Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިމްރާން މުހައްމަދު

ގައުމީ ޓީމަށް 17 އަހަރު ކުޅުނުކަން އަގުވަޒަންނުކޮށް ދެ މެޗަށް ސަސްޕެންޑް ކުރުމުން އިމްރާން ކަންބޮޑުވުން ފާޅުކޮށްފި

އިމްރާން ދެ މެޗަށް ސަސްޕެންޑުކުރުމުގެ އިތުރުން ދެހާސް ރުފިޔާއިން ވަނީ ޖޫރިމައިނާކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 05:02
އިމްރާން މަތިން ހަނދާންވާކަމަށް ބުނެ ދަނޑުގައި ސަޕޯޓަރުން ހަރުކޮށްފައިވާ ބެނާއެއް

އިމްރާން މަތިން ހަނދާންވާކަމަށް ބުނެ ދަނޑުގައި ސަޕޯޓަރުން ހަރުކޮށްފައިވާ ބެނާއެއް

ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުމުން އަގުވަޒަންނުކޮށްދެ މެޗުގެ ސަސްޕެންޑް ކުރުމުން، ރާއްޖޭގެ އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުހައްމަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އިމްރާން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ ލީގުގައި މި މަހު ހަތްވަނަ ދުވަހު އީގަލްސް އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން އޭނާ އަށް ދީފައިވާ ދެ މެޗުގެ ސަސްޕެންޝަނަކީ އޭނާގެ އަމަލުތަކަށް ބިނާކޮށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ބުނި ނަމަވެސް އެކަން ގަބޫލުކުރާ ދަތި ކަމަށެވެ.

އެގޮތުން އިމްރާން ބުނި 17 އަހަރު ވަންދެން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލުތަކެއް ފެނުނު ކަމަށް އެފްއޭއެމް އިން ނެރެފައިވާ އިއުލާނުގައި ބުނި އިރު، 17 އަހަރު ވަންދެން އޭނާ ގައުމީ ޓީމަށް ކުޅުމަށްފަހު ރަސްމީކޮށް މިދިޔައަހަރު އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ކުޅުން ހުއްޓާލިކަން އިއުލާންކުރުމުން އެފްއޭއެމް އިން ޝުކުރިއްޔާވެސް ބުނެލާފައިނުވާ ކަމަށެވެ.

އިމްރާން ބުނީ އޭނާ ކުޅުން ހުއްޓާލިކަން އިއުލާންކުރުމުން ފުޓުބޯޅައިގެ މިސާލު ދައްކަން ޖެހޭ ފަރާތުން އެކަން ކުރީ އެންމެ ރަނގަޅަށްކަމަށް އޭނާ ހިތުގައި ސުވާލު އުފެދޭ ކަމަށާއި، އެގޮތުން ދެއްކި ހުއްޖަތަކީ ގަބޫލުކުރަން އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އިމްރާން ބުނީ އެފްއޭއެމް އަކީ ދިވެހި ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާތީ އެ އެސޯސިއޭޝަނުން އެޅި ފިޔަވަޅަށް އޭނާ އިހުތިރާމުކޮށް ބަލައިގަންނަ ކަމަށާއި، މިކަންތައް އޭނާ ފާހަގަކޮށްލީ ހުރިހާ ސަޕޯޓަރުން އަދި ފުޓުބޯޅައަށް ލޯބިކުރާ އެންމެނެންނަށް ކަންތައްވެގެންދިޔަ ގޮތް ސާފުކޮށްދިނުމަށް ކަމަށެވެ.

އިމްރާން މިހެން ބުނެފައިވާއިރު، މި އަހަރު ތެރޭގައި އިމްރާންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ފުޓުބޯޅަ މެޗެއް ކުޅެން ރާވާފައިވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އިމްރާން އަށް ފިޔަވަޅު އަޅަން ނިންމީ ދަނޑުމަތީގައި މަސްރަހު ހޫނުކުރުމަށް އިމްރާން މުހައްމަދު އަމަލުތަކުން މަގުފަހިވެފައިވާތީ އާއި، ދިވެހި ރާއްޖޭގެ ގައުމީ ޓީމުގެ ގޯލު ކީޕަރުކަން 17 އަހަރަށްވުރެ ގިނަ ދުވަހު ކޮށްފައިވާ، އަދި ކުރިއަރަމުން އަންނަ ކުޅުންތެރިންނަށް މިސާލެއްގެ ގޮތުގައި ދެކެމުން އަންނަ ޝަހްސިއްޔަތެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިފައިވާތީ ކަމަށެވެ. އެގޮތުން އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑުކުރުމުގެ އިތުރުން ދެހާސް ރުފިޔާއިން ޖޫރިމައިނާ ކޮށްފައެވެ.

އިމްރާންގެ ސަސްޕެންޝަން އެޕީލްކޮށްފައިވާއިރު، އަދަބުލުއިކޮށްދޭން އެފްއޭއެމް އިން ވަނީ ދެކޮޅު ހަދާފައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު