Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ޕްރޯ ލީގު

ސައުދީގެ ހުށަހެޅުން ޤަބޫލު ނުކޮށް، ލުކާކޫ މަޑުކުރާނީ ޔޫރަޕުގައި

20 ޖޫން 2023 | އަންގާރަ 01:31

އަލް ހިލާލް އިން ލުކާކޫ އަށް ހުށަހެޅީ އަހަރަކު 16 މިލިއަން ޕައުންޑު ލިބޭ މުސާރައެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖޫން 2023 | އަންގާރަ 01:31
ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް ކުޅުނު ލުކާކޫ

ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓަ އަށް ކުޅުނު ލުކާކޫ

ސައުދީ ޕްރޯ ލީގުގެ އަލް ހިލާލްގެ ހުށަހެޅުން ޤަބޫލު ނުކޮށް، ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ޔޫރަޕުގައި މަޑު ކުރަން ނިންމައިފި އެވެ.

އަލް ހިލާލް އިން ވަނީ ލުކާކޫ އަށް ބޮޑު މުސާރައެއް ލިބޭ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން އެ ކުލަބުގައި ލުކާކޫ އަށް އަހަރަކު 16 މިލިއަން ޕައުންޑުގެ އަދަދެއް ލިބޭނެ އެވެ. ލުކާކޫ ޗެލްސީގައި ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން އޭނާ އަށް އަހަރަކު ލިބޭނީ 11 މިލިއަން ޕައުންޑުގެ މުސާރައެކެވެ. ބޮޑު މުސާރައާއެކު، އެއްބަސްވުމުގެ އެހެނިހެން ކަންތައްތަކުގައި މަޝްވަރާ ކުރުމަށް އަލް ހިލާލްގެ އިސްވެރިން ވަނީ މިދިޔަ ހަފްތާގައި ލުކާކޫއާ ބައްދަލުކޮށްފައި ކަމަށް މީޑިއާ ތަކުން ބުނެފައިވެ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ފްރާންސްގެ ވެރި ރަށް ޕެރިހުގަ އެވެ.

ބޭރުގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލުކާކޫ މިހާރު ވަނީ އަލް ހިލާލްގެ ހުށަހެޅުން ޤަބޫލު ނުކުރަން ނިންމައިފަ އެވެ. އެކަން މިހާރު އޭނާގެ ފަރާތުން ވަނީ ރަސްމީކޮށް އެކުލަބަށް އަންގައިފަ އެވެ. އަލް ހިލާލް އިން ލުކާކޫ ހޯދުމަށް މަސައްކަތް ކޮށްފައިވާތީ އެކަމަށް އޭނާ ވަނީ ޝުކުރު އަދާ ވެސް ކޮށްފަ އެވެ. ނަމަވެސް މިއީ ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށްލުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ލޫކާކު ނުދެކެ އެވެ.

ލުކާކޫ އެންމެ ފަހުން ކުޅުނީ އިޓާލިއަން ލީގުގެ އިންޓަ މިލާނަށެވެ. ޗެލްސީގައި ހުރުމަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން އެ ކުލަބަށް ކުޅުނީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން ނިމުނު ސީޒަނާއެކު އެ އެއްބަސްވުން ހަމަވާނެ އެވެ. ނަމަވެސް އިންޓަ އިން ބޭނުންވަނީ ލުކާކޫ އެ ކުލަބުގައި ބެހެއްޓުމަށެވެ. އެހެންކަމުން އިންޓަ އިން އަންނަނީ ޗެލްސީއާއެކު އެކަމުގެ މަޝްވަރާތައް ކުރަމުންނެވެ. މިވަގުތު ލުކާކޫ ވެސް ބޭނުންވަނީ އިންޓައިގައި ހުރުމަށް ކަމަށް ދާދި ފަހުން އޭނާ ވަނީ ބުނެފަ އެވެ.

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

އިތުރަށް ކިޔާލަން

06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
20 މެއި 2017

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

20 މެއި 2017
ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި
13 މެއި 2017

ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ

13 މެއި 2017
ޗައިނާ ލީގުގެ ހުށަހެޅުން ރިޖެކްޓްކޮށް ޕެޕޭ އިންޓައަށް ބަދަލުވަނީ
17 އެޕްރީލު 2017

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
01 އެޕްރީލު 2017

މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ

01 އެޕްރީލު 2017
މިދިޔަ މަހު ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ލުކާކޫ ހޮވިއްޖެ
29 މާރިޗު 2017

ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން

29 މާރިޗު 2017
ހަޒާޑް ގަތުމަށް މެޑްރިޑުން 100 މިލިއަން ޕައުންޑް ޚަރަދު ނުކޮށްފާނެ: ކަލްޑެރޮން
27 މާރިޗު 2017

ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

27 މާރިޗު 2017
ލުކާކޫއަށް އަނެއްކާވެސް އެވަޓަން އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް