Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ސަސްޕެންޑުކުރުން

ނިއު ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން

ނިއުއަށް ފިޔަވަޅު އަޅައިދިނުމަށް ޕްލޭޔާ ސްޓޭޓަސް ކޮމެޓީން ނޭދޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2019 | އާދީއްތަ 11:20
ނިއު އިން އެފްއޭ ކަޕް އުފުލާލަނީ

ނިއު އިން އެފްއޭ ކަޕް އުފުލާލަނީ

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑް ކުރެވޭނެކަމަށް ގަބޫލުނުކުރާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޕްލޭޔާ ސްޓޭޓަސް ކޮމެޓީގެ ޗެއާމަން އިސްމާއިލް ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ލަތީފް ވިދާޅުވީ، ކްލަބެއް ސަސްޕެންޑުކުރުމަކީ އޭނާ ދެކޭ ގޮތުގައި އެންމެ ފަހު މަރުހަލާ ކަމަށާއި، ނަމަވެސް ފިޔަވަޅެއްގެ ގޮތުގައި އެންމެ ފުރަތަމަވެސް ނިއު ކުރީ ސަސްޕެންޑު ކަމަށެވެ.

އިސްމާއިލް ލަތީފް ވިދާޅުވީ، ނިއުގެ ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ބުރާސްފަތި ދުވަހު ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، އެ ސިޓީގައި ނިއުއަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިނުވާނެ ކަމަށެވެ.

ނިއުގެ މައްސަލައިގައި ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އެ ކްލަބަށް ފޮނުވި ސިޓީގެ ޖަވާބެއް ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ސިޓީއެއް ފޮނުވި ނަމަވެސް، އެ ކްލަބް ހާޒިރުކުރުމުން ކުޅުންތެރިންނަށް މުސާރަ ދޭން ކަނޑައަޅާފައިވާ އުސޫލް މި ހަފްތާ ތެރޭގައި ހިއްސާކުރަން އެއްބަސްވި ކަމަށް އިސްމާއިލް ލަތީފް ވިދާޅުވިއެވެ.

ނަމަވެސް އިސްމާއިލް ލަތީފް ވިދާޅުވީ، ކުއްލިއަކަށް ސަސްޕެންޑުކުރުމުން ހައިރާންވެފައި ހުރި ކަމަށާއި، ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އަބަދުވެސް ބަލަނީ އެއްވެސް ފިޔަވަޅެއް ނާޅާ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރުމަށް ކަމަށެވެ.

އެގޮތުން އިސްމާއިލް ލަތީފް ވިދާޅުވީ، ފާއިތުވެދިޔަ ދުވަސްތަކުގައިވެސް ކުޅުންތެރިންނަށް ދިމާވާ އެކިއެކި މައްސަލަ ފިޔަވަޅެއް ނާޅާ ހައްލުކޮށްފައިވާނެ ކަމަށެވެ.

އެފްއޭއެމުން ނިއު ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ހަމައަށް އެ ކްލަބުގެ ކުޅުންތެރިންނަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާއަށްވާ މުސާރަ އާއި އުޖޫރަ ދީފައިނުވާ ކަމަށް ބުނެއެވެ.

އެގޮތުން އެ އިދާރާ އިން ބުނީ، އެފްއޭއެމްގެ ހިންގާ ގަވައިދުގެ 14 ވަނަ މާއްދާ އިން އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުތަކުގެ ތެރެއިން ނިއު އިން މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާ އާއި އުޖޫރަ ދައްކާ ހަލާސްކުރުމާ ހަމަޔަށް އެފްއޭއެމްއިން ހިންގާ ހުރިހާ ކަންކަމުން ސަސްޕެންޑުކުރެވިފައިވާ ކަމަށެވެ.

އެފްއޭއެމުން ކުއްލި ގޮތަކަށް ނިއު ސަސްޕެންޑުކުރުމާއެކު، ގިނަ ބައެއްގެ ފާޑުކިޔުން އެ އިދާރާއަށް އަންނަނީ އަމާޒުވަމުންނެވެ. އަދި އެފްއޭއެމްގެ ރައީސް ބައްސާމް އިސްތިއުފާ ދެއްވުމަށްވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު