Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަޞްރު

އިނީގޯ މާޓިނޭޒް، އަލް ނަޞްރަށް ބަދަލުވެއްޖެ

ހިލޭ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް އަލް ނަޞްރަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2026 ވަނަ އަހަރާ ހަމައަށް އޭނާ އަލް ނަޞްރުގައި ކުޅޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2025 | އާދީއްތަ 05:10
އަލް ނަޞްރުގެ އެއްބަސްވުމުގައި އިނީގޯ މާޓިނޭޒް ސޮއި ކުރަނީ

އަލް ނަޞްރުގެ އެއްބަސްވުމުގައި އިނީގޯ މާޓިނޭޒް ސޮއި ކުރަނީ

ބާސެލޯނާ އަށް ކުޅެމުން އައި ސްޕެއިންގެ ޑިފެންޑަރު އިނީގޯ މާޓިނޭޒް، އެ ކުލަބު ދޫކޮށްލުމަށް ފަހު ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރަށް ބަދަލުވެއްޖެ އެވެ.

އެތުލެޓިކް ބިލްބާއޯ ދޫކޮށްލުމަށް ފަހު، އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2023 ވަނަ އަހަރު އެވެ. ބާސެލޯނާއާ އެކު އެންމެ ފުރަތަމަ އޭނާ ސޮއި ކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުން މި އަހަރު ހަމަވާން އޮތް ނަމަވެސް، މިއަހަރުގެ މާޗު މަހު އޭނާ ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ.

އިތުރު އެއް އަހަރަށް ބާސެލޯނާގެ އެއްބަސްވުން މާޓިނޭޒް އައު ކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2026 ވަނަ އަހަރު އެވެ. ނަމަވެސް ބާސެލޯނާ އާއެކު މަޝްވަރާ ކުރުމަށް ފަހު، މާޓިނޭޒް ވަނީ އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ. އަދި ހިލޭ ޓްރާންސްފާއެއްގައި އޭނާ ވަނީ ބާސެލޯނާ ދޫކޮށްލަން ނިންމައިފަ އެވެ.

ބާސެލޯނާގައި މުހިންމު ދައުރެއް އަދާ ކުރި މާޓިނޭޒް އެ ކުލަބު ދޫކޮށްލަން ނިންމީ، ސައުދީ ލީގުގެ އަލް ނަޞްރަށް ބަދަލުވުމަށެވެ. އެއަށް ފަހު މިހާރު މާޓިނޭޒް އަލް ނަޞްރުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، އެ ކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ.

ހިލޭ އެއްބަސްވުމެއްގެ ދަށުން މާޓިނޭޒް އަލް ނަޞްރަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2026 ވަނަ އަހަރާ ހަމައަށް އޭނާ އަލް ނަޞްރުގައި ކުޅޭނެ އެވެ. މިއީ ޖޯޖް ޖީސަސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އަލް ނަޞްރުން މި ފަހަރު ހޯދި ދެ ވަނަ ކުޅުންތެރިޔާ އެވެ. މާޓިނޭޒްގެ ކުރިން އަލް ނަޞްރުން ވަނީ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ވެސް އެ ކުލަބަށް ގެނެސްފަ އެވެ.

ބާސެލޯނާގައި ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި މާޓިނޭޒް ވަނީ އެ ކުލަބަށް ކުޅެދިން 71 މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
15 މާރިޗު 2017

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު