Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބު މޯލްޑިވްސް

ކްލަބު މޯލްޑިވްސް: 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ފެނަކައަށް

މި މެޗު ފެނަކަ އިން ކާމިޔާބުކުރީ 2-11 ގެ ތަފާތު ބޮޑު ނަތީޖާއަކުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 8 މެއި 2017 | ހޯމަ 19:20
ކްލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަން ޓީމް، ޓީމް ފެނަކަ

ކްލަބު މޯލްޑިވްސް 18/30 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަން ޓީމް، ޓީމް ފެނަކަ

ކްލަބު މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ 30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޓީމް ފެނަކައިން ހޯދައިފިއެވެ.

މާފަންނު ސްޓޭޑިއަމްގެ ވެލި ދަނޑުގައި ކުޅުނު ފައިނަލް މެޗު ކާމިޔާބުކޮށް ފެނަކައިން ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 11 ލަނޑު 2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ގަދަ އަވީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ލަސް ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ފުރަތަމަ ލަނޑެއްޖަހާ ލީޑު ނެގީ ފެނަކަ ޓީމުންނެވެ. އެހެން ނަމަވެސް އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ޑީއެސްސީން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-3 ގެ ނަތީޖާއިން ފެނަކަ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ވެސް ބޯޅަ ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅުނު ފެނަކައިންނެވެ. އެގޮތުން އެޓީމުން ދިޔައީ ގާތް ގާތުގައި ލަނޑުޖަހައި ނަތީޖާގެ ފަރަގު ބޮޑު ކުރަމުންނެވެ. އެއާއެކު ފެނަކައިން ވަނީ ފަހު ހާފުގައި ޑީއެސްސީ ކޮޅަށް 8 ލަނޑު ޖަހާފައެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން، ނެސްލޭ މައިލޯގެ ސީނިއާ މެނޭޖަރު ދިޝާން ވިޖެޔަ ވަރުދަނާ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އަދި ކްލަބު މޯލްޑިވްސްގެ އިސްވެރިންނެވެ.

ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ޓީމް ފެނަކައިގެ މިސް ސަސީޗާ ޕޮތިވޮންގެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ދިވެހި ސިފައިންގެ ކްލަބުގެ އައިމިނަތު ޒާހިޔާ (ޒެޑޭ) ހޮވުނު އިރު، މުބާރާތުގެ ފެއާ ޓީމަކަށް ހޮވުނީ ޕޮލިސް ކްލަބެވެ.

މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ސްޓެލްކޯ ރެކްރިއޭޝަން ކްލަބު ފާތިމަތު ތީބާ ހޮވުނު އިރު، އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖުމްލަ 27 ލަނޑުޖެހި ޓީމް ފެނަކައިގެ މިސް ސަސީޗާ ޕޮތިވޮންގެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީމް ފެނަކައިގެ އަހުމަދު ނިސާމް (ފޮޓޯ) އެވެ.

މި މުބާރާތުގެ އެންމެ މޮޅު އަންހެން 5 ކުޅުންތެރިންނަށް ހޮވުނީ ޓީމް ފެނަކައިގެ މިސް ސަސީޗާ ޕޮތިވޮންގާއި މިސް ޖެންޖީރާ ބޫޕާ އާއި ޝަހުލާ ތައުފީގް (ތުއްތުނާ) ގެ އިތުރުން ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާ (މަރިލީން) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސަބްރީތާ ބަންދާރީ އެވެ.

މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީމް ފެނަކައިގެ މިސް ޖެންޖީރާ ބޫޕާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

ކުޑަ ހުސެއިން އެކަޑަމީން "މޯލްޑިވްސް މެރަތަން" ނަމުގައި ދުވުމެއް ބާއްވައިފި

24 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު