Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމާ ސްޓޯން

އެމާ ސްޓޯން: އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް އަންނަނީ ފަރުވާކުރަމުން

އެކްޓް ކުރަން ފެށުމުން އޭނާގެ "އެންޒައިޓީ" ހަޔާތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 22 ސެޕްޓެމްބަރު 2017 | ހުކުރު 05:41
އެމާ ސްޓޯން

އެމާ ސްޓޯން

އުމުރުން ހަތް އަހަރުން ފެށިގެން "އެންޒައިޓީ" އަށް ފަރުވާކުރަމުން އަންނަ ކަމަށް އެކްޓަރ އެމާ ސްޓޯން ބުނެފިއެވެ.

އެމެރިކާގެ ޝޯއެއް ކަމަށްވާ "ދަ ލޭޓް ޝޯ ވިތު ސްޓީވެން ކޯލްބާޓް" ގައި ބައިވެރިވެގެން އެމާ ދިން އިންޓަވިއުގައި ބުނީ އޭނާ އުމުރުން ހަތް އަހަރުން ފެށިގެން"އެންޒައިޓީ" އަށް ފަރުވާ ކުރަމުންދާ ކަމަށާއި މިހާރު ވެސް "އެންޒައިޓީ" އަށް ފަރުވާ ކުރަމުން ދާކަމަށެވެ.

މި ޝޯގައި އެމާ އަށް އޭނާ ކުޑައިރު ކުރަހާފައިވާ ފޮޓޯއެއް ދެއްކުމުން އެމާ ބުނެފައި ވަނީ އެއީ އޭނާގެ އުމުރުން ނުވަ އަހަރުގައި ކުރަހާފައިވާ ފޮޓޯއެއް ކަމަށެވެ. އެ ފޮޓޯގެ ކެޕްޝަންގައި ވަނީ "އައިއޭމް ބިގާ ދެން މައި އެންޒައިޓީ" މިހެންނެވެ. އެމާ އެ ފޮޓޯއަށް ކޮމެންޓް ކުރަމުން ބުނެފައިވަނީ އެ ފޮޓޯގައި ބޮޑުކޮށް ފެންނަނީ އޭނާ ކަމަށާއި ކުޑަކޮށް ފެންނަނީ އެންޒައިޓީ ކަމަށެވެ.

އެމާ ބުނެފައި ވަނީ ކުރިން އޭނާއަށް ނަފްސު ކޮންޓްރޯލް ނުވާހިސާބަށް ދިޔަ ނަމަވެސް މިހާރު އަމިއްލަ ނަފްސު ކޮންޓްރޯލް ނުވާ ހާލަތަށް ނުދާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އެމާ ބުނެފައި ވަނީ އޭނާގެ އުމުރުން 15 އަހަރުން ފެށިގެން ފިލްމީ ދާއިރާއާ ގުޅުނު ކަމަށެވެ. އެކްޓް ކުރަން ފެށުމުން އޭނާގެ "އެންޒައިޓީ" ހަޔާތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމަށް ވެސް އެމާ ބުންޏެވެ.

އެމާ އެ އިންޓަވިއުގައި ބުނެފައިވަނީ މިހާރު "އެންޒައިޓީ" ހަމައަކަށް އެޅިއްޖެ ކަމަށާއި އޭނާގެ ތެރަޕިސްޓަކީ މޮޅު މީހެއް ކަމަށެވެ. އަދި އޭނާގެ ވިސްނުމާއި އުޅުން ވެސް އޭގެ ސަބަބުން ހަމައަކަށް އެޅިއްޖެ ކަމަށް އެމާ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ

07 ޖޫން 2017
ފަލަސްތީނުގެ އުމުރުން 81 އަހަރުގެ މީހަކު ހައި ސްކޫލް އިންތިހާނުގައި ދެ ވަނަ ފަހަރަށް ބައިވެރިވެއްޖެ
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
29 އެޕްރީލު 2017

"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ

29 އެޕްރީލު 2017
"ބިއުޓީ އެންޑް ދަ ބީސްޓް" ގެ ދެވަނަ ބައެއް ކުޅެންވެސް ތައްޔާރު: އެމާ
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
01 އެޕްރީލު 2017

އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!

01 އެޕްރީލު 2017
އުމުރުން 14 އަހަރުގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ލެކްޗަރަރ އަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު