Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމު ލީނާ

މުއާގެ "ލީނާ" ގެ ޓިކެޓު މާދަމާއިން ފެށިގެން ވިއްކަނީ!

ހޯމަ ދުވަހު ހެނދުނު 10 އިން ފެށިގެން ޓިކެޓް ވިއްކާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ޖުލައި 2019 | އާދީއްތަ 07:23
ދިވެހި ފިލްމު \"ލީނާ\" ގެ ޕޯސްޓަރެއް

ދިވެހި ފިލްމު \"ލީނާ\" ގެ ޕޯސްޓަރެއް

ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަޒްލީނާ ނަފީސްގެ މަރުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ''ލީނާ'' ގެ ޓިކެޓު ހޯމަ ދުވަހުން ފެށިގެން ވިއްކާނެ ކަމަށް އެ ފިލުމުގެ ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.

މުއާ ބުނީ، ލީނާގެ ޓިކެޓް ހޯމަ ދުވަހުގެ ހެނދުނު 10 އިން ފެށިގެން އޮލިމްޕަހުން ވިއްކާނެ ކަމަށާއި، ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަނީ 200 ރުފިޔާއަށް ކަމަށެވެ. އެގޮތުން ފުރަތަަމަ ދެ ޝޯގައި ބުކިންގ ނުހެއްދޭނެ ކަމަށާއި، ޓިކެޓް ވިއްކަމުންދާނީ އެންމެ ކުރިން ގަންނަން އަންނަ ފަރާތްތަކަށް އިސްކަންދީގެން ކަމަށްވެސް މުއާ ބުނެފައިވެއެވެ.

ޖުލައި މަހު 23 ގައި މި ފިލުމު ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާއިރު، އެރޭ އޮންނަ ފިލްމުގެ ޕްރިމިއަރގައި ރެޑް ކާޕެޓްގެ އިތުރުން ސްޓޭޖް ހަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ 10 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް މަހު ވިޔަފާރިވެރިންގެ ޖަމިއްޔާ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އަޒްލީނާއަކީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކެޓްރީއެވެ. އޭނާގެ މަރުގެ މައްސަލާގައި އުމުރަށް ޖަލަށް ލާފައި ހުރި އަބްދުﷲ ޒުހައިރު ވަނީ ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންދިޔަތާ 11 އަހަރު ފަހުން 2014 ވަނަ އަހަރު މިނިވަން ކޮށްފައެވެ.

މި ފިލުމުގެ ޓްރެއިލާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރިފައިވާއިރު، އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަށް ފިލްމެއް ހަދަން ޝައުގުވެރިކަން އުފެދުނީ ސްކޫލުގައި އުޅުނު ދުވަސްވަރު ކަމަށް މުއާ ވަނީ ބުނެފައެވެ.

އެގޮތުން މި ފިލުމުގައި އަޒްލީނާގެ ބައި ކުޅެފައިވަނީ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް އައްޒައެވެ. އަދި އަޒްލީނާގެ ޤާތިލު ކަމަށްވާ ޒުހައިރުގެ ބައި ކުޅެފައިވަނީ މުއާއެވެ. އޭގެ އިތުރުންވެސް، ނުޒުހަތު ޝުއައިބު (ނުޒޫ) އާއި، އަރަމުންނަ އަންނަ ތަރި ދޮން އައްޔައާއި، ޒީނަތުއާއި، އަހުމަދު ސައީދުގެ އިތުރުން އަހުމަދު ނިމާލު ފަދަ ތަރިންވެސް ފެނިގެންދާނެއެވެ.

މި ފިލްމަށް ކުރެވުނު މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، މިއީ ފުރިހަމަ އަދި ބެލުންތެރިންނަށްވެސް ކަމުދާނެ ފިލުމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ފިލުމުގެ ޑައިރެކްޓަރ މުއާ ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2017

އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

22 ސެޕްޓެމްބަރު 2017
އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން
20 ސެޕްޓެމްބަރު 2017

އަންނަ އަހަރު އޮސްކާއަށް އެންޖޮލީނާ ޖޯލީގެ ފިލްމެއް

20 ސެޕްޓެމްބަރު 2017
އަންނަ އަހަރު އޮސްކާއަށް އެންޖޮލީނާ ޖޯލީގެ ފިލްމެއް
15 ސެޕްޓެމްބަރު 2017

ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި

15 ސެޕްޓެމްބަރު 2017
ސެލީނާ ގޮމޭޒް ކިޑްނީ ޓްރާންސްޕްލާންޓް ކޮށްފި
08 ސެޕްޓެމްބަރު 2017

އެންޖެލީނާ،"މަލެފިޝަންޓް 2"އަށް ތައްޔާރުވަނީ

08 ސެޕްޓެމްބަރު 2017
އެންޖެލީނާ،"މަލެފިޝަންޓް 2"އަށް ތައްޔާރުވަނީ
05 ސެޕްޓެމްބަރު 2017

"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ

05 ސެޕްޓެމްބަރު 2017
"ސިންގަލް" ކޮށް ހުރުމަކީ އެހާ ފަސޭހަކަމެއް ނޫން: އެންޖެލީނާ ޖޯލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު