Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން ބިޕާޖޯއީ

ބާރުގަދަ ތޫފާން "ބިޕާޖޯއީ" ބުރާސްފަތި ދުވަހު އިންޑިޔާއަށާއި ޕާކިސްތާނަށް އަރާތީ ޚާއްސަ ފިޔަވަޅުތައް އަޅަން ފަށައިފި

15 ޖޫން 2023 | ބުރާސްފަތި 03:00

އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހަށް އޮރެންޖް އެލާޓް އަދި ޖޫން މަހުގެ 15 ވަނަ ދުވަހު ގުޖުރާތުގެ ހުރިހާ ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 15 ޖޫން 2023 | ބުރާސްފަތި 03:00
ތޫފާން ބިޕާޖޯއީގެ ސަބަބުން ބޮޑެތި ރާޅުދަނީ އަރަމުން

ތޫފާން ބިޕާޖޯއީގެ ސަބަބުން ބޮޑެތި ރާޅުދަނީ އަރަމުން

ވަރަށް ބާރުގަދަ ޓްރޮޕިކަލް ތޫފާނެއް ކަމަށްވާ "ބިޕާޖޯއީ" ބުރާސްފަތި ދުވަހު އިންޑިޔާއަށާއި ޕާކިސްތާނަށް އަރާނެ ކަމަށް ފޯކާސްޓް ކޮށްފައިވާތީ މިސަރަހައްދުތައް އެލާޓަށް ގެނެސް ޚާއްސަ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

ތޫފާނު އަރާނެ ކަމަށް ބެލެވެނީ ބުރާސްފަތިދުވަހު މެންދުރު ފަހު ނުވަތަ ހަވީރުގެ ވަގުތުއެވެ. އެރޭބިއަން ކަނޑުން އުފެދިގެން އައި ތޫފާންގެ އަސަރު އިންޑިޔާ އިން އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ ހުޅަނގުފަޅީގެ ސްޓޭޓް ގުޖުރާތަށެވެ. އަދި ޕާކިސްތާނުން ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ސިންދު ޕްރޮވިންސްއަށާއި ކަރާޗީގެ ބައެއް ހިސާބުތަކަށެވެ.

ފަސްދޮޅަސް މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ގުޖްރާތަށް މިހާރުވެސް ބޯކޮށް ވާރޭވެހި އައްސޭރި ފަށުގެ ހިސާބުތަކަށް ބޮޑެތި ރާޅުތައް އަންނަނީ ބިންދަމުންނެވެ. މިއާއެކު މިސަރަހައްދު ތަކުގައި ދިރިއުޅެމުން އައި 38ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށާފައެވެ.

ތޫފާން ބިޕާޖޯއީގެ ސަބަބުން އިންޑިޔާގެ ވައިގެ ދަތުރުތަކަށާއި ރޭލް ދަތުރުތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. މިގޮތުން 15 ޖޫން އާ ހަމަޔަށް ގުޖުރާތުން ފުރާ އަދި އަންނަ ހުރިހާ ރޭލު ދަތުރު ވަނީ ކެންސަލްކޮށްފައެވެ. އަދި ބައެއް މަތިންދާބޯޓު ވެސް ނުޖެއްސިގެން ތަފާތު ތަންތަނަށް ޑައިވަރޓް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ވައިގަދަވުމާއި ކަނޑު ގަދަވުމުގެ އިތުރުން ރާޅުއެރުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ދަނީ ބެލެމުންނެވެ. ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރުމުގެ ކުރިން ހުރިހާ ފަރާތްތަކަކުން ވެސް އަންނަނީ ތައްޔާރީ ފިޔަވަޅުތައް އަޅަމުންނެވެ. އަދި މަސްވެރިން މަހަށް ނުފުރުމަށާއި ކަނޑުމަތީ ތިބި މީހުން ވެސް އަވަހަށް ބަނދަރު ކުރުމަށް ދަނީ އަންގަމުންނެވެ.

ތޫފާން ބިޕާޖޯއީއާ ގުޅިގެން އިންޑިއަން މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ ޖޫން މަހުގެ 14 ވަނަ ދުވަހަށް އޮރެންޖް އެލާޓް އަދި ޖޫން މަހުގެ 15 ވަނަ ދުވަހު ގުޖުރާތުގެ ހުރިހާ ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރުގެ ޚަބަރުތައް ބުނާގޮތުން ބިޕާޖޯއީގެ ބާރު ވަނީ ކޮންމެވެސް ވަރަކަށް ދަށްވެފައެވެ. ނަމަވެސް އަލުން ބާރުގަދަވުމުގެ ފުރުސަތު އެބައޮތް ކަމަށް ޚަބަރުތައް ބުނެއެވެ.

ފޯކާސްޓްތައް ކުރިން ބުނަމުން އައި ގޮތުން ތޫފާނުގެ ވައި ޖޫން 15 ވަނަ ދުވަހުގެ ހަވީރުވާއިރު ގަޑިއަކު 125 ކިލޯމީޓަރާ 135 ކިލޯމީޓަރާ ދެމެދުގެ ވަރަކަށް ގަދަވާނެއެވެ. އަދި އެންމެ ބާރުވެގެން ދާއިރު ގަޑިއަކު 150 ކިލޯމީޓަރަށް ވެސް ގަދަވެގެން ދާނެއެވެ. ތޫފާނުގެ ސަބަބުން އައްސޭރި ފަށުގައިވާ ބަލި ގެތައް މުޅިން ހަލާކުވެ ދަނޑުބިންތަކުގައި ފެންބޮޑުވެ މޭވާފަދަ އެއްޗެތި ހައްދާފައިވާ ދަނޑުތައް ވެސް މުޅިން ސުންނާފަތި ވާނެ ކަމަށް ދަނީ ބެލެމުންނެވެ.

ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުމަށް އާމީ، ނޭވީ އަދި ދައުލަތުގެ ރިލީފް އޭޖެންސީތަކުގެ ޓީމުތަކުން ވަނީ ނުކުމެފައެވެ.

ޕާކިސްތާނުން އަދިވެސް ވަނީ މިދިޔަ އަހަރު ފަހުކޮޅު ކުރިމަތިވި ފެންބޮޑިވުމުގެ ހާދިސާއިން އަރައި ނުގަނެވިއެވެ. އެހާދިސާގައި 1700 މީހުން މަރުވެފައިވެއެވެ.   

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 އެޕްރީލު 2017

ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި

27 އެޕްރީލު 2017
ދިމިޝްގް އިންޓަރނޭޝަނަލް އެއާޕޯޓް ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް