Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނިއުމާ

"ހިތި ތަޖުރިބާ" އިން ފެށި ފިލްމީ ދަތުރު ވަރަށް ފޮނި!

ނިއުމާ ފިލްމު ކުޅެން ފެށި އިރު އަޑަށާއި ސިފަ އަށް މީހުން މަލާމާތްކުރި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2019 | ހުކުރު 00:22
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

ފިލްމީ ދާއިރާއަށް އަލަށް ނުކުތް އިރު ސިފަ އަށް މީހުން މަލާމާތް ކުރިއެވެ. އަޑު ހުތުރު ކަމަށް ބުނެ މީހުން ބަވާ ހެދިއެވެ. ހިކި ކަމުން ވެސް މީހުން އެއްޗެހި ބުނެ ހެދިއެވެ. ހަމުގެ ބަލި ހުންނާތީ މީހުން އެކަމާ ފުރައްސާރަކޮށް ހެދީ އިންތިހާއަށެވެ. މި ދައްކަނީ މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުޅަދާނަ ފިލްމީތަރި ނިއުމާ މުޙައްމަދުގެ ވާހަކައެވެ.

އުމުރުން ސަތާރަ އަހަރުގައި ފިލްމީ ދާއިރާގައި ފައި ހަރުކޮށްލީ ވަރަށް ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް ދެކެމުންނެވެ. ނަމަވެސް ނިިއުމާ ފިލްމީ ދާއިރާއަށް ތައާރަފުވި ފުރަތަމަ ފިލްމް "ހިތި ތަޖުރިބާ" އަށް ފަހު ގިނަ ބައެއްގެ މަލާމާތް ރައްދުވިއެވެ. ސިފަ ހުތުރު ކަމަށް ބުނެ މީހުން އޭރު ފުރައްސާރަކުރުމުން ނާއުންމީދުވެ ނިއުމާ ދެކެމުން އައި ހުވަފެން ހަޤީގަތަކަށް ހެދޭނެކަމާއި މެދު ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އާ ހިތްވަރަކާއެކު ފިލްމީ ދާއިރާގައި ފެށި ދަތުރުގައި ހުއްޓުމެއްނެތި އޭނާ އުންމީދުކުރި މަންޒިލައް ވާޞިލުވާން މަސައްކަތްކުރިއެވެ. މީހުންގެ ބަދު ބަސްތަކަށް ބީރު ކަންފަތެއް ދީ ފަސްބެއްލުމެއް ނެތި ފިލްމީ ދާއިރާގެ މަސައްކަތާއިގެން ނިއުމާ ފިޔަޖަހަމުން ދިޔައެވެ.

ނިއުމާގެ އެ ހިތްވަރާއި "ގަޓު" ގެ ސަބަބުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިއުމާގެ އާންމުންގެ މެދުގައި މަޤުބޫލުވެ ކުރިން މައްލަވަ ކުރި މީހުން އޭނާއަށް ތަޢުރީފު ކުރަން ފެށިއެވެ. ހަމަ އެއާއެކު ގިނަ ފިލްމުތަކަކުން ފުރުސަތު ލިބި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިސާހިތަކު މަޝްހޫރު ވެގެން ދިޔައެވެ. ފިލްމުގެ ލީޑު ރޯލުތައް ކުޅެ ބެލުންތެރިން ރޮއްވާލަން ޖެހުނަސް އަދި ބިރު ގަންނަވާލަން ޖެހުނަސް އެފަދަ ދެވަނައެއް ނެތް ތަރިއަކަށް ވެ ފިލްމީ ދާއިރާގެ އެންމެ އުހުގައި ބަބުޅަން ފެށިއެވެ.

ފިލްމީ ދާއިރާގައި 25 އަހަރު ނުވަތަ ރިހިޔޫބީލް ފާހަގަ ކުރިއިރު ނިއުމާ އަކީ ދިވެހި ފިލްމީ ދައިރާގެ "ކްއީން" ކަމާމެދު ދެބަސްވާނެ އެކަކުވެސް ނުހުންނާނެއެވެ. ފިލްމީ ދާއިރާއަށް ގިނަ ޚިދްމަތްތަކެއް ކޮށް ބޮޑެތި ކާމިޔާބީތަކެއް އޭނާ ވަނީ ޙާޞިލުކޮށްފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވީ ނިއުމާގެ ފިލްމީ ކެރިޔަރ އަށް 25 އަހަރު ފުރުން ފާހަގަކުރުމެވެ. ގިނަ ޢަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރިވި އެ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. މީގެއިން ވެސް ދައްކުވައިދެނީ ނިއުމާއަށް ފިލްމީ ދާއިރާއަށް ޚިދުމަތްކޮށްފައިވާކަން ސަރުކާރުންވެސް ބަލައިގަތްކަމުގެ ހެއްކެކެވެ.

އެ ޙަފުލާގައި ނިއުމާ ދެއްކީ އަސަރުން ފުރިގެންވާ ވާހަކަތަކެކެވެ. ނިއުމާ ހުވަފެންތައް ދެކެމުން ޅަ އުމުރުގައި ފިލްމީ ދާއިރާއަށް ނުކުތް އިރު ގިނަ ގޮން ޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމުގެ ވާހަކައެވެ. ނިއުމާގެ ވާހައިގައި 25 އަހަރު ދުވަހު ފިލްމީ ދާއިރާގައި ދެމިހުރެ ކާމިޔާބީއާއި ހަމަޔަށް ވާޞިލުވީ ފަންނީ ގިނަ ބައެއްގެ އެހީތެރިކަމާއި ފޭނުންގެ އެހީތެރިކަމާއެކުގައިކަން ފާހަގަކޮށް ޖުމްލަކޮށް ހުރިހައި ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ. އަދި އެއްވެސް ޙާލެއްގައި އޭނާގެ ފަރާތުން އެހެން މީހަކަށް،ވަކިން ޚާއްޞަކޮށް އޭނަގެ ފޭނަކަށް ދެރަކޮށް ކަމެއް ކުރެވިފައި އޮތްނަމަ އެކަމަށް އޭނާ ވަނީ މަޢާފަށް އެދިފައެވެ.

އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ކުދިންނަށް ކުރީގެ ސީނިއަރ ކާސްޓުންގެ ތަޖުރިބާއިން އިބުރަތް ލިބިގަނެ ކުރިޔަށް ދިޔުމަށް ގޮވާލިއެވެ. އަދި ކުރިޔާ އަޅާ ބަލާއިރު ފިލްމް އިންޑަސްޓްރީ ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ނިއުމާ ފާހަގަކުރިއެވެ. ހަމަ އެއާއެކު ފިލްމީ ދާއިރާ ތަރައްޤީކުރުމަށާއި ފިލްމީ ފަންނާނުންނަށް ބޭނުންވާ އެހީތެރިކަން އެކަށީގެންވާ މިންވަރަށް ސަރުކާރުން ނުލިބޭ ކަން ނިއުމާ ހިތާމަ އާއެކު ފާހަގަކުރިއެވެ.

ފިލްމީ ދާއިރާގައި ނިއުމާގެ ރިހި ޔޫބީލް ފާހަގަކުރުމަށް ބޭއްވި ޙަފުލާގައި ބައިވެރިވަޑައިގެން ރައީސުލް ޖުމްހުރިއްޔާވެސް ވަނީ ނިއުމާގެ މަސައްކަތައް ތަޢުރީފު ކުރައްވާ ހިތްވަރުދެއްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ފިލްމީ ދާއިރާގައި ދިގުމުއްދަތެއްގައި ދެމިހުރުމަކީ ވަރަށް މަދު ފަންނާނަކަށް ނޫނިއްޔާ ކުރިވިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ 25 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވަރަށް ބޭނުންތެރި ކަންތައްތަކެއް ނިއުމާގެ މަސައްކަތުން ފެނިގެންދިޔަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހިތާމައަކީ ދެން ނިއުމާގެ އެކްޓިން ނުފެންނާނެތީއެވެ. ނިއުމާ ބުނާ ގޮތުންނަމަ ކެމެރާ ކުރިމަތިން ދުރުވާން ޖެހުނީ ފިލްމު ކުޅެން ބޭނުން ނުވާތީ ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައިކަމަށެވެ. ނަމަވެސް އަދިވެސް ޕްރޮޑިއުސަރެއްގެ ޙައިޞިއްޔަތުން ދެމި ހުންނާނެ ކަމުގެ ޔަގީންކަން ނިއުމާ ދެއެވެ.

ފިލްމު އެވޯޑް ތަކުން ވެސް އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު އެތަކެއް އަހަރަކު އުފުލާލި ނިއުމާ ވަނީ ތަފާތު އެކި ކަހަލަ ރޯލުތަކުން އޭނާގެ ހުނަރު ދައްކައި ބެލުންތެރިން އަޖައިބު ކޮށްލާފައެވެ. ފިލްމު "ނިއުމާ" އާއި "ކަލާޔާނުލާ"، "މިހަށިން ފުރާން ދަންދެން"،"ދަރިންނަށްޓަކައި" އަދި "ނިވައިރޯޅި" ފަދަ ފިލްމުތަކުގައި އޭނާ ދެއްކި މޮޅު އެކްޓިން އަށް ސެލިއުޓް ހައްޤު އިރު ވީޑިއޯ ލަވަ ތަކުން ވެސް ނިއުމާ ވަނީ ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްފައެވެ.

ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ލިބުނު ނަމަވެސް މިއަދު ނިއުމާ އެއީ ފިލްމު އިންޑަސްޓްރީގެ ކުއީން އެވެ. އަދި ފިލްމީ ފަންނާނުންގެ "ސިސްޓާ" ވެސް މެއެވެ. "ހިތި ތަޖުރިބާ" އިން ފިލްމީ ދާއިރާއަށް ނުކުމެ ފެށި ދަތުރުގެ ނިމުން ކިހާ ފޮނި ހެއްޔެވެ. ދިވެހި ރާއްޖޭގެ ގިނަ ބަޔަކު މިއަދު ނިއުމާގެ މަސައްކަތާމެދު ފަޚުރުވެރިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

"ބޮސް" ގެ ޓިކެޓް ވިއްކަން ފެށިތާ 6 ދުވަސް: 4 ޝޯ ފުލްވެއްޖެ

02 އޮކްޓޯބަރު 2017
އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

22 ސެޕްޓެމްބަރު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު