Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުދީ ސުޕަ ކަޕް

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025 | ބުދަ 05:03

ސައުދީ ސުޕަ ކަޕްގެ ފައިނަލް އިން އަލް ނަޞްރު ޖާގަ ހޯދާފައިވާއިރު، އެ ޓީމުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2025 | ބުދަ 05:03
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރު އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަޞްރު އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އަލް ނަޞްރު އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އަލް އިއްތިހާދު އިން ވަނީ ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ދެ ވަނަ ލަނޑެއް ޖަހައިގެން އަލް ނަޞްރު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އަލް ނަޞްރު އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސަޑިއޯ މާނޭ އެވެ. ނަމަވެސް އަލް ނަޞްރަށް ލީޑުގައި އޮވެވުނީ އެންމެ ހަ މިނެޓު އެވެ.

މެޗުގެ 16 ވަނަ މިނެޓުގައި އަލް އިއްތިހާދުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސްޓީވަން ބާގްވިން އެވެ.

އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި އަލް ނަޞްރުގެ މާނޭ އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ. އަދި އަލް އިއްތިހާދުގެ އޭރިޔާ ތެރެއިން އެ ޓީމުގެ ގޯލު ކީޕަރަށް މާނޭ ކުރި ފައުލަކާ ގުޅިގެން ދެއްކި ރަތް ކާޑެކެވެ.

މެޗުގެ ބާކީ ބައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން އަލް ނަޞްރަށް ވަނީ އުނދަގޫތަކާ ކުރިމަތިވެފަ އެވެ. އޭގެ ފަހުން މެޗުގައި ލަނޑު ޖަހައި ލީޑު ނަގާނެ ފުރުސަތު އަލް އިއްތިހާދުން ވެސް ވަނީ ހޯދައިފަ އެވެ.

މެޗުން އަލް ނަޞްރު މޮޅުވީ 61 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ޖެހި ލަނޑުންނެވެ. އެއީ އަލް އިއްތިހާދުގެ ގޯލު ކުރިމަތިން އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތުގައި އޭނާ ދިން ބޯޅަ އަކުން ފެލިކްސް ޖެހި ލަނޑެކެވެ.

ސައުދީ ސުޕަ ކަޕްގެ ފައިނަލް އިން އަލް ނަޞްރު ޖާގަ ހޯދާފައިވާއިރު، އެ ޓީމުން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އެ ޓީމުން ވަނީ 2019 ވަނަ އަހަރާއި، 2020 ވަނަ އަހަރު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ސައުދީ ސުޕަ ކަޕްއައްނަސްރުއަލް އިއްތިހާދު

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
14 އެޕްރީލު 2025

ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް

14 އެޕްރީލު 2025
ރޮނާލްޑޯ އަލް ނަޞްރުގައި ދެމިހުންނާނެކަމުގެ ޔަގީންކަން އެބައޮތް: އަލްމާލިކް
28 ޖެނުއަރީ 2025

ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި

28 ޖެނުއަރީ 2025
ޑަމަކް އަތުން ބަލިވެ އަލް އިއްތިހާދުން ފުރުސަތު ނަގާލައިފި
24 ޑިސެމްބަރު 2024

ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް

24 ޑިސެމްބަރު 2024
ފެނަބާޗޭ އިން ޓަލިސްކާ ހޯދުމާ ގާތަށް
07 ޑިސެމްބަރު 2024

އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި

07 ޑިސެމްބަރު 2024
އަލް ނަޞްރު ބަލިކޮށް، އަލް އިއްތިހާދު އެއް ވަނައިގައި
23 ނޮވެމްބަރު 2024

ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ

23 ނޮވެމްބަރު 2024
ޤަދިސިއްޔާ އަތުން އަލް ނަޞްރު ބަލިވެއްޖެ
02 ނޮވެމްބަރު 2024

އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު

02 ނޮވެމްބަރު 2024
އަލް ނަޞްރު ކައިރިން އަލް ޙިލާލަށް މޮޅު ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް