Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

ޒިޔެޗާއެކު އަލް ނަސްރަށް އެއްބަސްވުމަކަށް އާދެވިއްޖެ

22 ޖޫން 2023 | ބުރާސްފަތި 02:46

ޗެލްސީ ދޫކޮށް ޒިޔެޗް އަލް ނަސްރަށް ބަދަލުވާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2023 | ބުރާސްފަތި 02:46
ޗެލްސީ އަށް ކުޅެމުން އަންނަ ހަކީމް ޒިޔެޗް

ޗެލްސީ އަށް ކުޅެމުން އަންނަ ހަކީމް ޒިޔެޗް

ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި އަލް ނަސްރަށް އޭނާއާއެކު އެއްބަސްވުމަކަށް އާދެވިއްޖެ އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ހޯދުމުގައި އަލް ނަސްރުން ދެން ޖެހޭނީ އެންމެ ފަހުގެ މަރުހަލާ ފުރިހަމަ ކުރުމަށެވެ. ޒިޔެޗުގެ އިތުރުން ޗެލްސީއާއެކު ވެސް އަލް ނަސްރަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. ޗެލްސީ ދޫކޮށް ޒިޔެޗް އަލް ނަސްރަށް ބަދަލުވާނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އަލް ނަސްރަށް ކުޅޭނެ އެވެ. އަލް ނަސްރުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ލިޔެ ކިޔުންތައް ތައްޔާރު ކުރުން ކަމަށާއި، އެއަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީކޮށް ޒިޔެޗް އެ ކުލަބަށް ސޮއި ކުރުން އޮންނާނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

އަޔެކްސް ދޫކޮށްލުމަށް ފަހު ޒިޔެޗް ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބުން ވަނީ ޒިޔެޗަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ދީފަ އެވެ. އެހެންކަމުން ޗެލްސީއާއެކު ޒިޔެޗް ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާކީ ދެ އަހަރު އޮތް ނަމަވެސް ޒިޔެޗް ދޫކޮށްލުމަށް ޗެލްސީން ހުށަހަޅާ އަގަށް އަލް ނަސްރުން ރުހޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. މިއީ އައު ސީޒަނަށް އަލް ނަސްރުން ރަސްމީކޮށް ހޯދާނެ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޒިޔެޗްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ ޕިއޭ އެމެރިކް އޮބާމަޔަން ހޯދުމަށް ވެސް ސަައުދީގެ ކުލަބަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ. ޗެލްސީ އަށް ބަދަލުވެ ޒިޔެޗް ވަނީ ޗެލްސީ އަށް ކުޅެދިން 107 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. ނަމަވެސް ނިމުނު ސީޒަނުގައި ޗެލްސީގައި ޒިޔެޗަށް އެކަށީގެންވާ މިންވަރަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.

ސައުދީގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގެ ގިނަ ކުޅުންތެރިންނަށް ފާރަލައި، ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން އަލް ނަސްރުން ވަނީ މިއަހަރުގެ ކުރީކޮޅު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ގެނެސްފަ އެވެ. އެއަށްފަހު އިތުރު އެހެން ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަލް ނަސްރާއި، ސައުދީ ލީގުގެ އެހެން ކުލަބުތަކުން އަންނަނީ ކުރަމުންނެވެ.

ޗެލްސީހަކީމް ޒިޔެކްއައްނަސްރު

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް