Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޓީ ކައުންސިލަށް ނަގާ މުވައްޒަފުން

ސިޓީ ކައުންސިލަށް ކޮންޓްރެކްޓް މުވައްޒަފުންނާއި ކޮންސަލްޓަންޓުން ނެގުމުގެ ކުރިން ޖަލްސާއަށް ހުށަހަޅާ ފާސްކުރަން ނިންމައިފި

މިހާރުވެސް މާލެ ސިޓީ ކައުންސިލުން ޢަމަލުކުރަމުންދަނީ މި އުސޫލުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 02:33
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެސިޓީ ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ގޮތަށް ކުރެވޭ މަސައްކަތްތަކަށް ހެދުމަށާއި، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކައުންސިލް ލެވެލްގައި މުހިންމު ނިންމުތައް ނިންމާގޮތަށް އިދާރީ ހިންގުމަށް މުހިންމު ބަދަލެއް ގެނައުމަށް ފާސްކޮށްފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި މި ބަދަލު ގެނައުމަށް ފާސްކޮށްފައިވަނީ މާލެސިޓީ ކައުންސިލްގެ 107 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.

Advertisement - newsAdvertisement

ޖަލްސާގައި މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވީ މާލެ ސިޓީ ކައުންސިލްގެ އެކި މަސައްކަތްތައް ކުރުމަށާއި، އޮނިގަނޑަށް ގެނެވޭ އެކި ބަދަލުތަކުގެ ސަބަބުން ނަގަންޖެހޭ ކޮންޓްރެކްޓް މުވައްޒަފުންނާއި، ކޮންސަލްޓަންޓުން ނެގުމުގެ ކުރިން އެފަދަ މުވައްޒަފުން އެފަހަރެއްގައި ނަގަންބޭނުންވާ ސަބަބާއި، އަދަދު އަދި އެ މުވައްޒަފުން ނެގޭ ސެކްޝަން ނުވަތަ ޑިޕާޓްމެންޓް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ ރަސްމީ އާއްމު ޖަލްސާއަކަށް ހުށަހަޅާ ފާސްކުރުމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިހާރުވެސް މާލެ ސިޓީ ކައުންސިލުން ޢަމަލުކުރަމުންދަނީ މި އުސޫލުން ކަމަށެވެ. އެގޮތުން ކޮމިޔުނިޓީ އެންގޭޖްމެންޓް އޮފިސަރުން ނެގުމުގައިވެސް އެފަދައިން ޢަމަލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މުވައްޒަފުން ނެގުމާއި، މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިތުރުން ސުޕަވައިޒަރުން އިތުރު ކޮށްފައިވަނީވެސް ކައުންސިލްގެ ރަސްމީ ޖަލްސާއިން ފާސްކޮށްގެން ކަން މޭޔަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މި އުސޫލުން މުވައްޒަފުން ނެގުން ކަމާއި ބެހޭ އިދާރާތަކުން ވަނީ ކައުންސިލްތަކަށް ދޫކޮށްލާފައި ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީ( އެލްޖީއޭ) އިންވެސް މިގޮތަށް މި ފުރުޞަތު ކައުންސިލްތަކަށް ދީފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މިއީ އަބަދުވެސް ޢަމަލުކުރަމުންދާ އުސޫލު ކަމަށްވީނަމަވެސް ކައުންސިލްގެ ރަސްމީ ނިންމުމެއް މިކަމުގައި ނެތުމުގެ ސަބަބުން ޕޮލިސީއެއް ނެތުމާއިއެކު އިދާރީ ގޮތުން ކައުންސިލް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މިގޮތަށް ޢަމަލުކުރަމުންދާ ޢަމަލުކުރުން ރަސްމީ ކުރުމަށްޓަކައި ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް އެއީ ކައުންސިލްގެ ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔައެވެ.

މި އުޞޫލު މި އޮތްގޮތަށް ފާސްވެގެން ކައުންސިލްގެ އެއްވެސް ކޮންޓްރެކްޓް ނުވަތަ ކޮންސަލްޓެންޓެއްގެ ވަޒީފާއަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. އަދި މިއީ މިހާރުވެސް ޢަމަލު ކުރަމުންދާ އުސޫލު ނަމަވެސް މި އުސޫލް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން ފާސްކޮށް ސިޔާސަތެއް ގޮތުގައި ކަނޑައެޅިގެން ދިޔުމަކީ ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމުގައި ވެގެންދާނެއެވެ.

މޭޔަރު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 14 ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

 މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

މާލެ ސިޓީ ކައުންސިލް ގެ ކަންކަން ގޯހުން ގޯހަށް ދިޔައީ މުއިއްޒު ގެ ނަޒާހަތްތެރިކަމެއް ނެތުމުން: ޔާމިން

18 ޑިސެމްބަރު 2025
މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

މާލޭގައި މީދާ މަރަން ޚާއްސަ ޕްރޮގްރާމެއް ފަށައިފި

17 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު