Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ރިޔާސަތު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ނަޝީދުގެ ސިޓީފުޅެއް މަޖިލީހަށް

07 ޖޫންގައި ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ދާނެ ކަމަށް މަޖިލީހުން ކުރިން ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 07:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމަށް 54 މެންބަރަކު ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު މަޖިލީހަށް އަންގަވައިފި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ އެމަނިކުފާނު މަޖިލީހުގެ އިދާރާ އަށް ސިޓީފުޅެއް ފޮނުއްވިކަން އެ އިދާރާއިން ވަނީ ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދީފައެވެ. އަދި ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅު މީސްމީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ އަމީންއާއްމަށް އެޑްރެސްކުރައްވާ ފޮނުއްވާފައިވާ އެ ސިޓީފުޅުގައި ނަޝީދު ވިދާޅުވީ 07 ޖޫންގައި ހުށަހަޅާފައިވާ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ގޮތެއް ނިމެންދެން ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ގަވާއިދު ބަޔާންކުރައްވާ މިންވަރަށް މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމި ހުންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެެވެ. އަދި އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ވެސް އެ ސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހެޅުއްވި ޤަރާރުގައި 54 މެންބަރުން ސޮއި ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެންބަރުންނާއި އިތުރު 4 މެންބަރަކެވެ. އެމަނިކުފާނު ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތި ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކާ އެެއްގޮތްވާ ގޮތުގެ މަތިން ޖަލްސާތަކާއި ކޮމިޓީތަކުގެ ކަންކަން ހިންގަވަން ޖެހޭ ފަރާތް ނަމަވެސް، ކަން ހިނގަމުންދަނީ އެގޮތަށް ނޫން ކަމަށެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު