Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފައިވް ނޭޝަންސް ބާސްކެޓްބޯޅަ މުބާރާތް

ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމުގެ ފައިދާތައް ފެނޭ: މަޚްލޫފް

ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަކީ ވަރަށް ކާމިޔާބުކަމާއެކު ކުރެވެމުން އަންނަ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ޖޫން 2023 | އަންގާރަ 03:14
މުބާރާތް ލޯންޗު ކުުރުމަށް ބޭއްވި ޕްރެސްގައި މިނިސްޓަރު މަޚްލޫފް

މުބާރާތް ލޯންޗު ކުުރުމަށް ބޭއްވި ޕްރެސްގައި މިނިސްޓަރު މަޚްލޫފް

ރާއްޖޭގައި ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ފައިދާ ފެންނަ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަޚްލޫފް މިހެން ވިދާޅުވީ ބުދަ ދުވަހު ރާއްޖޭގައި ފަށާ ފައިވް ނޭޝަންސް ބާސްކެޓު މުބާރާތް ލޯންޗު ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގަ އެވެ. މަޚްލޫފް ވިދާޅުވީ، ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވަނީ އެ ވައުދު ފުރިހަމަ ކުރެއްވުމަށް ކަމަށް ނަމަވެސް ކުޅިވަރު ފެސިލިޓީސްގެ ދަތިކަމަކީ މުބާރާތްތައް ހޯސްޓު ކުރުމުގެ އިތުރުން، މުބާރާތްތަކަށް ތައްޔާރުވުމަށް ވެސް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށް ވިދާޅުވި އެވެ. އަދި އަވައްޓެރި އިންޑިއާގެ ލޯން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓުތަކުން އެކަމަށް ޙައްލެއް ލިބިގެން ދާނެ ކަމަށާއި، ބާސްކެޓު ކޯޓުތަކެއް ވެސް ޤާއިމު ކުރެވޭނެ ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފައިދާގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ، މުބާރާތައް ތައްޔާރުވާން ކުރާ މަސައްކަތާއި، އެކަމުން އުފެދިގެން އަންނަ އިތުބާރު އަދި އުފެދިގެން އަންނަ ފޯރި ކަމަށެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުބާރާތްތައް ބޭއްވުމަކީ ވަރަށް ކާމިޔާބުކަމާއެކު ކުރެވެމުން އަންނަ ކަމެއް ކަމަށް ވެސް މަޚްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ މިއަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ރާއްޖެ އިން ދާނީ އަންހެން ބާސްކެޓު ޓީމު ކަމަށާއި، އެސޯސިއޭޝަނާ މަޝްވަރާ ކުރުމަށް ފަހު ފިރިހެން ޓީމު ނުފޮނުވަން ނިންމަވާފައިވާ ކަމަށެވެ. ސަބަބަކީ ތަޖުރިބާ އާއި އެހެނިހެން ކަންކަމަށް ބަލާއިރު، ވަރުގަދަކޮށް ފެންނާތީ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރަނގަޅު މުބާރާތެއް ބޭއްވުމަށް ނިންމެވީ ކަމަށެވެ. އެކަމަށްޓަކައި އިންޑިއާގައި ބާސްކެޓު ޓީމުން ވަނީ ދާދި ފަހުން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މަޚްލޫފް ވިދާޅުވީ އެ ތަމްރީނުތަކަށް ފަހު ޓީމު މިހާރު ވަރަށް "ފޮނި" ކަނޑާ ކަމަށެވެ. އެހެންކަމުން އުންމީދު ކުރައްވަނީ ސަޕޯޓަރުން ކުރިމަތީގައި ރަނގަޅު ނަތީޖާއެެއް ނެރެވުން ކަމަށެވެ. އެގޮތުން ސަރަހައްދުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ، ޤައުމަށް ރީތި ނަމެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ޤައުމީ ޓީމަށް ސަޕޯޓު ދެއްވުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ޒުވާނުންގެ މަރުކަޒަށް ދިޔުމަށް އެދިވަޑައިގަންނަވާފަ އެވެ. މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މީގެ ކުރިން ފެންނަ ސަޕޯޓާއި، ޖޯޝް އަނެއްކާ ވެސް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި ދެއްކެވީ މިއަހަރު ބޭއްވި ފޯ ނޭޝަންސް ވޮލީ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލްގައި ސަޕޯޓަރުން ދިން ސަޕޯޓާއެކު ޓީމަށް އިތުރު ހިތްވަރެއް ލިބުނު ކަމަށާއި، ގޭމު ބަދަލުވީ އެހިސާބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފަސް ވަނަ މުބާރާތެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އިން ވަނީ ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ބާއްވައިފަ އެވެ. ބާސްކެޓު މުބާރާތަށް ފަހު ވެސް، އެހެނިހެން މުބާރާތްތައް ކުރިއަށް ރޭވިފައި ހުރި ކަމަށް މަޚްލޫފް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ

ޑޯޕިންގ މައްސަލައިގައި ވާޑާއިން ރަޝިއާއަށް ފިޔަވަޅު އަޅައިފި، ބޮޑެތި މުބާރާތްތައް ނުކުޅެވޭނެ

09 ޑިސެމްބަރު 2019
ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން، ތަފާތު ފެނޭ: އެމެރީ

ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން، ތަފާތު ފެނޭ: އެމެރީ

04 އޮކްޓޯބަރު 2019
އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ

އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރަނީ

01 މެއި 2019
ސަލާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށް

ސަލާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ދަނީ ކުރިޔަށް

24 ޖެނުއަރީ 2019
ފަހުވަގުތާ ޖެހެންދެން މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ސޮލާރީ

ފަހުވަގުތާ ޖެހެންދެން މުބާރާތްތައް ކާމިޔާބުކުރަން މަސައްކަތް ކުރާނަން: ސޮލާރީ

20 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު