Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު، ޔުނައިޓެޑުން ދެއްކީ މޮޅު ކުޅުމެއް: ޓެން ހާގް

ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި މި ސީޒަނުގައި ސިޓީ އަށް އެންމެ ވާދަވެރި ޓީމަކީ، އަދި ސިޓީ އަށް ކުޅެން އުނދަގޫވި މެޗަކީ ވެސް އެފްއޭ ކަޕްގެ ފައިނަލް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 05:53
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ކުލަބު ކަމަށާއި، އެ ޓީމާ ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ދެއްކީ މޮޅު ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ އެފްއޭ ކަޕްގެ ފައިނަލްގައި ސިތީ އަތުން ބަލިވި މެޗަށްފަހު އެވެ. އޭނާ ބުނީ، ޔުނައިޓެޑުން ކުޅުނީ ވަރަށް ރޭވުންތެރިކަމާއެކު، ވާދަވެރި މެޗެއް ކަމަށެވެ. އޭނާ ބުނީ ސިޓީ އަކީ ދުނިޔޭގައި އޮތް އެންމެ މޮޅު ޓީމު ކަމަށާއި، މީގެ ކުރީ މެޗުތަކުަގައި ސިޓީން ކުޅުނު ފަސޭހެ ގޭމު ކުޅެން ޔުނައިޓެޑުން ފުރުސަތު ނުދޭ ކަމަށެވެ. އޭނާ ބުނީ ސިޓީން ވަރަށް ކުރީ ކޮޅު ލަނޑު ޖަހައި ލީޑު ނެގި ނަމަވެސް، ޔުނައިޓެޑުން ފަހަތުން އަރައި ލަނޑެއް ޖަހައިގެން އެއްވަރުކުރި ކަމަށެވެ. ޓެން ހާގް ޤަބޫލު ކުރާ ގޮތުގައި މި ސީޒަނުގައި ސިޓީ އަށް އެންމެ ވާދަވެރި ޓީމަކީ، އަދި ސިޓީ އަށް ކުޅެން އުނދަގޫވި މެޗަކީ ވެސް އެއީ އެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ، އޭނާ މަސައްކަތް ކުރަމުން އަންނަނީ ޓީމު ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން ދުވަހަކަށްފަހު ދުވަހެއް މަސައްކަތް ކުރަނީ އެގޮތުގައި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ އެ ގޮތަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޓެން ހާގް ބުނީ ޓީމުގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތާއި، ޓީމަށް ކުރިއެރުން ލިބެމުން އަންނަ މިންވަރާމެދު އޭނާ އުފާވާ ކަމަށެވެ. އޭނާ ބުނީ ސީޒަން ފަށައިގެން އައިއިރު ބްރެންޓްފޯޑު މެޗާއި، އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަނދާން އެންމެން ވެސް ހުންނާނެ ކަމަށެވެ. ނަމަވެސް އެފްއޭ ކަޕްގެ ފައިނަލްގައި ސިޓީ އަށް ފެންނާނީ ކުރީގެ ޔުނައިޓެޑު ނޫން ކަމަށާއި، އެކަން ސިޓީން ކުޅުނު ގޮތުން ވެސް ސާފު ވާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ދެން މަސައްކަތް ކުރާނީ ކުރިއަށް އޮތް ސީޒަަނަށް އެންމެ އެކަށީގެންވާ ގޮތުގައި ޓީމު އެކުލަވާލުމަށް ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީއެރިކް ޓެން ހާގް

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ ސެމީ ފައިނަލަށް

18 ޑިސެމްބަރު 2025
ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

ފަހު ވަގުތު ބޯންްމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

16 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު