Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިމެންސް ފުޓްސަލް ޗެލެންޖް

ވިމެންސް ފުޓްސަލް ޗެލެންޖް: ސިފައިން އަދި ސްޓެލްކޯއަށް މޮޅެއް

12 ޖުލައި 2017 | ބުދަ 03:02

އެމްޕީއެލްގެ މައްޗަށް ސިފައިން ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 12 ޖުލައި 2017 | ބުދަ 03:02
ވިމެންސް ފުޓްސަލް ޗެލެންޖްގެ ތެރެއިން

ވިމެންސް ފުޓްސަލް ޗެލެންޖްގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ވިމެންސް ފުޓްސަލް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް އަދި ސްޓެލްކޯ ރެކްރިއޭޝަނުން މޮޅެއް ހޯދައިފި އެވެ.

މި މަހުގެ 9 އިން 20 އަށް، ޖުމްލަ 9 ޓީމާއިއެކު ފަށާފައިވާ މި މުބާރާތަކީ، އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެމް އެފްއޭއެމްއިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިފައިން މޮޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ފަސްލާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ސާއިގާ ހުސެއިން އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗު ސްޓެލްކޯ އިން ކާމިޔާބުކުރީ އެމްއެންޔޫއާ ވާދަކޮށް 0-16 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ސްޓެލްކޯގެ ފާތިމަތު ތީބާ 10 ލަނޑު ޖަހާފައިވާއިރު، އާއިދާ އަބްދުﷲ ހަކީމް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެއިތުރުން އަރީޝާ ރިޒާ ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު، މެޗުގައި އެމްއެންޔޫގެ ސަމްހަތް ހަސަން ފާއިޒް އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފާތިމަތު ތީބާއެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު 1 ގައި 5 ޓީމު ވާދަކުރާއިރު ގުރޫޕް 2 ގައި 4 ޓީމު ވާދަކުރެއެވެ. ގުރޫޕް 1 ގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، އެމްޕީއެލް އާއި، ޕޮލިސް ކުލަބުގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބާއި، އިކުއަޓޯރިއަލް އާއި، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވާ އެފްޓީއެވެ.

ވިމެންސް ފުޓްސަލް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އެފްއޭއެމުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށްވެސް މި މުބާރާތުގައި ނުކުޅެވޭނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޖޫން 2017

މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ

12 ޖޫން 2017
މުޅިން އަލަށް ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލަނީ
08 މެއި 2017

ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް

08 މެއި 2017
ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް
02 މެއި 2017

އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް

02 މެއި 2017
އަންހެން ބައިން، ފެނަކަ އަދި ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް
01 މެއި 2017

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
05 އެޕްރީލު 2017

ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި

05 އެޕްރީލު 2017
ރިސޯޓް ފުޓްސަލް މުބާރާތުގެ ކުޅުން ފިހާޅޮހީގައި ފަށައިފި
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
02 އެޕްރީލު 2017

ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ

02 އެޕްރީލު 2017
ރިސޯޓް ފުޓްސަލް ލީގުގެ ކުޅުން ބުދަ ދުވަހު ފަށަނީ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް