Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާޗް ފޯ އަވަރ ލައިވްސް

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

އެމެރިކާގެ ބޮޑެތި ސިޓީތަކުގައި "މާޗް ފޯ އަވަރ ލައިވްސް" ހިނގާލުންތައް ބާއްވާފައިވަނީ ހޮނިހިރު ދުވަހު

އައިޝަތު ޝާނީ
އައިޝަތު ޝާނީ, ރާއްޖެ އެމްވީ | 25 މާރިޗު 2018 | އާދީއްތަ 05:53
ޖޯޖްއާއި އަމާލް ކްލޫނީ \'މާޗް ފޯ އަވަރ ލައިވްސް\'ގައި ބައިވެރިވަނީ

ޖޯޖްއާއި އަމާލް ކްލޫނީ \'މާޗް ފޯ އަވަރ ލައިވްސް\'ގައި ބައިވެރިވަނީ

އެމެެރިކާގެ އެކި ކަންކޮޅުތަކުގައި ބަޑި ފަދަ ހަތިޔާރު ވިއްކުމާ ދެކޮޅަށް ކުރިއަށް ގެންދާ ހިނގާލުން "މާޗް ފޯ އަވަރ ލައިވްސް"ގައި ހޮލީވުޑްގެ ގިނަ ތަރިންތަކެއް ބައިވެރިވެއްޖެއެވެ.

ވޮޝިންގޓަން ޑީސީ، ލޮސް އެންޖެލެސް އަދި ނިއު ޔޯކް ފަދަ ބޮޑެތި ސިޓީތަކުގައި ކުރިއަށް ގެންދާ މި ހިނގާލުންތައް އިންތިޒާމް ކުރަމުންދަނީ އެމެރިކާގެ ސްކޫލްތަކުގެ ދަރިވަރުންނެވެ. މިއީ ސްކޫލްތަކުގައި ހިނގާ ބަޑީގެ ހަމަލާތަކުގެ ގިނަވެފައިވާ ދަނޑިވަޅެއްގައި، މީގެ އަސްލަކީ ބަޑި ފަދަ ހަތިޔާރު އެމެރިކާއިން ގަނެވެން ހުރުން ކަމަށް ގަބޫލުކޮށް، އެކަމާ ދެކޮޅަށް ބާއްވާ ހިނގާލުންތަކެކެވެ.

އެގޮތުން މި ހިނގާލުންތަކުގައި އެތައް ހާސް ދަރިވަރުންތަކެއް ބައިވެރިވަމުން ދާއިރު، ހިނގާލުންތަކުގައި ހޮލީވުޑްގެ މަޝްހޫރު ތަރިންތައް ވެސް ދަނީ ފެންނަމުންނެވެ. އޭގެ ތެރޭގައި، ލޭޑީ ގާގާ، ޕޯލް މެކާޓްނީ، މައިލީ ސައިރަސްއާއި އާއިލާ، ޖިމީ ފެލަން، އޭމީ ޝޫމަރ، އަރިއާނާ ގްރާންޑޭ، ޖެނިފަރ ހަޑްސަން، ޑެމީ ލަވާޓޯ، އޮލޯވިއާ ވައިލޑް، ކާންޔޭ ވެސްޓް، ކިމް ކާޑޭޝިއަން، ޒެންޑޭޔާ، ޗާލީޒް ތެރީން އަދި ޖޯޖްއާއި އަމާލް ކްލޫނީ ހިމެނެއެވެ. ހިނގާލުންތަކުގައި ބައިވެރި ނުވެވުނު ނަމަވެސް، ގިނަ ތަރިންތަކެއް ދަނީ ސޯޝަލް މީޑިއާ މެދިވެރިކޮށް "މާޗް ފޯ އަވަރ ލައިވްސް"އަށް ތާއީދު ފާޅުކުރަމުންނެވެ.

މީގެ އިތުރުން، ޖޯޖްއާއި އަމާލް، އަދި އޯޕްރާ ވިންފްރީއާއި ސްޓީވަން ސްޕީލްބަރގް ފަދަ ފަންނާނުންގެ އެހީގައި މި މޫވްމަންޓަށް މިހާތަނަށް ދެ މިލިއަން ޑޮލަރުވަނީ ލިބިފައެވެ.

"މާޗް ފޯ އަވަރ ލައިވްސް" ރޭވުމުގެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ، ފްލޮރިޑާގެ ޕާކްލޭންޑްގެ ސްކޫލެއް ކަމަށްވާ 'ސްޓޯންމަން ޑަގްލަސް ހައި ސްކޫލް'ގައި ފެބްރުއަރީ 14 ގައި ހިނގައިދިޔަ ބަޑީގެ ހަމަލާއަށް ފަހު، އެ ސްކޫލްގެ ދަރިވަރުންނެވެ.

މި ހިނގާލުންތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ ޒުވާން ކުދިންތަކެއް އެމީހުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރާތީ އުފާވާ ކަމަށެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ސީދާ އެއްޗެއް ވިދާޅުވެފައި ނުވާއިރު، ހިނގާލުން ކުރިއަށް ދިޔަ ވަގުތު އެ މަނިކުފާނު ހޭދަ ކުރެއްވީ ގޯލްފް ކުޅެއްވުމުގައެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލްވެސް ވަނީ "މާޗް ފޯ އަވަރ ލައިވްސް"އަށް ތާއީދު ކުރައްވާފައެވެ.

"އަޅުގަނޑަށާއި މިޝޭލްއަށް ތި ޒުވާނުންގެ ފަރާތުން ވަރަށް ހިތްވަރު ލިބިއްޖެ. ތިހެން ކުރިއަަށްދޭ، އަހަރަމެން ތި ގެންދަނީ ކުރިއަށް،" އޮބާމާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

40ޕްލަސް ރިލީޒްކުރުން މާޗް ފަހަކަށް ލަސްކޮށްފި

40ޕްލަސް ރިލީޒްކުރުން މާޗް ފަހަކަށް ލަސްކޮށްފި

07 ފެބުރުއަރީ 2019
ޒޯޔާގެ ވެބް ސީރީޒް މޭޑް އިން ހެވަން މާޗް 8 ގައި

ޒޯޔާގެ ވެބް ސީރީޒް މޭޑް އިން ހެވަން މާޗް 8 ގައި

20 ޖެނުއަރީ 2019
ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟

ރައީސް ސޯލިހްގެ އުފަން ދުވަހަކީ 1 ޖެނުއަރީ ތަ؟ ނުވަތަ 1 މާޗް ތަ؟

01 ޖެނުއަރީ 2019
'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި

'މާޗް ފޯ އަވަރ ލައިވްސް'ގައި ބައިވެރިވީ ގާތް އެކުވެރިޔާ ޖޯން ލެނަންގެ ހަނދާނުގައި

27 މާރިޗު 2018
ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް

ކިޑްސް ޗޮއިސް އެވޯޑްސް 2018: މިލީ، ޖޯން، ޒެންޑޭޔާގެ ވާހަކަތައް 'މާޗް ފޯ އަވަރ ލައިވްސް' މޫވްމަންޓަށް

25 މާރިޗު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު