Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ނަސްރު

ޒިޔެޗް ހޯދުމަށް އަލް ނަސްރުން މަޝްވަރާ ކުރަނީ

އަލް ނަސްރުގެ ހުށަހެޅުމާމެދު މަޝްވަރާ ކުރުމަށް ޒިޔެޗް ވެސް ހުރީ ތައްޔާރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 ޖޫން 2023 | އާދީއްތަ 02:51
ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް

ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް

ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯގެ ހަކީމް ޒިޔެޗް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށް، އަލް ނަސްރުން އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަޔެކްސް ދޫކޮށްލުމަށް ފަހު ޒިޔެޗް ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބުން ވަނީ ޒިޔެޗަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ދީފަ އެވެ. އެހެންކަމުން ޗެލްސީއާއެކު ޒިޔެޗް ހަދާފައިވާ އެެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޒިޔެޗް ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް އަލް ނަސްރުން އަންނަނީ ޗެލްސީއާއެކު މަޝްވަރާ ކުރަމުން ކަމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަލް ނަސްރުގެ ހުށަހެޅުމާމެދު މަޝްވަރާ ކުރުމަށް ޒިޔެޗް ވެސް ހުރީ ތައްޔާރަށް ކަމަށާއި، ނުރަސްމީ ސިފައެއްގައި އަލް ނަސްރުން ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ޒިޔެޗްގެ އިތުރުން ޗެލްސީ އަށް ކުޅެމުން އަންނަ ޕިއޭ އެމެރިކް އޮބާމަޔަން ހޯދުމަށް ވެސް ސަައުދީގެ ކުލަބަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފަ އެވެ.

ޒިޔެޗްގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ޗެލްސީން ހުށަހަޅާ އަގަކަށް އަލް ނަސްރުން އެއްބަސްވާ ނަމަ، ޒިޔެޗް ދޫކޮށްލުމަށް ޗެލްސީން ތައްޔާރަށް އޮތް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގައި ޒިޔެޗް ރަސްމީކޮށް ވަކި ގޮތެެއް ނިންމާފައެއް ނުވެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ޒިޔެޗް ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. ޗެލްސީ އަށް ބަދަލުވެ ޒިޔެޗް ވަނީ ޗެލްސީ އަށް ކުޅެދިން 107 މެޗުގައި 14 ލަނޑު ޖަހައިފަ އެވެ. ނަމަވެސް ނިމުނު ސީޒަނުގައި ޗެލްސީގައި ޒިޔެޗަށް އެކަށީގެންވާ މިންވަރަށް ފުރުސަތު ލިބިފައެއް ނުވެ އެވެ.

ސައުދީގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގެ ގިނަ ކުޅުންތެރިންނަށް ފާރަލައި، ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން އަލް ނަސްރުން ވަނީ މިއަހަރުގެ ކުރީކޮޅު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބަށް ގެނެސްފަ އެވެ. އޭގެ ފަހުން ކަރީމް ބެންޒެމާ ވަނީ ސައުދީ ލީގުގެ އަލް އިއްތިހާދަށް ދާދި ފަހުން ބަދަލުވެފަ އެވެ. ވާދަވެރި އެހެން ކުލަބުތަކުން ވެސް އަންނަނީ އެކި އެކި ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންފެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް، ފްރާންސްގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު