Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބީއޭ

ތިން ވަނަ މެޗުގައި އިންޑިއާ އަތުން ވެސް އަންހެން ޓީމު ބަލިވެއްޖެ

އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ 136-21 އިންނެވެ. މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 04:39
މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން

ރާއްޖޭގައި މިހާރު ކުރިއަށްދާ، 16 އަހަރުން ދަށުގެ އޭޝިއާ ކަޕް ސާބާ ކޮލިފިކޭޝަންގައި ދިވެހި ރާއްޖޭގެ އަންހެން ޓީމުން ކުޅުނު ތިން ވަނަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ނާކާމިޔާބު ވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެ ހަވީރު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވެފައި ވަނީ 136-21 އިންނެވެ. މި މެޗުން މޮޅުވެ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ރާއްޖެ އަށް އޮތެވެ.

މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބަންގްލަދޭޝް އަތުން ތާރީޚީ ކާމިޔާބެއް ހޯދައިފަ އެވެ. ނަމަވެސް މުބާރާތުގެ ދެ ވަނަ މެޗުގައި ސްރީ ލަންކާ އަތުން ރާއްޖެ ވަނީ ބަލިވެފަ އެވެ.

ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. މެޗުގެ ހަތަރު ކުއާޓާރުގައި ވެސް އިންޑިއާ އިން ވަނީ ލީޑުގައި އޮވެ ކުޅެފަ އެވެ.

މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު އިންޑިއާ އިން ލީޑު ގައި އޮތީ 36-02 އިންނެވެ. ދެ ވަނަ ކުއާޓަރު އިންޑިއާ އިން ނިންމާލީ 38-05 އިންނެވެ. މީގެ އިތުރުން ތިން ވަނަ ކުއާޓަރު އިންޑިއާ އިން 31-06 އިން ނިންމާލިއިރު، ހަތަރު ވަނަ ކުއާޓަރު އިންޑިއާ އިން ނިންމާލީ 31-08 އިންނެވެ.

އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް ވަނީ މުބާރާތުގެ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ. އެއާ އެކު ދެން ރާއްޖެ ވާދަ ކުރަން ޖެހޭނީ ތިން ވަނަ ހޮވަން ކުޅޭ މެޗުގަ އެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު