއާޖް ކަމަށް ކިމް ބުންޏެވެ.

"ފަހުން އޭނާއާ ވާހަކަ ދެއްކީމަ އަހަރެންނަށް އެނގުނީ އެ މީހުން އައިސް ރޭޕް ކުރާ މީހާގެ އަންހެނުން ކޮބައިތޯ އަހާ ކޮޓަރިއަށް ގެންދިއުމަށް އަމުރު ކުރި. އަދި ދެ ފަރާތުގެ ވާހަކަ ތަރުޖަމާކޮށްދިނީ އޭނާ، އަހަންނަށް ފަރަންސޭސި ބަހެއް ނޭނގެ، އަދި އެމީހުންނަށް އަހަރެން ކިޔާ އެއްޗެއް ނޭނގޭ،" ކިމް ބުނެއެވެ.

އަދި މޭޒު މަތީ އޭނާގެ އަނގޮޓި ފެންނަން އޮތް ކަމަށާއި އޭތި އެމީހުންނަށް ދިނުމަށް ކޮންސިއަޖް ބުނި ކަމަށް ވެސް ކިމް ބުންޏެވެ. އެއަށް ފަހު އޭނާ ދަމާ ހޯލްވޭއަށް ގެންދިޔަ ކަމަށާއި "އެ މީހުން އަތުގައި ހަތިޔާރު ހުރިކަން އެނގުނީ އެވަގުތު" ކަމަށް ވެސް ކިމް ބުންޏެވެ.

  • އެތަނުން ސަލާމަތް ވާނެ ގޮތެއް ނެތް ކަމަށް ކިމް ބުުންޏެވެ.

ކިމް ބުނީ ދެން އަނބުރާ ކޮޓަރިއަށް ގެންދިޔަ ކަމަށާއި، އޭނާއަކީ މަންމައެއް ކަމާއި ގޭގާއި ކުޑަ ކުދިން ތިބިކަން ކިޔައިދުނުމަށް އާދޭސްކުރަމުން ދިޔަ ކަމަށެވެ.

މީގެ އިތުރުން، ކިމް ބުނީ ހަޅޭއްލެވުން ހުއްޓުވުމަށް އޭނާގެ އަނގަ މަތީ ޓޭޕް އެޅިކަމަށާއި، އެއަށް ފަހު ފައިގައި ހިފުމަށް ފަހު ދަމައިގަތްކަމަށެވެ.

"އަހަރެން ހިތައް އެރީ، އާނ މި އަހަރެން ރޭޕް ކުރަނީ، ނަފްސާނީ ގޮތުން ތައްޔާރު ވިން..އެކަމަކު ނުކުރޭ،" ކިމް ބުންޏެވެ. އޭގެ ބަދަލުގައި ފައިގަައި ޓޭޕް އަޅާ، ބޮލުގައި ބަޑި ޖެއްސިކަމަށް ކިމް ކިޔައިދެއެވެ.

ދެން މަރުވާން ތައްޔާރުވިކަމަށާއި، އެވަގުތު އާއިލާއާއި ފިރިމީހާއާއި މަންމަ މަތިން ހިތައްއެރިކަމަށް ކިމް ބުންޏެވެ. އޭނާގެ ގަހަނާ ކޮޅު ހިފައިގެން، އޭނާ ބާތްޓަބަށް ލާފައި އެމީހުން ދިޔައީ ކަމަށް ކިމް ބުންޏެވެ. އަދި އެމީހުން ހުރިހާ އެއްޗެއް ހިފައިގެން ފިލިތާ މާ ގިނަ އިރުތަކެއް ނުވަނީ ޕަސްކެލް އަނބުރާ އައި ކަމަށާއި، އައިސް ފުލުހުންނަށް ގުޅިކަމަށް ކިމް ބުންޏެވެ. އަދި ވަރަށް އަވަހަށް މަންމަ ކްރިސް ޖެނަރއާއި ކޯޓްނީއާއި ކޮއްކޮ ކެންޑަލް އޭނާ ކައިރިކަމަށް ބުންޏެވެ.

ކިމް އަށް ހަމަލާދިން އިރު ފިރިމީހާ، ރެޕް އާޓިސްޓް ކާންޔޭ ވެސްޓް ޝޯވއެއް ދޭން ހުރި ނަމަވެސް، ހަބަރު ލިބުމާ އެކު ޝޯވ ވަގުތުން ހުއްޓާލުމަށް ފަހު ކިމް ކައިރިއަށް ދިޔައެވެ. އަދި ދެ މީހުން އެކުގައި ވަނީ އެމެރިކާގެ ނިއު ޔޯކްއަށް ދަތުރުކޮށްފައެވެ. އެ މީހުންގެ ދެ ކުދިން، ތިން އަހަރުގެ ނޯތު ވެސްޓާއި އެއް އަހަރުގެ ސެއިންޓް ވެސްޓް އެވަގުތު ތިބީ ނިއު ޔޯކް ގައެވެ.

އެޕިސޯޑް އެއަރ ކުރުމަށް ފަހު، ކިމް ވަނީ ޓްވިޓަރ މެދުވެރިކޮށް އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް، އެ ކަންތައް ޝޯވގައި ހިއްސާ ކުރީ އޭނާގެ ދިރިއުޅުމުގައި ހިނގި އެންމެ ބޮޑު އެއް ހާދިސާއަށް ވުމުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

18 ފެބުރުއަރީ 2017
ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

ކަރަން ޖޯހަރްގެ ވެލަންޓައިންސް ޑޭގެ ޕާޓީއަށް ބޮލީވުޑްގެ ހުސްހަށިބައި ކުދިން

15 ފެބުރުއަރީ 2017
މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

މައިންބަފައިންގެ ހަރުކަށި އަމަލުތަކުން ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރޭ

14 ފެބުރުއަރީ 2017
ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް

ހަރްޝްވަރްދަން ރާނޭގެ "ގަރާޖް ސޭލް" އަންހެން ކުދިންގެ ތައުލީމަށް

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު